އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

Jul 20, 2026, 3:01 AM
ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ސްޕެއިނުން ތަށި އުފުލާލަނީ

ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ސްޕެއިނުން ތަށި އުފުލާލަނީ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 20) - އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން، 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މިއީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން ސްޕެއިނުން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އަނެއްކޮޅުން، ސްޕެއިނުން މި ވަނީ ބަލިނުވެ ޖެހިޖެހިގެން 38 މެޗު ހަމަކޮށް، ދުނިޔޭގެ ފުޓްބޯޅައިގައި ރެކޯޑެއް ހަމަކޮށްފަ އެވެ. މީގެ ކުރިން، ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް އޮތީ 37 މެޗުން ބަލިނުވެ ނިންމާލި އިޓަލީ އަތުގަ އެވެ. 

ސްޕެއިނުން ފުރަތަަމަ އެގާރަ އަށް ބަދަލެއް ނުގެނެސް މި މެޗަށް ނުކުތްއިރު، އާޖެންޓީނާ އިން ނުކުތީ ފުރަަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. 

Advertisement

މެޗުގެ ފުރަތަަމަ ފަސް މިނިޓް ތެރޭ ސްޕެއިނުގެ ލަމީން ޔަމާލަށް ދެ ފުރުސަތެއް ލިބުނުއިރު، ފޮނުވާލި ބޯޅަތައް އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެެވެ. އަނެއްކޮޅުން، ކައުންޓާގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ސްޕެއިން ޑިފެންސް ފަހަތުން ލިބުނު ބޯޅައެއް، އެ ޓީމުގެ ކީޕަރު، އުނާއި ސިމޯން ވަނީ ސަލާމަތްކޮށްފަ އެެވެ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން، ސްޕެއިންގެ ޔަމާލް އަތުން ބޯޅަ ހޯދަން އާޖެންޓީނާގެ މެކް އަލިސްޓާ މަސައްކަތްކުރަނީ
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން، ސްޕެއިންގެ ޔަމާލް އަތުން ބޯޅަ ހޯދަން އާޖެންޓީނާގެ މެކް އަލިސްޓާ މަސައްކަތްކުރަނީ

ފުރަތަމަ ހާފުގައި ސްޕެއިނަށް ލީޑުނަގައިދޭން އެ ޓީމުގެ ފޯވާޑް، މިކޭލް އޮޔާޒަބާލް ޖެހި ޝޮޓެއް އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. 

އާޖެންޓީނާ އަށް ސްޕެއިނުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭގޮތެއްނުވިއިރު، ސްޕެއިނުން ވަނީ ގިނަ ޝޮޓްތަކެއް ދެ ވަނަ ހާފުގައި ފޮނުވާލައިފަ އެވެ. އެ ގޮތުން، ފަބިއަން ރުއީޒް އާއި ޕައު ކުބަރްސީ ޖެހި ޝޮޓްތައް ކީޕަރު މާޓީނޭޒް މަތަކުރި އެވެ. 

މެޗުގެ 90 ވަނަ މިނިޓްގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ކުބަރްސީ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. 

ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން، ސްޕެއިނުގެ ކުބަރްސީ އަށް އާޖެންޓީނާގެ އެންޒޯ ފައުލުކުރަނީ
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން، ސްޕެއިނުގެ ކުބަރްސީ އަށް އާޖެންޓީނާގެ އެންޒޯ ފައުލުކުރަނީ

އިތުރު ވަގުތުގެ ތެރޭގައި، ސްޕެއިނުގެ ނިކޯ ވިލިއަމްސް ޖެހި ޝޮޓެއް ކީޕަރު މާޓީނޭޒް މަތަކުރިއިރު، ފަހު ސިކުންތުގެ ތެރޭގައި ހިލޭ ޖެހުމަކުން ޔަމާލް ފޮނުވާލު ބޯޅަ ވެސް ހުއްޓުވީ ކީޕަރު މާޓީނޭޒް އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ލަނޑެއް ނުޖެހި އެއްވަރުވިއިރު، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުުތުގެ ފުރަތަަމަ ހާފުގައި ސްޕެއިނުގެ ނީކޯ ވިލިއަމްސް ލަނޑެއް ޖެހި އެވެ. އެކަމަކު، އޭގެ ކުރިން، ސްޕެއިނުގެ މިކޭލް މެރީނޯ، އޭރިއާތެރެއިން އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް ކުރި ފައުލެއް ވަނީ ދަަައްކައިފަ އެވެ. 

އޭގެ ފަހުން، އޭރިއާތެރެއިން މެރީނޯ ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން ސްޕެއިން މޮޅުވި ގޯލު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން ސްޕެއިން މޮޅުވި ގޯލު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ ސްޕެއިނުން ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއަށް ނެގި ހުރަހަކުން ނިކޯ ވިލިއަމްސް ބޮލުން ޖައްސާލި ބޯޅައަކުން ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. 

އާޖެންޓީނާ އިން ފަހު ވަގުތު ކުރިއަށްޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތްތަކެއް ކުރި ނަމަވެސް ސްޕެއިންގެ ގޯލަށް ބޯޅައެއް ވައްދާލެވޭ ގޮތެއްނުވެ ބަލިވީ އެވެ. މިއީ، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާ އަތުން ބަލިވި މެޗަށް ފަހު، އާޖެންޓީނާ އިން ވޯލްޑް ކަޕްގައި ބަލިވި ފުރަތަމަ ފަހަރެވެ. 

އަނެއްކޮޅުން، ސްޕެއިނުން މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ކުޅުނު އަށް މެޗުގައި ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެއާ އެކު، ސްޕެއިނަކީ އެންމެ މަދުން ބައިކޮޅަށް ގޯލު ވަދެގެން، ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ޓީމެވެ. މީގެ ކުރިން އެންމެ މަދުން ކޮޅަށް ގޯލު ވަދެގެން، ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދީ، 2010 ވަނަ އަހަރުގެ ސްޕެއިން އާއި 2006 ވަނަ އަހަރުގެ އިޓަލީ އަދި 1998 ވަނަ އަހަރުގެ ފްރާންސް ޓީމެވެ. މި ތިން ޓީމު ކޮޅަށް ވެސް ވަނީ އެންމެ ދެ ގޯލެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox