ރަޝިއާގެ މަނަވަރަކުން ޑެންމާކްގެ ހެލިކޮޕްޓަރަކަށް އަމާޒުކުރިކަމުގެ ތުހުމަތު

Sep 16, 2026, 8:01 AM
ޑެންމާކުގެ ފެނެކް މަރުކާގެ ހެލިކޮޕްޓަރެއް

ޑެންމާކުގެ ފެނެކް މަރުކާގެ ހެލިކޮޕްޓަރެއް

ބޯލްޓިކް ކަނޑުގެ ސަރަހައްދުގައި ރަޝިޔާގެ މަނަވަރެއްގެ ހަރަކާތްތައް މޮނިޓަރު ކުރަމުންދިޔަ ޑެންމާކުގެ ހެލިކޮޕްޓަރަކާ ދިމާލަށް، އެ މަނަވަރުން ދެ "އިމަޖެންސީ ފްލެއާ" ފޮނުވާލާފައިވާ ކަމަށް ޑެންމާކުން ތުހުމަތުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ޑެންމާކު ސަރުކާރުން ވަނީ ރަޝިޔާއިން އެ ގައުމަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާޒިރުކޮށްފަ އެވެ. ޑެންމާކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާންމު އުސޫލުން ކުރިއަށްގެންދިޔަ މޮނިޓަރިން އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ރަޝިޔާގެ މި އަމަލު ސިފަކުރެއްވީ "ޒިންމާދާރުކަން ކުޑަ" އަމަލެއްގެ ގޮތުގަ އެވެ. އަދި މިއީ ބިރުދެއްކުމަށާއި ބައިބައިކުރުމަށް ރަޝިޔާއިން ގަސްދުގައި ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާ ވަރަށް ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށް ރަޝިޔާއިން ބުނި ނަމަވެސް، އެ ގައުމުން ވަނީ ޑެންމާކުގެ ހެލިކޮޕްޓަރުތަކުން ރަޝިޔާގެ މަނަވަރުތަކާ ކައިރިން "ނުރައްކާތެރި ހަރަކާތްތަކެއް" ހިންގާފައިވާ ކަމަށް ބުނެ ރައްދު ތުހުމަތުތަކެއް ކޮށްފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ލިތުއޭނިއާގެ މަތިން ދަތުރުކުރި ޑްރޯނެއް ނޭޓޯގެ ފައުޖުތަކުން ވައްޓާލި ދުވަހު އެވެ. ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ނޭޓޯގެ އިރުމަތީ ބިތުގެ ގައުމުތަކުގައި މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

ބޯލްޓިކް ކަނޑުގައި ހިނގި މި ހާދިސާގެ ތަފްސީލު ހާމަކުރަމުން ޑެންމާކުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ގެޑްސާ ކައިރީގައި އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް ރަޝިޔާގެ ފްރިގޭޓެއްގެ ފޮޓޯ ނެގުމުގެ މަސައްކަތުގައި އުޅުނު އެއާފޯސްގެ "ފެނެކް" މޮޑެލްގެ ހެލިކޮޕްޓަރަކަށް އަމާޒުކޮށް ފްލެއާ ފޮނުވާލާފައިވާ ކަމަށެވެ.

ހެލިކޮޕްޓަރަށް އަމާޒުކޮށް ފޮނުވާލި ދެ ފްލެއާގެ ތެރެއިން އެކަތި ދިޔައީ ހެލިކޮޕްޓަރާ ވަރަށް ކައިރިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑެންމާކުގެ ފޮރިން މިނިސްޓްރީން މި ހާދިސާ ސިފަކޮށްފައިވަނީ "އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

ރަޝިޔާގެ ސަފީރު ވްލަޑިމިއާ ބާބިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ހުރިހާ ހާލަތެއް މޮސްކޯއިން ވަރަށް ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށެވެ. ނަމަވެސް ޑެންމާކުގެ ހެލިކޮޕްޓަރުން ހިންގާފައިވަނީ "އިސްވެ ގަނާކުރުމުގެ" އަމަލުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ބާބިން ވިދާޅުވި ގޮތުގައި ޑެންމާކުގެ އެއާފޯސް ހެލިކޮޕްޓަރުތަކުން ރަޝިޔާގެ މަނަވަރުތަކާ ކައިރިން ނުރައްކާތެރި ހަރަކާތްތައް ހިންގުމަކީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

މިދިޔަ އަހަރު ވެސް މިފަދަ ހާދިސާއެއް ހިނގައިގެން ޝަކުވާ ހުށަހަޅާފައިވާނެ ކަމަށާއި، މިފަހަރުގެ ހާދިސާއިން އެނގެނީ މުއާމަލާތް ކުރުމުގެ މައްސަލަ އުޅެނީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ނޫން ކަމަށާއި، އެއީ ޑެންމާކުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝިޔާގެ މި އަމަލަކީ "ޒިންމާދާރުކަން ކުޑަ އަދި ނުރައްކާތެރި" އަމަލެއް ކަމަށެވެ.

މި ހާދިސާއާއި ލިތުއޭނިއާގެ މަތިން ފެނުނު ޑްރޯންގެ ހާދިސާއަކީ ޔޫރަޕާ ދެކޮޅަށް ރަޝިޔާއިން ހިންގާ އިސްވެ ހަމަލާދިނުމުގެ ބޮޑު ސިޔާސަތެއްގެ ބައެއް ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ލިތުއޭނިއާގެ ވައިގެ ސަރަހައްދަށް ވަތް ޑްރޯނެއް ނޭޓޯގެ ފައިޓަރު ޖެޓުތަކުން ވަނީ ވައްޓާލާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ޑްރޯން ލިތުއޭނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކައުނަސް ކައިރިން އެ ގައުމުގެ ދެކުނު ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހު އަވަށްޓެރި ބެލަރޫސްއާ ދިމާލުންނެވެ،

އެ ޑްރޯނަކީ ކޮން ގައުމެއްގެ އެއްޗެއްކަން އަދި ކަށަވަރު ނުވާ ކަމަށް ލިތުއޭނިއާގެ ނޭޝަނަލް ކްރައިސިސް މެނޭޖްމަންޓް ސެންޓަރުން ބުނި ނަމަވެސް، އެ ގައުމުގެ ރައީސް ވަނީ ފަހަކަށް އައިސް ރަޝިޔާގެ އަމަލުތައް ނުރައްކާވަމުންދާކަން ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

މެގަސްޕީޑުން އެލިސް ހުއާން 2025 ގައި ވަކިވެފައިވޭ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއާން، މެގަސްޕީޑް ކުންފުނީގެ މަގާމުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް ޗައިނާއަށް އޭއައި ޗިޕްތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މެގަސްޕީޑުން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައެވެ.

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox