އައިކެއާ އަށް 23 އަހަރު: ހުރިހާ ފްރޭމް އަދި އަވިއައިނުން 23 ޕަސަންޓު ޑިސްކައުންޓް

އައިކެއާގެ އައުޓްލެޓެއް

އައިކެއާގެ އައުޓްލެޓެއް

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއާ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައިކެއާއިން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކުންނާއި އަވިއައިނުން 23 ޕަސަންޓުގެ ޑިސްކައުންޓު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިކެއާ އިން ބުނީ މެއި 23، އިން ފެށިގެން ޖޫން 6، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން އައިކެއާގެ ހުރިހާ އައުޓްލެޓަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ. 

އައިކެއާގެ އެމްޑީ ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު  ހުޅުވި އައިކެއާ އިން މިއަދު ދެކޭ ކާމިޔާބުގެ އަސްލަކީ އެތަނުގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއާގެ ހިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރު ކަމަށެވެ.

Advertisement

އެގޮތުން އޭނާ ވަނީ އައިކެއާގެ ކަސްޓަމަރުންނާއި ހުރިހާ މުވައްޒަފުން އަދި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

މިދިޔަ 23 އަހަރުގެ ތެރޭގައި އައިކެއާ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާ ގާތަށް ފޯރުކޮށްދީފަ އެވެ.

އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާ ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބޭނެ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު އައިކެއާގެ ރަސްމީ ވެބްސައިޓް އިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އައިކެއާގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox