ޓްރަމްޕްގެ ދެކޮޅުހެދުމުގެ ތެރޭގައި އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

Sep 17, 2026, 9:00 AM
 ކެވިން ވޯޝް

ކެވިން ވޯޝް

އެމެރިކާގައި މުދަލާއި ހިދުމަތުގެ އަގުތައް އުފުލެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ތިން އަހަރަށްވުރެ ގިނަ ދުވަހަށްފަހު ފުރަތަމަ ފަހަރަށް އެ ގައުމުގެ އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޓްރެސްޓް ރޭޓް އިތުރަށް ބޮޑުކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑަރަލް ރިޒާވްގެ ބޯޑުގެ އިއްތިފާގުން ނިންމާފައިވަނީ އިންޓްރެސްޓް ރޭޓް 3.5 ޕަސެންޓާއި 3.75 ޕަސެންޓާ ދެމެދުގެ މިންވަރަކުން، 3.75 ޕަސެންޓާއި 4 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މަތިކުރުމަށެވެ. މި ނިންމުން ނިންމާފައިވަނީ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވައި، ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ.

ފެޑަރަލް ރިޒާވްގެ ޗެއާ ކެވިން ވޯޝް ވިދާޅުވީ، އިންޓްރެސްޓް ރޭޓް ބޮޑުކުރަން ނިންމީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު އިންތިހާއަށް މަތިވެ، އެކަން އެގޮތުގައި ދެމިގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ. އަދި މިއީ ހާލަތަށް ރިއާޔަތްކޮށް ނިންމި "ޒިންމާދާރު ނިންމުމެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

Advertisement

މި ނިންމުން އިއުލާން ކުރުމާ ގުޅިގެން ޓްރަމްޕް ވަނީ ވޯޝްއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް، އިންޓްރެސްޓް ރޭޓާ މެދު ގޮތް ނިންމާ ފެޑަރަލް ރިޒާވްގެ ބޯޑަކީ "ދުޝްމަން" ބައެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ.

އިންޓްރެސްޓް ރޭޓް ބޮޑުވުމުން ލޯނާއި، މޯގޭޖް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވާނެ އެވެ. ނަމަވެސް، މީގެ ސަބަބުން ބޭންކުތަކުގައި ފައިސާ ރައްކާކުރާ މީހުންނަށް ލިބޭ ފައިދާ ނުވަތަ ރިޓާންސް އިތުރުވެގެންދާނެ އެވެ. 

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޯޝް ވިދާޅުވީ، ފެޑަރަލް ރިޒާވްގެ އިސްވެރިންގެ މެދުގައި އިގްތިސާދީ ކުރިއެރުމާ މެދު އުންމީދީ ވިސްނުމެއް އޮތް ނަމަވެސް، އިންފްލޭޝަންގެ މައްސަލަ އަދިވެސް އޮތީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށެވެ.

ދުނިޔޭގެ ގިނަ މަރުކަޒީ ބޭންކުތަކެކޭ އެއްފަދައިން، ފެޑަރަލް ރިޒާވްގެ އަމާޒަކީ އިންފްލޭޝަން 2 ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓުމެވެ. ނަމަވެސް، އެމެރިކާގެ އިންފްލޭޝަން ރޭޓް އެ އަމާޒަށް ވުރެ މަތީގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ވޯޝް ފާހަގަކުރެއްވި އެވެ.

މީގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ މިންވަރަށް އުފުލުމަކީ އެމެރިކާގެ ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ވަނީ ވެފަ އެވެ. ވަކިން ހާއްސަކޮށް، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ ހޯލްސޭލް އަގު އުފުލި، އޭގެ ސަބަބުން ތެލުގެ އަގާއި އެހެނިހެން މުދަލާއި ހިދުމަތްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.

ވޯޝް ވިދާޅުވި ގޮތުގައި، ތެލުގެ އަގު ނުވަތަ ކާބޯތަކެތީގެ އަގު ފަދަ ވަކިވަކި ތަކެތީގެ އަގުތަކަށް ފެޑަރަލް ރިޒާވަށް ސީދާ ބަދަލެއް ނުގެނެވުނު ނަމަވެސް، މުޅި އިގުތިސާދަށް އޭގެ އަސަރު ފެތުރިގެން ދިޔަ ނުދީ ހިފެހެއްޓުމަށް މަރުކަޒީ ބޭންކަށް މަސައްކަތް ކުރެވިދާނެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވަޒީފާގެ ބާޒާރާއި އިގްތިސާދު ވަރުގަދަކޮށް އޮތުމުން، ފެޑަރަލް ރިޒާވްގެ މައިގަނޑު އަމާޒަކީ އަގުތައް އެއްވަރެއްގައި ހިފެހެއްޓުން ކަމަށެވެ. އަދި އިންފްލޭޝަން ދަށްވުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ މާލީ ގޮތުން ދަތި ހާލުގައި އުޅޭ މީހުންނަށް ކަމަށްވެސް ވިދާޅުވި އެވެ.

އާންމުގޮތެއްގައި މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް ބޮޑުކުރަނީ އިންފްލޭޝަން މަތިވުމުން، މީހުން ހަރަދުކުރާ މިންވަރު މަދުކޮށް ފައިސާ ރައްކާކުރުމަށް ބާރުއެޅުމަށެވެ. މީގެ ބޭނުމަކީ ތަކެތީގެ އަގު އުފުލޭ ދުވެލި މަޑުޖައްސާލުމެވެ. ނަމަވެސް، މިއީ ވަރަށް ބަލައިގެން ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ އިންޓްރެސްޓް ރޭޓް ބޮޑުވުމުން ވިޔަފާރިތަކުން އިންވެސްޓްކުރަން ފަސްޖެހި، އިގްތިސާދީ ކުރިއެރުމަށް ހުރަސް އެޅިދާނެތީ އެވެ.

އީރާން ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި އެމެރިކާގެ ފެޑަރަލް ރިޒާވްއަކަށް ނޫނެވެ. މިދިޔަ ހަފުތާގައި ޔޫރަޕިއަން ސެންޓްރަލް ބޭންކުން ވެސް ވަނީ އިންޓްރެސްޓް ރޭޓް ބޮޑުކޮށްފަ އެވެ. އަދި ބޭންކް އޮފް އިންގްލެންޑުން ވެސް އިންޓްރެސްޓް ރޭޓާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox