ވޯލްޑް ކަޕް ފައިނަލުގައި ދަރިވަރާއި އެދުރުގެ ކުރިމަތިލުމެއް

Jul 19, 2026, 10:24 AM
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އާއި އާޖެންޓީނާގެ ކޯޗު ލިއޮަނަލް ސްކަލޯނީ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އާއި އާޖެންޓީނާގެ ކޯޗު ލިއޮަނަލް ސްކަލޯނީ

މިދިޔަ ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ހަނގުރާމަ ނުފެށިނަމަ، މާޗް މަހު ގަތަރުގެ ދޯހާގައި، ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނާއި ދެކުނު އެމެރިކާގެ ޗެމްޕިއަން، އާޖެންޓީނާ ބައްދަލުކުރަން އޮތް ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން، ފައިނަލިސިމާ ކުޅޭނެ އެވެ. އެކަމަކު، މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ފައިނަލިސިމާ މެޗު ޖެހުނީ ކެންސަލްކުރާށެވެ. އެހެން ނަމަވެސް، އޭގެ ހަތަރު މަސް ފަހުން، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި މި އޮތީ ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރަން ޖެހިފަ އެވެ. 

މިއީ، ސްޕެއިނުގެ އަރަމުން އަންނަ ތަރި، ލަމީން ޔަމާލް އާއި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރަމުން އަންނައިރު، މިއީ ދެ ޓީމުގެ ބެންޗުގައި ތިބި ކޯޗުންނަށް ވެސް ހާއްސަ ކުރިމަތިލުމެކެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ދިން އިންޓަވިއުއެއްގައި، ފައިނަލުގައި ކުޅެން ބޭނުމީ ސްޕެއިނާ ދެކޮޅަށް ކަމަށް ވަނީ ބުނެފަ އެވެ. އެއީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދެ ބައްރުގެ ޗެމްޕިއަނުން ކުޅޭ މެޗު ކެންސަލްވުމާ އެކީ، އެ މެޗަށް އިިންތިޒާރު ކުރަމުން އައި ފުޓްބޯޅަ ސަޕޯޓަރުންނަށް ދޭ ހަދިޔާއެއް ގޮތުގަ އެވެ. 

އަނެއްކޮޅުން، މިއީ، ސްކަލޯނީ އާއި ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އަށް ވެސް ތާރީހީ މެޗެކެވެ. އެއީ، މީގެ ނުވަ ވަރަަކަށް އަހަރު ކުރިން، 2017 ވަނަ އަހަރު ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން، އާރްއެފްއީއެފް އިން 2017 ވަނަ އަހަރު ބޭއްވި ކޯޗިން ކޯހެއްގައި، ލުއިސް ޑެ ލަ ފުއެންޓޭ ކިޔަވައިދިންއިރު، އެ ކޯހުގައި ބައިވެރިވި އެއް ފަރާތަކީ ސްކަލޯނީ އެވެ. 

Advertisement
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އާއި އާޖެންޓީނާގެ ކޯޗު ލިއޮަނަލް ސްކަލޯނީ
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އާއި އާޖެންޓީނާގެ ކޯޗު ލިއޮަނަލް ސްކަލޯނީ

"އެއީ ހަމަ ސްކޫލެއްގައި ހިނގައިދިޔަ ފަދަ ކަމެއް. ފުރަތަމަ ބަރީގައި ތިބި ކުދިންނާއި ފަހަތު ބަރީގައި ތިބި ކުދިން. ލިއޯ (ސްކަލޯނީ) އިނީ ފުރަތަމަ ބަރީގައި. މިހާރު ވަރަށް ފަސޭހަ ބުނެލަން. އެ ކޯހުގައި އޭނަ ވަރަށް ރަނގަޅަށް ކަންކަން ދަސްކުރިއޭ. އެކަމަކު، އެންމެ ބޮޑު ހަގީގަތަކީ އޭރު ވެސް އޭނަ ކިބައިގައި އެހެން މީހުންނާ ތަފާތު ކަންތައްތަކެއް ހުރި. އޭނަ ކިބައިގައި ރަނގަޅު ގޮތުގައި ކަންކަމުގެ ޗެލެންޖު ނެގުމުގެ ގާބިލުކަން ހުރި. އަހަރެން ގޯސްކޮށެއް ނުނަގަން އެ ކަމެއް، އޭނަ އަބަދުވެސް  ބަހުސްކޮށްގެން ވިޔަސް ކަމުގެ ދެކޮޅު ހޯދާނެ،" އެ ކޯހުގައި ޓެކްޓިކްސްގެ ކަންކަން ކިޔަވައިދިނުމުގައި އެންމެ އިސްކޮށް އުޅުނު ލެކްޗަރަރެއްގެ ޒިންމާ ނެގި ޑެ ލަ ފުއެންޓޭ ބުންޏެވެ. 

ދެ ދުވަސްވަރު ޑެ ލަ ފުއެންޓޭ ކޯޗުކޮށްދެމުން އައި ސްޕެއިނުގެ 17 އަހަރުން ދަށުގެ ޓީމަށެވެ. އަދި، އޭނާ ވަނީ އޭގެ ދެ އަހަރު ކުރިން، ސްޕެއިނުގެ 17 އަހަރުން ދަށުގެ ޓީމާ އެކު، ޔޫރޯ 17 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގައި، މިހާރު ސްޕެއިން ސީނިއާ ޓީމުގައި ވެސް ހިމެނޭ އުނާއި ސިމޯން، ރޮޑްރީ އަދި މިކޭލް މެރީނޯ ފަދަ ކުޅުންތެރިން ހިމެނެ އެވެ. 

އެ ދުވަސް ކޮޅުގައި، ސްކަލޯނީ މަސައްކަތްކުރަމުން އައީ އާޖެންޓީނާގެ ކޯޗު، ޖޯޖް ސަމްޕައޮލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އެ އަށް ފަހު، ސްކަލޯނީ، 2019 ވަނަ އަހަރު އާޖެންޓީނާއާ ހަވާލުވުމުގެ ކުރިން، ސެވިއްޔާގެ އެސިސްޓަންޓް ކޯޗަކަށް ސަމްޕައޮލީއާ އެކު މަސައްކަތްކުރި އެވެ. 

ސްކަލޯނީ ބުނީ އޭނާއާ ސްޕެއިނާ ދެމެދު އަބަދުވެސް ހާއްސަ ގުޅުމެއް އޮންނާނެ ކަމަށެވެ. އަދި، ޑެ ލަ ފުއެންޓޭ އަކީ އަބަދުވެސް ގާތް މީހެއްގެ ގޮތުގައި ދެކޭނެ ކަމަށާއި މީގެ ނުވަ އަހަރު ކުރިން، ޑެ ލަ ފުއެންޓޭ އުނގަނައިދިން އެއްޗެހި މިހާރު ވެސް ބޭނުންކުރަމުން އަންނަ ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ. 

ސްޕެއިނާއި އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭ މެޗު ފަށާނީ މިރޭ 00:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox