ޒޯލާ، ބެޑްމިންޓަން އޭޝިއާ ސަޓިފައިޑް ރާއްޖޭގެ ފުރަތަމަ ރެފްރީ

Jul 29, 2026, 9:43 AM
ބެޑްމިންޓަން ރެފްރީ/އަމްޕަޔަރު ޒޯލާ.

ބެޑްމިންޓަން ރެފްރީ/އަމްޕަޔަރު ޒޯލާ.

ރާއްޖޭގެ ބެޑްމިންޓަންގައި ގިނަ އަހަރުތަކެއް ހިދުމަތް ކޮށްދީފައިވާ، އަލީ އަބްދުލް ކަރީމް (ޒޯލާ)، ބެޑްމިންޓަން އޭޝިއާ ސަޓިފައިޑް ރާއްޖޭގެ ފުރަތަމަ ރެފްރީ އަށް ވުމުގެ ޝަރަފް ހޯދައިފި އެވެ. 

ބެޑްމިންޓަނުގެ ޓެކްނިކަލް ބައިގެ ތެރެއަށް 1998 ވަނަ އަހަރު ވަދެ އަމްޕަޔަރުކަން ކުރަން ފެށި ޒޯލާ ވަނީ، 2015 ވަނަ އަހަރު ބެޑްމިންޓަން ސަޓިފައިޑް އަމްޕަޔަރުކަން ހާސިލްކޮށްފަ އެވެ. އަދި، އޭގެ ހަތަރު އަހަރު ފަހުން، 2019 ވަނަ އަހަރު ޒޯލާ އަށް ވަނީ، ބެޑްމިންޓަން އޭޝިއާ އެކްރެޑިޓް ރެފްރީގެ ހައިސިއްޔަތު ލިބިފަ އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް، އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ،  ޒޯލާ އަށް މި ފުރުސަތު ހޯދައިދިނުމަށްޓަކައި، މިހާރު އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕުން ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން އައި ކަމަށެވެ. 

"އަލީ (ޒޯލާ)ގެ ފަރާތުން މިހާރު އޮތް ބީއޭއެމްގެ އެޑްމިނިސްޓްރޭޝަނަށް ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަނީ،" އިއްޕަ ވިދާޅުވި އެވެ. 

ބެޑްމިންޓަން ރެފްރީ/އަމްޕަޔަރު ޒޯލާ (މ).
ބެޑްމިންޓަން ރެފްރީ/އަމްޕަޔަރު ޒޯލާ (މ).

ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ގިނަ މުބާރާތްތަކުގައި ޒޯލާ ވަނީ މަސައްކަތްކޮށްފަ އެވެ. އެއީ އަމްޕަޔަރެއްގެ ގޮތުގައި އިތުރުން، ރެފްރީ އަކަށެެވެ. އޭނާގެ މަސައްކަތްތަކުގެ އުސްއަލިތަކަށް ބަލާއިރު، ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި 2016 ވަނަ އަހަރު ކުރިއަށްދިޔަ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ހޯދުމާއި، 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދިޔަ، ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ އިސް ރެފްރީކަން ކުރުން ހިމެނެ އެވެ. 

މީގެ އިތުރުން، 2016 ވަނަ އަހަރު ޕާކިސްތާންގައި ބޭއްވި ބީޑަބްލިއުއެފްގެ މުބާރާތެއްގައި ފެނިގެންދިޔަ ޒޯލާ އަކީ، މި ލެވަލްގެ މުބާރާތެއްގައި، އިންސާފުކުރި ފުރަތަމަ ދިވެހި ރެފްރީ އެވެ. އަމްޕަޔަރުކަމާއި ރެފްރީ ކަމުގެ އިތުރުން، ޒޯލާ ވަނީ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ވެސް އެކި މުބާރާތްތަކުގައި މަސައްކަތްކޮށްފަ އެވެ. 

ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ޔޫތު އެވޯޑްސް ވެސް ހޯދާފައިވާ ޒޯލާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ބެޑްމިންޓަން ކުރިއެރުވުމަށާއި ޓެކްނިކަލް އޮފިޝަލުން އިތުރުކުރުމަށް ވެސް އެކި ގޮތްގޮތުން މަސައްކަތްތަކެއް ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox