އެސޯސިއޭޝަން ކަޕުން ފެށި ބަދަލަކީ ބެޑްމިންޓަންގެ އާ ގަވައިދަށް އަވަހަށް ހޭނުމަށްޓަކައި ކޮށައިދޭ މަގެއް

May 10, 2026, 2:30 PM
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން، 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި މަހީން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން، 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި މަހީން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ދިވެހި ރާއްޖޭގައި އެންމެ ގިނަަ ބަޔަކު ދެ ޖިންސަށް ބަލާއިރު ކުޅެމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ބެޑްމިންޓަންގެ ސެޓުތައް ކުޅޭ ސްކޯރިން ސިސްޓަމް، 15 ޕޮއިންޓަށް ބަދަލުކުރަން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މެމްބަރުން ފާސްކުރި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ރަސްމީކޮށް ކުޅޭ ފުރަތަަމަ މުބާރާތަކީ މިހާރު ކުރިއަށްދާ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެވެ. 

ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ރަސްމީކޮށް، މި ގަވާއިދަށް އަމަލުކުރަން ފަށަނީ އަންނަ އަހަރު ޖެނުއަރީ ހަތަރަކުން ފެށިގެންނެވެ. އެކަމަކު، ރާއްޖޭން އޭގެ ހަތް މަސް ކުރިން މި ވަނީ އެ ގަވާއިދާ އެއްގޮތަށް މުބާރާތްތަކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. 

ބޮޑު މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން، ބީއޭއެމް އިން ބާއްވާ ފުރަތަަމަ މުބާރާތް، ބެޑްމިންޓަން އެސޯސިއޭޝަން ކަޕް، މި ވަރުގެ ބަދަލަކާ އެކު ގެންނަން ނިންމިއިރު، މުބާރާތުގެ ފުރަތަމަ ކުޅެން ހަމަޖެހިފައިވާ ބުރުގެ މެޗުތައް ވަނީ ނިމިފަ އެވެ. އެ ގޮތުން، އިއްޔެގެ ނިޔަލަށް އެސޯސިއޭޝަން ކަޕްގެ އުމުރުފުރާގެ ޑިވިޝަނުގެ މެޗުތައް ވަނީ ކުޅެފަ އެވެ.

އާ ގަވާއިދާ އެއްގޮތަށް ކުޅެން ފަށައިގެން، މިހާތަނަށް ފެނުނު ކަންކަމާ ބެހޭގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ  ނައިބު ރައީސް، ތަޖުރިބާކާރު އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) ވަނީ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. 

އެ ގޮތުން، ޝިހާމް ވިދާޅުވީ، ސެޓުގެ ޕޮއިންޓުގެ އަދަދު 15 ޕޮއިންޓަށް ކުޑަކުރުމަކީ، ރާއްޖެ އަށް ބަލާނަމަ ކުރިން ވެސް ކުޅެމުން އައި ގޮތެއް ކަމަށެވެ. އެކަމަކު، ދިވެހިން އެކަން އޭރުން ފެށިގެން ކުރަމުންއައިއިރު، ބެލީ ވަގުތު ސަލާމަތްކުރުމަށް ކަމަށެވެ. މިހާރު ޓެކްނިކަލީ ބަލައިގެން މި ބަދަލު ގެނެސްފައިވާއިރު، އެ ގޮތަށް ކުޅުނު ކަމުގައި ވިޔަސް ފެންނަ ކަންކަމަށް ބަލާއިރު، ކުޅުންތެރިންގެ ފަރާތުން މެޗުތަކުގައި ފެންނަ ޕާފޯމަންސް ލެވަލް ދަށްވުމުގެ ކަމެއް ނުފެންނަ ކަމަށް ޝިހާމް ވަނީ ވިދާޅުވެފަ އެވެ.

15 ޕޮއިންޓަށް ސެޓު ކުޅޭ ގަވާއިދު ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ އިން ފާސްކޮށްފި

ދުނިޔޭގެ އެންމެ ގިނަަ ދުވަސްވީ އެއް ކުޅިވަރު، ބެޑްމިންޓަންގެ ސެޓުތައް ކުޅޭ ސްކޯރިން ސިސްޓަމް، 15 ޕޮއިންޓަށް ބަދަލުކުރަން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މެމްބަރުން އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައި.

"އެވްރެޖް ބަލާއިރު ޕާފޯމަންސް ދަށެއް ނޫން. އެވްރެޖްކޮށް މެޗުތައް ވަރުގަދަ. ރަނގަޅު ރެލީތައް އެބަފެނޭ ހަަމަ. ހަމައެކަނި މެއިން (މައިގަނޑު) އެއްޗަކަށް އައީ ހަމައެކަނި، ގާތްގަނޑަކަށް ސެޓަކުން ހަތަރު މިނިޓް އުނިވީއޭ ބުންޏަސް ދޮގަކަށް ނުވާނެ. އާންމު ރޭޓަށް ބަލާއިރު ދެ މީހަކު ކުޅޭއިރު އެވްރެޖްކޮށް ސެޓަކަށް 18 މިނިޓާއި 21 މިނިޓް ދޭތެރޭ މި އުޅެނީ. މިހާރު މީތި މިދިޔައީ 12 އާއި 16 މިނިޓް ދޭތެެރެއަށް، އެއީ މި ކުރުވި ބަޔަކީ، ދެން، ޕާފޯމަންސަށް ބަލާއިރު މާ ބޮޑު އެއްޗެއް (ދަށްކަމަށް) ނުދައްކާ،" ޝިހާމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ރާއްޖެ ކަހަލަ ބީޑަބްލިއުއެފް ލެވަލްގެ މުބާރާތްތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ނިސްބަތުން މަދު ގައުމެއްގައި، މިހާ އަވަހަށް މި ގަވާއިދާ އެއްގޮތަށް ކުޅެން ފެށުމުގެ ފައިދާ ބޮޑެވެ. އެއީ، އަންނަ އަހަރު ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި މި ބަދަލަށް އަމަލުކުރަން ފަށާއިރު، ރާއްޖޭގެ ކުޅުންތެރިން ތިބޭނީ މި ސިސްޓަމަށް ހޭނިފަައި ކަމަށްވުމެވެ. 

"މުޅި އެތި އެއްކޮށް ބަދަލުވާއިރުގައި އަހަރެމެން ތިބޭނީ މި އަށް ވަރަށް ބޮޑަށް ހޭނިފައި. އަހަރެމެންގެ އެތުލީޓުންނަށް ހަމަ ގައިމު ވެސް އިންޓަނޭޝަނަލީ ފައިޓްކުރާއިރު ކުއްލިއަކަށް އެ އަންނަ ޗޭންޖުން ވަރަށް ބޮޑަށް ސަލާމަތްވާނެ. އަހަރެމެން ތިބޭނީ ކުރިއަށް އޮތް ހައެއް ނޫނީ ހަތް ވަރަކަށް މަސް ދުވަސް ތެރޭ މި ހުރިހާ މުބާރާތެއް މިހެން ހިފަހައްޓައިފިއްޔާ މި ކަމަށް އެޑެޕްޓް ވެފައި،" ޝިހާމް ވިދާޅުވި އެވެ. 

އާ ގަވާއިދަށް ހޭނުމުގައި އުނދަގޫތަކެއް ހުންނާނެކަން ޝިހާމް ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ. އެންމެ ބޮޑު ކަމަކީ، މެޗު ދާ ގޮތަށް ބަލައި، އެ އަށް ތައްޔާރުވުމަށް މެންޓަލީ ތައްޔާރުވާން ޖެހޭ ގޮތަށް ގެންނަން ޖެހޭ ބަދަލު ކަަމަށެވެ. އެ ކަމާ ބެހޭގޮތުން ޝިހާމް ވަނީ  ޕޮޒިޓިވްކޮށް އޮތް ކަމެއް ވެސް ފާހަގަކުރައްވައިފަ އެވެ. 

"ޕާފޯމަންސް ވައިސް ކޮށް ބަލާއިރު ހީވަނީ، ފަސޭހަ ހެން ވާނީ، މިސާލަކަށް، އެޑަލްޓަށް ބަލައިފިއްޔާ، އަހަރެމެންގެ އަޖޫ (ގައުމީ ބެޑްމިންޓަން ތަރި އަޖުފާން) އެނބުރި ވާދަވެރި ލެވަލަށް މި އައީ، ގަބޫލުކުރެވުނީ އަދި ހިފަހައްޓާލެވިދާނެއޭ މި ލެވަލްގައި، މި ސްކޯރިންގައި ކުޅޭކަމަށްވަންޏާ. އެއީ، ގޭމް ޓައިމް ކުރު އެބަވޭ. އެއީ، އެ ވީ ގޮތަކީ،" ޝިހާމް ވިދާޅުވި އެވެ. 

ވިހި އަހަރަށް ވުރެން ދިގު މުއްދަަތެއްގައި ބެޑްމިންޓަންގެ އަމްޕަޔަރުކަން ކުރުމުގައި މަސައްކަތްކޮށްފައިވާ ޝިހާމް ވަނީ ބީޑަބްލިއުއެފް އިން ސެޓުގެ ސްކޯރިން ސިސްޓަމަށް ބަދަލު ގެނައުމުގައި މައިގަނޑު ގޮތެއްގައި ވިސްނާފައި ހުރި ކަންކަމަށް އަލި އަޅުވާލައިފަ އެވެ.

ގައުމީ ލެވަލްގައި ކުޅުނު މުބާރާތެއްގެ ތެރެއިން އަމްޕަޔަރެއްގެ ގޮތުގައި ޕުޗު މަސައްކަތްކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
ގައުމީ ލެވަލްގައި ކުޅުނު މުބާރާތެއްގެ ތެރެއިން އަމްޕަޔަރެއްގެ ގޮތުގައި ޕުޗު މަސައްކަތްކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އެ ގޮތުން، ޝިހާމް ވިދާޅުވީ، ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިން ކުޅޭ މެޗުތައް އެވްރެޖްކޮށް ދިގުލައިގެން ގޮސް، އެއް ގަޑިއިރާއި ބައި ވަންދެން ކުޑަ ބްރޭކެއް ލައިގެން ކުޅެން ޖެހޭ ކަމަށެވެ. 

 "ވޯލްޑް ޓޮޕް 10 ގައި އުޅޭ ޕްލޭޔަރުން ވެއްޖިއްޔާ އެއް ގޭމް (ސެޓު) ނިމެން އެބައަރާ 28 މިނިޓަށް، އޭތި ތިން ގޭމަށް ގޮސްފިއްޔާ މި ކިޔަނީ ދޮޅު ގަނޑިއިރަށް، އެއީ މީގެ ގަބޫލުކުރަން ޖެހޭ ކަމަކީ، ދެން، ދޮޅު ގަޑިއިރު ތެރޭގައި މި ހަތް މިނިޓް، ޖުމްލަ މި ލިބެނީ ބްރޭކް ތިން ގޭމަށް ގޮސްފިއްޔާ. އެހެންވީމަ، އަސްލު މި ވާގޮތަކީ ޕްލޭޔަރަށް އެކަށީގެންވާ ގޮތަށް ރިކަވާވާން މެޗު ތެރޭގައި ވެސް ވަގުތު ނުލިބޭ ދޮޅު ގަޑިއިރަށް މެޗުދާއިރު ހަތް މިނިޓުގެ މި ބްރޭކުން، އެ ހުރިހާ ކަމަކަށް ވިސްނާފައި މި ބަދަލު މި އައީ،" ޝިހާމް ވިދާޅުވި އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން ކަޕްގައި މިއަދާއި މާދަމާ އޮތީ މުބާރާތުގެ އޯޕަން ބުރުގެ ފަހު މެޗުތަކެވެ. ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މި ދެ ދުވަހު ކުޅޭ މި މެޗުތަކަކީ، މިދިޔަ ދެ އަހަރަށް ފަހު، ގައުމީ ލެވަލްގައި ވާދަވެރިކަމާ އެކު ފެންނާނެ ފޯރިގަދަ މެޗުތަކަކަށްވާނެ އެވެ. 

ޝިހާމް ވަނީ އާ ގަވާއިދާ އެކު އައި މި ބަދަލުގެ ސަބަބުން މެޗުތަކުގެ ކުޅުމުގެ ލެވަލް ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"އުސޫލެއްގެ ގޮތުން ބަލައިފއްޔާ، ވިސްނެނީ މި ބަދަލުން ޕްލޭޔަރުންގެ ޕާފޯމަންސް ވާނީ ރަނގަޅޭ. ދެން، ފަހަރުގައި ބަލަން ތިބޭ ބައެއް މީހުންނަށް ހީވެދާނެ ވަރަށް ކުރޭ މެޗު. އަސްލު ކުރެއް ނޫން މެޗެއް. މި ބަދަލަށް ހޭނެން މި ކުރާ މަސައްކަތުން އަހަރެމެންނަށް މުސްތަގުބަލުގައި ފައިދާއެއް ކުރާނީ،" ޝިހާމް ވިދާޅުވި އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އުމުރުފުރާ ޑިވިޝަންގައި އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދީ ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ އާއި ރިވައިވަލް ސްޕޯޓްސް އޭދަފުށްޓެވެ. އެ ގޮތުން، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށްގެން ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީން ފަސް ރަން މެޑަލާއި ތިން ރިހި މެޑަލް އަދި ހަ ލޯ މެޑަލް ހޯދި އެވެ. އަދި، ރިވައިވަލް ސްޕޯޓްސް އޭދަފުށިން ވަނީ އެއް ރަން މެޑަލާއި ތިން ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދައިފަ އެވެ. 

މުބާރާތުގައި މިއަދު ހަވީރު ޝެޑިއުލްކޮށްފައިވާ ފޯރިގަދަ މެޗުތަކަށް ބަލާއިރު، މިކްސް ޑަބަލްސް ކުއާޓާ ފައިނަލުގައި ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އިން ކުޅޭއިރު، ނިބާލް އަހުމަދު އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ ބައްދަލުކުރާނީ ހުސެއިން ރިފާއު އާއި އައިމިނަތު އަމްނާ އަލީ އާމިރުގެ ޕެއާއާ އެވެ. ފިރިހެން ސިންގަލްސް ކުއާޓާގައި ޒަޔާން އާއި އައްޔޫބް އަޒްހަރު މުހައްމަދު ބައްދަލުކުރާއިރު، ނިބާލް ކުޅޭނީ މުހައްމަދު އަޖުފާން ރަޝީދުއާ އެވެ.

އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައި ނަބާ އާއި ލައިބާ އަހުމަދު މަހުލޫފް ކުޅޭއިރު، ނަބީ ނުކުންނާނީ އައިޝަތު ޒޯޔާ ހުސެއިންއާ ދެކޮޅަށެެވެ. ފިރިހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނިބާލްގެ ޕެއާ އިން ކުޅޭނީ ހަސަން އަފްޝީމް ޝަހީމް އާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާއާ އެވެ. އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި، ނަބާ އާއި ނަބީގެ ޕެއާ އިން ނުކުންނާނީ ލައިބާ އާއި ޔަލްވީ ހުސެއިން ޒުހުރީގެ ޕެއާއާ ދެކޮޅަށެެވެ. ޔަލްވީ އާއި ލައިބާ ވަނީ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox