ގެބޮން ސަރުކާރަށް ފާޑުކިޔައި އޮބާމަޔަން ގައުމީ ޓީމުން ރިޓަޔާކޮށްފި

Sep 2, 2026, 11:41 PM
ތަޖުރިބާކާރު ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން: މި ސީޒަނުގައ ޑިޕޯޓިވޯ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.

ތަޖުރިބާކާރު ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން: މި ސީޒަނުގައ ޑިޕޯޓިވޯ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ.

މެޑްރިޑް (ސެޕްޓެމްބަރު 2) - ގެބޮން ސަރުކާރަށް ފާޑުކިޔުމަށް ފަހު، އެ ގައުމުގެ ކެޕްޓަން، ތަޖުރިބާކާރު ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ. 

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގެބޮން އިން ނެރުނު ނަތީޖާތައް ދަށް ކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުން، ގައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކޮށް، އޮބާމަޔަން ހިމެނޭ ގޮތަށް ސީނިއާ ކުޅުންތެރިންނަށް ފިޔަވަޅު އެޅި އެވެ.

ގެބޮން ސަރުކާރުން ޓީމު ސަސްޕެންޑްކޮށް، އޮބާމަޔަން އަށް ފިޔަވަޅު އަޅައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގެބޮން އިން ނެރުނު ނަތީޖާތައް ދަށް ކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުން، ގައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކޮށް، ޓީމުގެ މުހިންމު ކުޅުންތެރިޔާ، ޕިއޭ އެމެރިކް އޮބާމަޔަން ހިމެނޭ ގޮތަށް ސީނިއާ ކުޅުންތެރިންނަށް ވަނީ ފިޔަވަޅު އަޅައިފައި.

މޮރޮކޯގައި މި އަހަރުގެ ކުރީކޮޅުގައި ބޭއްވި އެފްރިކަން ކަޕްގައި ގެބޮން ކުޅުނު ތިން މެޗުން ވެސް ބަލިވެ، މުބާރާތުން ކެޓީ ޕޮއިންޓެއް ވެސް ނުލިބި އެވެ. ފުރަތަމަ މެޗުން ކެމަރޫން އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި، މޮޒަމްބީކު އަތުން 3-2 އިން ބަލިވި އެވެ. އަދި، ފަހު މެޗުގައި އައިވަރީ ކޯސްޓާ ކުޅެގެން ވެސް 3-2 އިން ބަލިވި އެވެ.

އައިވަރީ ކޯސްޓު މެޗަށް ފަހު، ގެބޮންގެ ކުޅިވަރު ވަޒީރު، ސިމްޕްލީސް-ޑެޒެއާ މަމްބޫލާ ވަނީ ޓީމުގެ ކުޅުމަށް ފާޑުކިޔައި، މުޅި ޓީމު ސަސްޕެންޑް ކުރުމުގެ އިތުރުން ކޯޗު ތިއަރީ މަޔޫމާ ވެސް ވަކިކުރަން އަންގައިފަ އެވެ. އަދި، މުބާރާތުގައި ގެބޮންގެ ފަރާތުން ފެނުނީ ލަދުވެދި ކުޅުމަކާއި ނަތީޖާތަކެއް ކަމަށް ވިދާޅުވެ، މަމްބޫލާ ވަނީ ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިން ދެން ޓީމަށް ނެގުން މަޑުޖައްސާލަން އަންގައިފަ އެވެ. 

ގެބޮންގެ ރައީސް، ބްރައިސް ކްލޯޓެއާ އޮލިގީ އެންގޭމާ ވެސް ވަނީ އޮބާމަޔަން އާއި ސީނިއާ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. 

"އެ މީހުން (ސަރުކާރުން) އަހަރެން ލަދުގަންނަވާލީ. އަހަރެން އެފްރިކަން ކަޕްގައި ކުޅުނީ އަނިޔާގައި ހުރެ، އެ ވަރު ވެސް އެ މީހުންނަށް ނުވިސްނުނު. މިއީ، އެންމެ ފަހު ފަހަރު، މި ހިސާބުން ދެން ނިމުނީ، މައްސަލަ އޮތީ އަހަންނާ ހަމަޔަކުން ނޫން. އެ އަށް ވުރެން ފުނަށް ގޮސްގެން މައްސަލަ ހައްލުކުރަންވީ،" އުމުރުން 37 އަހަރުގެ އޮބާމަޔަން ބުންޏެވެ. 

ގެބޮން އަށް އެންމެ ފުރަތަމަ 2009 ވަނަ އަހަރު މެޗެއް ކުޅެދިން އޮބާމަޔަން، ގައުމީ ޓީމުން ރިޓަޔާކުރަނީ، އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހޯލްޑަރުގެ ގޮތުގަ އެވެ. އެ ގޮތުން، އޮބާމަޔަން ވަނީ 83 މެޗުން 40 ގޯލު ގެބޮން އަށް ކާމިޔާބުކޮށްދީފަ އެވެ. 

ބޮރޫޝިއާ ޑޯޓްމަންޑް، އާސެނަލް، ޗެލްސީ، ބާސެލޯނާ، އޭސީ މިލާން، މޮނާކޯ، ސެއިން އެޓިއެން، ލިލް، ޑިޖޯން، އަލް ގަދްސިއާ، މާސޭ އަށް ކުޅުނު އޮބާމަޔަން މިހާރު ކުޅެމުން އަންނަނީ ސްޕެއިނުގެ ޑިޕޯޓިވޯ ލަކަރޫނިއާ އަށެވެ. މެދުކެނޑުމަކަށް ފަހު ސްޕެނިޝް ލީގަށް އެނބުރި އައި ޑިޕޯޓިވޯ އަށް މި ފަހަރު ކުޅެދިން ތިން މެޗުން އޮބާމަޔަން ވަނީ ތިން ގޯލު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox