ރާއްޖޭގެ ބެޑްމިންޓަން ނެޝަނަލް ރޭންކިން ކުރީގައި ރިވައިވަލްގެ ކުޅުންތެރިން

May 31, 2026, 7:46 AM
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ދާދި ފަހުން އާންމުކޮށްފައިވާ ރޭންކިން ޕޮއިންޓް ސިސްޓަމާ އެއްގޮތަށް، ތަރުތީބު ކުރި ފުރަތަމަ ގައުމީ ރޭންކިންގައި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން އޯޕަން ހުރިހާ އިވެންޓްތަކުގެ އެއް ވަނަ ހޯދައިފި އެވެ. 

 އެ ގޮތުން، އޯޕަން ފަސް އިވެންޓްގެ އެއް ވަނަ މަގާމުގައި ވެސް އޮތީ ރިވައިވަލް ކުޅުންތެރިންނެވެ. 

މިދިޔަ އޭޕްރީލް މަހު 21 ވަނަ ދުވަހު ބީއޭއެމް އިން އާންމުކުރި ރޭންކިން ޕޮއިންޓް ސިސްޓަމްގައި ވަނީ  ގައުމީ ބެޑްމިންޓަން މުބާރާތާއި ބީއޭއެމް ޗެމްޕިއަންޝިޕްގެ އިތުރުން، ބީއޭއެމް އިން ރުހުންދޭ މުބާރާތްތަކުގައި ޕޮއިންޓް ދޭނެ ގޮތް ބުނެދީފަ އެެވެ.

އެ ގޮތުން، ސީނިއާ ކެޓަގަރީ އަށް ބަލާއިރު، ގައުމީ މުބާރާތުގެ އެއް ވަނަ އަށް 5000 ޕޮއިންޓް، ދެ ވަނަ އަށް 3500 ޕޮއިންޓް އަދި ތިން ވަނަ އާއި ހަތަރު ވަނަ އަށް 2400 ޕޮއިންޓް ހިމަނާފައިވެ އެވެ. މި ގޮތަށް އެންމެ ދަށް ރޭންކާ ހަމައަށް ޕޮއިންޓް ލިބޭ ގޮތަށް އެކުލަވާލާފައިވާއިރު، އެންމެ ފަހަތުން ނިންމާ ކުޅުންތެރިއަކަށް ވެސް މަދުވެގެން 40 ޕޮއިންޓް ލިބޭނެ އެވެ. ބީއޭއެމް ޗެމްޕިއަންޝިޕްގައި ޗެމްޕިއަނަށް 2500 ޕޮއިންޓް، ދެ ވަނަ އަށް 1750 ޕޮއިންޓް އަދި ތިން ވަނަ ނޫނީ ހަތަރަކަށް 1200 ޕޮއިންޓް ހިމަނާފައިވާއިރު، އެންމެ ފަހަތުން ނިންމާ ކުޅުންތެރިއަކަށް ވެސް މަދުވެގެން 20 ޕޮއިންޓް ލިބޭނެ އެވެ. ބީއޭއެމް އިން ރުހުން ދޭ މުބާރާތެއްގެ އެއް ވަނަ އަށް 1250 ޕޮއިންޓް، ދެ ވަނަ އަށް 875 ޕޮއިންޓް އަދި ތިން ވަނަ އާއި ހަތަރު ވަނަ އަށް 600 ޕޮއިންޓް ލިބޭނެ އެވެ. އަދި، އެންމެ ފަހަތު ބައިން ނިންމާ ކުޅުންތެރިއަކަށް ވެސް މަދުވެގެން 10 ޕޮއިންޓް ލިބޭނެ އެވެ. 

އެ ގޮތުން، ފިރިހެން ސިންގަލްސްގެ އެއް ވަނައިގައި އޮތީ 2500 ޕޮއިންޓާ އެކު، ރިވައިވަލްގެ ޒަޔާން ޒަކީ އެވެ. ދެ ވަނައިގައި ރިވައިވަލްގެ ނިބާލް އަހުމަދު 1750 ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތީ ރިވައިވަލްގެ ހައިޝަމް އިބްރާހިމް އަލީ އާއި ހަސަން ޒަޔާން މުހައްމަދު އެވެ. ދެ ކުޅުންތެރިންނަށް ވެސް ވަނީ 1200 ޕޮއިންޓް ލިބިފަ އެވެ.

އަންހެން ސިންގަލްސްގެ އެއް ވަނައިގައި ރިވައިވަލްގެ ފާތިމަތު ނަބާހާ (ނަބާ)، 2500 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި ރިވައިވަލްގެ އައިމިނަތު ނަބީހާ (ނަބީ) އޮތީ 1750 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ ޔަލްވީ ހުސެއިން ޒުހުރީ އާއި ޝުބާ މުހައްމަދު ޝަރީފް އެވެ. ދެ ކުޅުންތެރިންނަށް ވެސް 1200 ޕޮއިންޓް ލިބިފައިވެ އެވެ. 

ފިރިހެން ޑަބަލްސް އެއް ވަނައިގައި ރިވައިވަލްގެ ޒަޔާން އާއި ނިބާލްގެ ޕެއާ އޮތީ 1750 ޕޮއިންޓް ހޯދައިގެންނެވެ. އަންހެން ޑަބަލްސް އެއް ވަނައިގައި ރިވައިވަލްގެ ނަބީ އާއި ނަބާގެ ޕެއާ އެއް ވަނައިގައި އޮތީ 2500 ޕޮއިންޓް ހޯދައިގެންނެވެ. އަދި، މިކްސް ޑަބަލްސްގެ އެއް ވަަނައިގައި ރިވައިވަލްގެ ނިބާލް އާއި ނަބީ، 2500 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަަނައިގައި ރިވައިވަލް ޒަޔާން އާއި ނަބާ އޮތީ 1750 ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި އޮތް މުހައްމަދު ހިޝާމް ލަތީފް އާއި ނަފްހާ ނަސްރުﷲގެ ޕެއާ އާއި މުހައްމަދު އަޖުފާން ރަޝީދު އާއި އައިޝަތު ޔޫހާ އަހުމަދުގެ ޕެއާ އަށް ވަނީ 2500 ޕޮއިންޓް ލިބިފަ އެވެ. 

ގައުމީ ޓީމު ސިލެކްޝަން ވަކިން ކުޅޭނެ: ބެޑްމިންޓަން އެސޯސިއޭޝަން 

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އެ އެސޯސިއޭޝަނުން އެކުލަވާލާފައިވާ ރޭންކިން ސިސްޓަމް ކޮންމެ މުބާރާތަކަށް ފަހު ވެސް، އެ މުބާރާތެއްގެ ނަތީޖާ ތަކަށް ފަހު ރޭންކް ކުރެވުނު ކަމުގައި ވިޔަސް، އެ އަށް ބަލައިގެން، ގައުމީ ސްކޮޑު އެކުލަވާ ނުލާނެ ކަމަށެވެ. އެ ގޮތުން، ގައުމީ ސްކޮޑު އެކުލަވާނީ ވަކިން ކުޅޭ ސިލެކްޝަނެއް މެދުވެރިކޮށް ކަމަށެވެ. 

"އަދަދު ސްޕޯޓްސް" އަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ، މިހާރު އޮތް ލީޑަޝިޕް ހަވާލުވިއިރު، މި އަހަރުގެ ކަލަންޑަރު އެކުލަވާލައިގެން ކަންކަން ކުރިއަށްގެންދަން އޮތް މުއްދަތު ތެރޭގައި، ސިލެކްޝަން ކުޅޭނެ ތާރީހުތަކެއް ކަލަންޑަރުގައި ހިމަނައިގެން ކުރިއަށްގެންދަން އުނދަގޫވެފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައިި ނެޝަނަލް ސިލެކްޝަނެއް ކުޅެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ވިސްނުމަކީ އަހަރަކު ދެ ފަހަރު ނޫނީ ތިން ފަހަރު ނެޝަނަލް ސިލެކްޝަނެއް ކުޅެވިގެންދިއުން. އެ ގޮތަށް ކަލަންޑަރު ކުރެވިިގެން އަންނަ އަހަރުން ފެށިގެން ކުރިއަަށްދާނެ. ދެން، މި އަހަރު ސިލެކްޝަނެއް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ކުޅެވޭނެ ކަމަށް މި ބަލަނީ،" އިއްޕަ ވިދާޅުވި އެވެ. 

ފުރަތަމަ ފަހަރަށް ހުޅުވާލެވިގެން ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ކުރިއަށްދިޔައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެއީ، ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުން، ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދިޔައިރު އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކްލަބްތަކުގައި ތަމްރީން ވަމުން އަންނަ ކުޅުންތެރިން ހިމެނޭ ގޮތަށް ގައުމީ ސިލެކްޝަނެއް ކުޅެން ނިންމި ނިންމުމަށް ކުޅުންތެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ. 

ބީއޭއެމްގެ މިހާރުގެ ލީޑަޝިޕްގެ ވިސްނުމަކީ ވެސް ސިލެކްޝަން ކުޅުމުގެ ކަންކަން ރަނގަޅު އުސޫލެއްގެ ތެރެއިން ކުރިއަށްގެންދިއުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox