ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

Sep 16, 2026, 7:30 AM
ޖަޕާނުގެ އުމުރުން 100 އަހަރުގެ އަންހެނަކު.

ޖަޕާނުގެ އުމުރުން 100 އަހަރުގެ އަންހެނަކު.

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖަޕާނުގައި މިހާރު އުމުރުން 100 އަހަރު ފުރިފައިވާ 107,677 މީހުން އެބަތިއްބެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ މުސްކުޅިން އެއް ގައުމެއްގައި ދިރިއުޅޭ މިންވަރެވެ.

މީގެ ތެރެއިން 88 އިންސައްތައަކީ އަންހެނުންނެވެ. އެ ގައުމުގެ އެންމެ ދުވަސްވީ އަންހެނަކީ ކިޔޯޓޯ ސިޓީއަށް ނިސްބަތްވާ އުމުރުން 114 އަހަރުގެ ކިޝިމޯޓޯ ފުޔޯ އެވެ. އަދި އެންމެ ދުވަސްވީ ފިރިހެނަކީ ކުމަމޯޓޯއަށް ނިސްބަތްވާ އުމުރުން 112 އަހަރުގެ ކާޓޯ ހިކާރޫ އެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކަށް އިޝާރާތް ކުރައްވައި، ހެލްތު މިނިސްޓަރު ކެނިޗީރޯ އުއެނޯ ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ދުޅަހެޔޮކަމާއި ހަރަކާތްތެރިކަމާއެކު ދިރިއުޅެމުންދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

ނަމަވެސް، ދެމެހެއްޓެނިވި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމުކުރުމުގައި ޖަޕާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ކެނިޗީރޯ ވަނީ އިންޒާރު ދެއްވާފަ އެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި ޖަޕާނު މީހުންގެ އުމުރު ދިގުވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކަކީ އެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ.

ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް ޖަޕާނުގެ ކެއުންތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަހާއި، ތަރުކާރީ އަދި ބަތެވެ. މިއީ ހުޅަނގުގެ ގައުމުތަކުގެ ކެއުންތަކާ އަޅާބަލާއިރު ސަރުބީ ނުވަތަ "ސެޗުރޭޓެޑް ފެޓް" މާ މަދު ކެއުންތަކެކެވެ.

މީގެ އިތުރުން، އެ ގައުމުގެ ދުވަސްވީ މީހުންނަކީ ގަވާއިދުން ހިނގާބިނގާވެ އުޅޭ، އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ، ބައިސްކަލް ދުއްވާ އަދި ކަސްރަތުކުރުމުގައި ވަގުތު ހޭދަކުރާ ބައެކެވެ.

ޖަޕާނުގެ އާބާދީ މުސްކުޅިވަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، ފާއިތުވި 10 އަހަރަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި ތުއްތު ކުދިންގެ ނެޕީއަށް ވުރެ ބޮޑެތި މީހުންގެ ނެޕީ ވިކޭ މިންވަރު ވަނީ އިތުރުވެފަ އެވެ.

ކުންފުނިތަކުން ވެސް ދަނީ ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އާ އުފެއްދުންތައް ތައާރަފުކުރަމުންނެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރިކުރުމަށް އެހީތެރިވެދޭ "ޕަވާޑް އެކްސޯސްކެލެޓަން" އާއި، އަމިއްލައަށް ފޯކަސް އެޖަސްޓްކޮށްދޭ އައިނު ހިމެނެ އެވެ.

އާބާދީއެއް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ކޮންމެ އަންހެނަކު އެވްރެޖްކޮށް 2.1 ކުދިން ހޯދަން ޖެހެ އެވެ. ނަމަވެސް، ނިމިދިޔަ އަހަރު ޖަޕާނުގެ ދަރިމައިވުމުގެ ރޭޓު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެ، 1.14 އަށް ވެއްޓިފަ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2008 ވަނަ އަހަރު 128 މިލިއަނުގައި ހުރި ޖަޕާނުގެ އާބާދީ، 2070 ވަނަ އަހަރާ ހަމައަށްދާއިރު 30 އިންސައްތަ ދަށްވެ، 87 މިލިއަނަށް ތިރިވާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރު ޖަޕާނުގެ އާބާދީގެ 30 އިންސައްތައަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި 2070 ވަނަ އަހަރާ ހަމައަށްދާއިރު މި އަދަދު 40 އިންސައްތައާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ.

ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން މި ހާލަތު ސިފަކުރަނީ ގައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. ބޮޑުވަޒީރު ސަނައޭ ތަކީޗީ ވަނީ އާބާދީ ދަށްވުމަކީ "ހިމޭން ކުއްލި ނުރައްކަލުގެ ހާލަތެއް" ކަމަށް ވިދާޅުވެފަ އެވެ.

ޒުވާނުން ކުދިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަޝްރޫއުތަކާއި ސަބްސިޑީތައް ދެމުންދިޔަ ނަމަވެސް، އޭގެ ސަބަބުން ދަރިމައިވުމުގެ ރޭޓަށް ކުރިއެރުމެއް ލިބޭ ތަނެއް ނުފެނެ އެވެ.

މާހިރުން ބުނާ ގޮތުގައި މީގެ ސަބަބުތައް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ކައިވެނިކުރާ މިންވަރު މަދުވުމާއި، ވަޒީފާގެ މައިދާނަށް ނުކުންނަ އަންހެނުންގެ އަދަދު އިތުރުވުމުގެ އިތުރުން، ކުދިން ބޮޑުކުރުމަށް ހިނގާ ހަރަދު ބޮޑުވުން ހިމެނެ އެވެ.

ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެފައިވީ ނަމަވެސް، ބޭރު މީހުންގެ ނިސްބަތަކީ އާބާދީގެ އެންމެ 3 އިންސައްތަ އެވެ. އަދި އިތުރު ބޭރު މީހުން ބަލައިގަތުމާ ދެކޮޅު ހަދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މަލަކް އާއި ޝާވިންގެ ލޯބީގެ ގުޅުން ސިއްރު ކުރުމުގެ ބަދަލުގައި، އެކަން މަލަކްގެ ބައްޕައަށް އެންގުމަށްޓަކައި އެމީހުން ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޝާވިންގެ ވަޒީފާއާއި އާއިލީ މައުލޫމާތު އޮޅުންފިލުވުމުގެ ތެރެއިން، އޭނާއަކީ ރަށު ކައުންސިލްގައި މަސައްކަތްކުރާ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން ހާމަވިއެވެ.

Newsletter

Get the latest news delivered straight to your inbox