ހުލާސާކޮށް އިއްޔެ:ބީއެމްއެލްގެ ޑޮލަރު ލިމިޓާއި ޓީޓީ ހެދުމުގެ ދަތިކަމަށް އެންމެ ފަހުން އަމިއްލަ އަށް އެއްބަސްވުން

Sep 13, 2026, 6:02 AM
"ޗެޓް ވިތު ސީއީއޯ" ގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ --- ފޮޓޯ: ބީއެމްއެލް

"ޗެޓް ވިތު ސީއީއޯ" ގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، ރާއްޖެއިން ބޭރުން މުދަލަށް ފައިސާ ދެއްކުމަށް ހަދާ ޓީޓީތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެ ބޭންކުން ވަނީ ހާމަކޮށްފަ އެވެ. ބޭންކުން ބުނި ގޮތުގައި ބޭރު ފައިސާގެ ތާށިކަން ހުރުމުން، ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ.

ޑޮލަރުގެ ތާށިކަން ބޮޑުވެ ޓީޓީ ހަދަން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ބީއެމްއެލް އިން ހާމަކޮށްފި

"އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފަ،" ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން، ބީއެމްއެލްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް ސައިޓުތަކުން ކުރެވޭ މުއާމަލާތްތަކަށް މަހަކު 16 މިލިއަން ޑޮލަރުގެ ޖުމްލަ ލިމިޓެއް ވަނީ ކަނޑައަޅާފައެވެ. މި ނިންމުމާއެކު، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ މިންވަރުވެސް ބޭންކުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ބޮޑެތި ހިފެހެއްޓުންތަކާއެކު ބީއެމްއެލްއިން އީ-ކޮމާސް ސައިޓުތަކަށް މަހަކު 16 މިލިއަން ޑޮލަރުގެ ލިމިޓެއް

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ ޖުމްލަ އަދަދު މަހަކު 16 މިލިއަން ޑޮލަރަށް ލިމިޓްކޮށް، ވަކިވަކި ދާއިރާތަކުން ދުވާލަކު ކުރެވޭނެ މުއާމަލާތްތަކަށް ހިފެހެއްޓުންތަކެއް ވަނީ ކުރިމަތިކޮށްފައި. މި ބަދަލާއެކު ދަތުރުފަތުރާއި ހުރުމުގެ ހަރަދުތަކަށް ތިން މަހުން އެއްފަހަރު ތިން މުއާމަލާތް ކުރެވޭގޮތަށް ހަމަޖެއްސި.

ނުރައްކާތެރި ހާލަތެއްގައި އޮތް ބަލްކު ކެރިއާއެއް ރާއްޖެއާ ކައިރީގައި އުޅޭތާ ދެ މަސް

ނުރައްކާތެރި ހާލަތެއްގައި އޮތް "ޔުރޭނަސް 1" ނަމަކަށް ކިޔާ ބޮޑު ބަލްކު ކެރިއާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރީގައި އުޅޭތާ ދެ މަސް ވެފައިވާއިރު، ބޯޓުގެ ބައެއް ނައްޓައިގެން ގޮސްފައިވުމުން މާލެއަށް ބަނދަރުކުރުމުގެ ހުއްދައަށް ވަނީ އެދިފައެވެ. މި ބޯޓުގައި ހުރި މައުދަންތައް ކަނޑަށް އެޅިއްޖެ ނަމަ ރާއްޖޭގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އޮތްއިރު، މީގެ ކުރިންވެސް މިފަދަ ބޯޓުތަކެއް ރާއްޖެއަށް ވަގަށް ވަދެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ.

އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލް ކުރަން އަމިއްލަ ނަފުސުތަކުން ޖިހާދު ކުރަންޖެހޭ: މުިއއްޒު

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މުއިއްޒު ވިދާޅުވީ، ގައުމުގެ ސަލާމަތާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލަ ނަފްސުން ޖިހާދުކުރަން ޖެހޭ ކަމަށް. ބަވަނަވަމުންދާ ދުނިޔޭގައި އީމާންތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވާން އެމަނިކުފާނު ގޮވާލެއްވި.

މިސްކިތުގައި ނިދައި ބޮޑުކަމުދިޔަ މީހަކު ހައްޔަރުކޮށްފި

މަސްޖިދުލް ފުރްޤާންއަށް ވަދެ، އެ މިސްކިތުގައި ނިދައި ވުޟޫކުރާ ބަޔަށް ބޮޑުކަމުދިޔަ 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް ހިންގި މި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ

ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރަން ކަމަށް ބުނެ ސަރުކާރުން އިތުރު ކުންފުންޏެއް އުފައްދައިފި

ރާއްޖޭގައި ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމަށާއި، ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ހިންގުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް ވަނީ އުފައްދާފައި. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނީގެ ރައުސްމާލަކީ 100 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައި.

ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން އިހުމާލުވަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާ ގުޅިގެން، ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކުރި. އެ ޕާޓީން ގޮވާލާފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތަކާމެދު އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް.

ބިން ވިއްކާ މައްސަލައިގައި ލަފާ ދޭން ޖެހޭނީ އޭޖީ، އޭސީސީއަކަށް އެ ބާރެއް ނެތް: ޝަމީމް

ކުރީގެ ޕީޖީ ޝަމީމް ފާހަގަކުރެއްވި ވިދާޅުވީސަރުކާރުގެ އިދާރާތަކަށް ގާނޫނީ ލަފާ ދޭންޖެހޭނީ ބަންޑާރަ ނައިބު ކަމަށާއި، ބަންޑާރަ ބިމެއް އަމިއްލަ މީހަކަށް ވިއްކުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް. މި މައްސަަ

އައްޑޫގައި ފެންބޮޑުވެ ލިބުނު ގެއްލުމާއެކު އަށް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވުމާ ގުޅިގެން، އެ ގޭގައި އުޅޭ އަށް މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއި. މި ވިއްސާރައިގައި އައްޑޫގެ ގިނަ ގެތަކަކަށް ފެންވަދެ ގެއްލުންވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން.

ގައުމުތަކުން އެކަށީގެންވާ އެހީ ނުލިބެނީ ހާރިޖީ ގުޅުން ރަނގަޅަށް ނުދެމެހެއްޓޭތީ: އަމީތު

މި ސަރުކާރަށް ގައުމުތަކުން އެކަށީގެންވާ އެހީތެރިކަން ނުލިބެނީ ހާރިޖީ ގުޅުންތައް ރަނގަޅަށް ނުދެމެހެއްޓޭތީ ކަމަށް އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ނައިބު މުގައްރިރު އަމީތު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ދެ ސަރުކާރުގައި ޗައިނާ އާއި އިންޑިއާއާ އޮތް ގާތް ގުޅުމުގެ ސަބަބުން ބޮޑެތި މަޝްރޫއުތައް ހިންގުނު ކަމަށް.

ސުކޫކު ދެއްކިތާ ހަ މަސް ނުވަނީސް އޭރު ހުރި މިންވަރަށް ދަރަނި އުފުލެނީ

ސުކޫކުގެ ދަރަނި ދެއްކުމުން ދައުލަތުގެ ސެކިއުރިޓީސް ދަރަނި ކުޑަވި ނަމަވެސް، ހަ މަސް ނުވަނީސް އެ އަދަދު އަނެއްކާވެސް ވަނީ 100 ބިލިއަން ރުފިޔާއާ ގާތްކޮށްފަ. މި އިތުރުވުން މުޅިންހެން އައިސްފައިވަނީ ބަޖެޓު ފޫބެއްދުމަށްޓަކައި ރާއްޖޭގެ ބޭންކުތަކާއި ކުންފުނިތަކުން ނަގާފައިވާ އެތެރޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން.

ސިޔާސި ހުކުމެއްކޮށް ގޮނޑި ގެއްލުވާލިޔަސް ތިނަދޫގެ މޭޔަރުކަން ޕީއެންސީއަށް ނުލިބޭނެ: ސައުދު

ތިނަދޫ ސިޓީގެ އާބާދީ އޮޅުވާލި ކަމަށް ބުނެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކުރާ ދައުވާތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި. ސައުދު ވިދާޅުވީ އޭނާގެ ގޮނޑި ގެއްލުވާލަން މަސައްކަތް ކުރި ނަމަވެސް، ގާނޫނީ ގޮތުން ކުރިމަތިވާނެ މައްސަލަތަކުގެ ސަބަބުން ތިނަދޫގެ މޭޔަރުކަން ޕީއެންސީއަށް ނުލިބޭނެ ކަމަށް.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox