ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 50,000ރ. ލިބުމުގެ ފުރުސަތު!

Jul 4, 2026, 6:42 PM
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 50،000ރ ލިބުމުގެ ފުރުސަތު އެބަ އޮތް

ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 50،000ރ ލިބުމުގެ ފުރުސަތު އެބަ އޮތް

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "ފައިނޭންޝަލް އެކްސްޕޯ 2026" އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަރަށް ހާއްސަ އިނާމެއް ހުޅުވާލައިފި އެވެ. 

އެމްއައިބީގެ "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50,000 ރ. ފައިސާގެ އިނާމެއް ލިބޭނެ އެވެ.

ބައިވެރިވާނީ ކިހިނެއް؟

މި އިނާމު ހޯދުމުގެ ފުރުސަތު ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ؛

  1. ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރުން.
  2. އެކްސްޕޯއަށް ވަންނަ ދޮރުގައި ހުންނަ ހާއްސަ ކިޔޫއާރު ކޯޑު ސްކޭންކޮށްލުން.
  3. ރެޖިސްޓްރޭޝަން ފުރިހަމަ ކުރުން.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް ބުނީ މި އިނާމު ލިބުމުގެ ފުރުސަތު އެކްސްޕޯ ހުޅުވި ދުވަހުން ފެށިގެން މިރޭ 10:00 އާ ހަމައަށް ޒިޔާރަތްކުރާ އެންމެންނަށް ވެސް އޮންނާނެ ކަމަށެވެ. 

"މިރޭ ނަސީބުވެރިޔަކު ވެސް ހޮވާނެ. އަދިވެސް މި އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ބުންޏެވެ. 

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ މުހިންމު ފުރުސަތުތައް:

  • އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެކަކަށް 50,000 ރުފިޔާ ލިބުމުގެ ފުރުސަތު.
  • ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ ދާއިރާގެ އެކި މުއައްސަސާތަކުގެ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ހޯދުން.
  • ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައިވާ ލޯނު ސްކީމްތަކާއި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ތަފްސީލް އޮޅުންފިލުވުން.

މިިއީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އާންމުންނަށް ލިބެން ހުރި މާލީ ފުރުސަތުތަކާ ގާތުން ރައްޓެހިކޮށްދިނުމަށް ބާއްވާ ހާއްސަ އެކްސްޕޯއެކެވެ.

އެމްއައިބީ ސްޓޯލުން ލިބޭނެ ހިދުމަތްތައް

ފައިސާގެ އިނާމުގެ އިތުރުން، އެކްސްޕޯގައި ހުންނަ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ ކަންތައްތަކެއް ވަނީ ރޭވިފައެވެ.

  • އިސްލާމިކް ބޭންކިންގް ސޮލިއުޝަންސް: އެމްއައިބީގެ ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު ހޯދުން.
  • ޑިޖިޓަލް އިނޮވޭޝަންސް: ބޭންކުގެ އެންމެ ފަހުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތަޖުރިބާކޮށްލުން.
  • ހަރަކާތްތަކާއި ހަދިޔާ: ސްޓޯލްގައި ކުރިއަށްދާ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވެ، ހާއްސަ ހަދިޔާތައް ހޯދުމުގެ ފުރުސަތު.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox