މިއީ ބެލޮންޑިއޯ ހޯދަން ރަނގަޅު އަހަރެއް: އެމްބާޕޭ

Sep 8, 2026, 11:38 AM
މި ސީޒަނުގައި ރެއާލްގެ މެޗެއްގެ ތެރެއިން އެމްބާޕޭ

މި ސީޒަނުގައި ރެއާލްގެ މެޗެއްގެ ތެރެއިން އެމްބާޕޭ

މެޑްރިޑް (ސެޕްޓެމްބަރު 8) -  ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދަން ބަލާއިރު، މިއީ ރަނގަޅު އަހަރެއް ކަމަށް ރެއާލް މެޑްރިޑްގެ ތަރި، ކީލިއަން އެމްބާޕޭ ބުނެފި އެވެ. 

ރެއާލަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ ކެޕްޓަން، އެމްބާޕޭ، 27، ވަނީ މިދިޔަ ސީޒަނުގައި 44 މެޗުން 42 ލަނޑު ޖަހައިފަ އެވެ. އެކަމަކު، ރެއާލަށް ވެސް އަދި ފްރާންސަށް ވެސް މިދިޔަ ސީޒަނުގައި ޓްރޮފީއެއް ލިބިފައިނުވެ އެެވެ.

ފްރާންސުން، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން/ޖުލައި މަހު ބޭއްވި ވޯލްޑް ކަޕްގައި ހަތަރު ވަނަ އަށް ދިޔައިރު، އެމްބާޕޭ ވަނީ 10 ލަނޑު ޖަހައި، ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެމްބާޕޭ ވަނީ ތިން ވޯލްޑް ކަޕްގައި 22 ގޯލު ޖަހައި، އެ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. 

"އަހަންނަށް ހީވާ ގޮތުގައި ރެއާލް މެޑްރިޑް، ދުނިޔޭގެ އެންމެ މޮޅު ކްލަބަށް ކުޅޭއިރު މި އެވޯޑާ ގުޅުވައިގެން ވާހަކަ ދައްކާނެ މީހުން. ވަރަށް ގިނަ މީހުން އަހަންނާއި ބެލޮންޑިއޯ އެވޯޑާ ގުޅުވާފައި ވާހަކަ އެބަދައްކާ،" އެމްބާޕޭ ބުންޏެވެ. 

"ޔަގީން ކަމެއް، ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި އަހަަރެން މި ވަނީ ތާރީހުގައި ލިޔެފައިވާ ކާމިޔާބީއެއް ހާސިލްކޮށްފައި. މިއީ ރަނގަޅު ކަމެއް މި ކާމިޔާބު ހޯދަން. އެކަމަކު މީގެ ގޮތް ނިންމާނީ ވޯޓު ލާ މީހުން. ތަފާތު ގޮތްގޮތަށް ވިސްނާ މީހުން ވެސް އުޅޭނެ. ނޫސްވެރިން މި ތިބީ ވޯޓުލާން،" 

ބެލޮންޑިއޯ އެވޯޑުގައި އެމްބާޕޭ އަށް އެންމެ ކުރި ލިބިފައިވަނީ، 2023 ވަނަ އަހަރު އެވެ. އެއީ، އޭނާ ޕީއެސްޖީ އަށް ކުޅުނު ސީޒަނެއްގަ އެވެ. އެ ފަަހަރު، އޭނާ ނިންމީ ބެލޮންޑިއޯ ގަދަ ތިނެއްގަ އެވެ. 

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮތީ އޮކްޓޫބަރު 26 ވަނަ ދުވަހު ލަންޑަންގަ އެވެ. 

ބެލޮންޑިއޯ އެވޯޑް މި ފަހަރު ލިބެން ޖެހޭނީ ފްރާންސާއި ރެއާލް މެޑްރިޑްގެ ތަރި، ކީލިއަން އެމްބާޕޭ އަށް ކަމަށް ރެއާލްގެ ކޯޗު، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވެސް ވަނީ ބުނެފަ އެވެ. 

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. 

އެންމެ ފަހުން، ބެލޮންޑިއޯ އެވޯޑް ހޯދީ ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އެވެ. މި ފަހަރުގެ ބެލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، އެމްބާޕޭގެ އިތުރުން، ހެރީ ކޭން، ރޮޑްރީ، ޑެމްބެލޭ އަދި ކްވިޗާ ކްވަރަޝްކޭލިއާ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox