ސަލާހުގެ ހެޓްރިކާ އެކު ޓްރަބްޒޯންސްޕޯރުން ގަލަތަސަރާއި ބަލިކޮށްފި

ގަލަތަސަރާއި ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.

ގަލަތަސަރާއި ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.

އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 20) - ތުރުކީ ސުޕަ ލީގުގައި ރޭ މުހައްމަދު ސަލާހުގެ ހެޓްރިކާ އެކު، ޓްރަބްޒޯސްޕޯރުން 4-0 އިން ގަލަތަސަރާއި ބަލިކޮށްފި އެވެ. 

މިއީ، ނުވަ އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލި ސަލާހު، 33، ޓްރަބްޒޯންސްޕޯރާ ގުޅުނު ފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކް އެވެ. 

ޓްރަބްޒޯންސްޕޯރުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ، އަމިއްލަ ހާފުގެ ތެރެއިން ފެށި އެޓޭކެއްގައި ބޯޅަ ހިފައިގެން ގޮސް، ގަލަތަސަރާއިގެ ކީޕަރު، އުރުގާން ޗަކީރަށް އެއްވެސް ފުރުސަތެއް ނުދީ ސަލާހު ޖެހި ގޯލެކެވެ. 

މެޗުގައި ޓްރަބްޒޯންސްޕޯރުން ލީޑުފުޅާކުރި ގޯލަކީ، 39 ވަނަ މިނިޓްގައި ސަލާހު ދިން ބޯޅައަކުން އެ ޓީމުގެ ނޯއާ ސަވިއޯލޯ ޖެހި ގޯލެކެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 44 ވަަނަ މިނިޓްގައި ސަލާހު ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. 

ތިން ގޯލުގެ ލީޑެއްގައި ދެ ވަނަ ހާފުގެ ބޮޑުބައި ހިފެހެއްޓި ޓްރަބްޒޯންސްޕޯރުން ފަހު ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ގޮތުން، މެޗުގެ 80 ވަނަ މިނިޓްގައި މި ލަނޑު ޖަހައި، ސަލާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއާ އެކު، ސަލާހު މި ވަނީ ޓްރަބްޒޯންސްޕޯރަށް މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅެދިން އަށް މެޗުން ހަތް ގޯލު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. 

ގަލަތަސަރާއި އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 88 ވަނަ މިނިޓްގައި އެ ޓީމުގެ ލެސްލީ އުގޮޗުކްވޫ އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. 

މިއީ، މި ފަހަރުގެ ތުރުކީ ސުޕަ ލީގުގައި ގަލަސަތަރާއި ބަލިވި ފުރަތަމަ މެޗެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު މޮޅުވެ، 13 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ބެސިކްޓާސް އަށް ފަސް މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ހަ މެޗުން 10 ޕޮއިންޓާ އެކު، ޓްރަބްޒޯންސްޕޯރު އޮތީ ފަސް ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox