އެމްއައިބީން "ފައިސާރެމިޓް" ތައާރަފުކޮށް، 15 ގައުމަކަށް ފައިސާ ފޮނުވަން ފަށައިފި

Aug 16, 2026, 9:49 PM
އެމްއައިބީގެ ހިދުމަތްތައް ދަނީ ފުޅާކުރަމުން

އެމްއައިބީގެ ހިދުމަތްތައް ދަނީ ފުޅާކުރަމުން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ގައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމަށް "ފައިސާރެމިޓް" ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

މިއީ ބޭންކުގެ ބްރާންޗަކަށް ޒިޔާރަތްކުރަން ނުޖެހި، ކަސްޓަމަރުން ތިބި ތަނަކުން ފަސޭހަކަމާއެކު ބޭރު ގައުމުތަކަށް ފައިސާ ފޮނުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ.

އެމްއައިބީން ބުނީ މި ހިދުމަތް ފަރުމާކޮށްފައިވަނީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ޕްލެޓްފޯމް "ފައިސާނެޓް" މެދުވެރިކޮށް ދުނިޔޭގެ 15 ގައުމެއްގެ ބޭންކު އެކައުންޓްތަކަށާއި އިލެކްޓްރޯނިކް ވޮލެޓްތަކަށް ސީދާ ފައިސާ ފޮނުވޭ ގޮތަށެވެ.

މި ހިދުމަތުގެ ސަބަބުން ބޭރު ގައުމުތަކުގައި ތިބޭ އާއިލާގެ މެންބަރުންނަށާއި، ތައުލީމީ ކަންކަމަށާއި އަދި އެ ނޫންވެސް ހުއްދަކުރެވިފައިވާ ބޭނުންތަކަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްއައިބީން ބުންޏެވެ. 

ފައިސާރެމިޓް މެދުވެރިކޮށް އެއް ފަހަރު ފޮނުވޭނެ އެންމެ މަދު އަދަދަކީ 50 އެމެރިކާ ޑޮލަރެވެ. އަދި އެއް ޓްރާންސެކްޝަނެއްގައި ގިނަވެގެން 5,000 އެމެރިކާ ޑޮލަރާ ހަމައަށް ފައިސާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ އެވެ.

މި ހިދުމަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ފައިސާ ފޮނުވާ ފަރާތަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށްވާއިރު، ގިނަ ޓްރާންސެކްޝަންތައް ވަގުތުން ނުވަތަ އެދުވަހުން އެދުވަހަށް ލިބޭ ފަރާތުގެ އެކައުންޓަށް ޖަމާވާނެ އެވެ. ނަމަވެސް، ފައިސާ ފޮނުވާ ގައުމާއި ލިބޭ ބޭންކުގެ އުސޫލުތަކަށް ބަލައި ބައެއް މުއާމަލާތްތައް ނިންމުމަށް ގިނަވެގެން ދެ ދުވަސް ނަގާފާނެ ކަމަށް އެމްއައިބީން ބުންޏެވެ.

ކަސްޓަމަރުންނަށް އިތުބާރާއެކު މި ހިދުމަތް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، ފައިސާ ފޮނުވުމުގެ ކުރިން ހުރިހާ ތަފުސީލެއް ފެންނާނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ފައިސާ ލިބޭ ފަރާތަށް ލިބޭނެ ސީދާ އަދަދާއި، ބޭނުންކުރާ އެކްސްޗޭންޖް ރޭޓާއި، ހިދުމަތުގެ ފީގެ ގޮތުގައި ކެނޑޭނެ އަދަދު، ޓްރާންސެކްޝަން ކޮންފާމް ކުރުމުގެ ކުރިން ކަސްޓަމަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށް އެމްއައިބީން ބުންޏެވެ.

މިހާރު މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، ޔޫއެސްއޭ އަދި ވިއެޓްނާމް ހިމެނެ އެވެ.

އެމްއައިބީން ބުނި ގޮތުގައި ފައިސާ ފޮނުވޭ ގައުމުތަކާއި، ފައިސާގެ ބާވަތްތައް އަދި ފައިސާ ދޫކުރާ ގޮތްތަކަކީ އެކި ވަގުތުތަކުގައި ލިބެން ހުންނަ އޮޕްޝަންތަކަށް ބަލައި ބަދަލުވުން އެކަށީގެންވާ ކަންކަމަށް ވެސް ބޭންކުން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox