ސިޔާސި ހުކުމެއްކޮށް ގޮނޑި ގެއްލުވާލިޔަސް ތިނަދޫގެ މޭޔަރުކަން ޕީއެންސީއަށް ނުލިބޭނެ: ސައުދު

ތިނަދޫ މޭޔަރު ސައުދު އަލީ: އޭނާގެ ގޮނޑި ގެއްލުވާލިޔަސް އެ ގޮނޑި ޕީއެންސީއަށް ނުލިބޭނެ ކަމަށް ވިދާޅުވި

ތިނަދޫ މޭޔަރު ސައުދު އަލީ: އޭނާގެ ގޮނޑި ގެއްލުވާލިޔަސް އެ ގޮނޑި ޕީއެންސީއަށް ނުލިބޭނެ ކަމަށް ވިދާޅުވި

ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވިޔަސް، ތިނަދޫ މޭޔަރުގެ ގޮނޑި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ ރަށު ނޯޓު ޕްރޮގްރާމުގައި ސައުދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ހުކުމް ވާނީ ސިޔާސީ ހުކުމަކަށް ކަމަށެވެ. އަދި އެ ހުކުމުގެ ނަތީޖާއެއްގެ ގޮތުން ތިނަދޫއަށް ކައުންސިލެއް އިންތިހާބުކުރުމުގައި ބައި-އިލެކްޝަނެއް ބާއްވާ ގޮތާމެދުވެސް ގާނޫނީ ގޮތުން އެތައް މައްސަލަ ނުކުންނާނެ ކަމަށް ސައުދު ވިދާޅުވި އެވެ. 

"ނުލިބޭނެ [މޭޔަރުކަން ޕީއެންސީއަށް]. ވަރަށް ސަރީހަކޮށް މި ބުނަނީ ނުލިބޭނެ. އަދި ބައި-އިލެކްޝަން ބާއްވަން މާ ދުރު. ބައި-އިލެކްޝަންގެ ވާހަކަ ދެއްކޭނެ ޖާގައެއްވެސް ނެތް. ސަބަބަކީ ފުރަތަމަ ބައި-އިލެކްޝަނެއް ބޭއްވޭނީ އަޅުގަނޑު މައްޗަށް ސިޔާސީ ހުކުމެއް ކޮށްފައި ހުކުމް އެބޭފުޅުން ބޭނުންވާ ގޮތަކަށް ސިޔާސީ މަގުސަދު ހާސިލުކޮށްފައި އަދި ބައި-އިލެކްޝަން ބާއްވާ ކަމަށްވަންޏާ އެބޭފުޅުން އެބަ ގަބޫލުކުރޭ އަދި ތިނަދޫ ސިޓީގެ ގޮތުގައި،" ސައުދު ވިދާޅުވި އެވެ. 

Advertisement

"އެހެންވީމަ ބައި-އިލެކްޝަން ގޮތަށްތޯ، ސިޓީއަށްތޯ ނުވަތަ ރަށު އޮފީހަކަށްތޯ. ކޮންތަނަކަށްތޯ ބައި-އިލެކްޝަން ބާއްވާނީ. ގާނޫނީ އެތައް މައްސަލައެއް ކުރިމަތިވާނެ."

ސައުދު ވިދާޅުވީ އާބާދީ އޮޅުވާލި މައްސަލައިގައި ދެ ސަރުކާރުން އަމަލުކުރި ގޮތަށް ބަލާއިރު އޭނާ އެކަނި ކުށްވެރިކޮށް، އެހެން ބަޔަކު ކުށްވެރި ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. 

މި ދައުވާއަކީ އޭނާގެ މައްޗަށް ކުރެވޭ ސިޔާސީ ދައުވާއެއްކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ދައުވާ ކުރަނީ ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރުންނާއި ސަރުކާރުން މަސައްކަތްކޮށްގެންވެސް ޕީއެންސީއަށް ތިނަދޫގެ މޭޔަރު ގޮނޑި ނުލިބުމުން އެކަން ހަޖަމު ނުވެގެން ކަމަށެވެ. 

ތިނަދޫ ސިޓީގެ އާބާދީ އޮޅުވައިލިކަމަށް ބުނާ މައްސަލައިގައި މޭޔަރު ސައުދުއަށް ދައުވާކޮށްފި

އޭނާގެ މައްޗަށް ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާއެވެ. ނަމަވެސް ސައުދު ވަނީ މިއީ ސިޔާސީ ނުފޫޒުން އޭނާ މަގާމުން ދުރުކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ސައުދުގެ މައްޗަށް ދައުވާ އުފުލީ ސައްހަ ނޫން ލިސްޓެއް ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ހިއްސާކޮށް، ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. ސައުދުގެ މައްޗަށް އެ ދެ މައްސަލަ ސާބިތުވެއްޖެ ނަމަ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕީޖީ އޮފީހުން ބުނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022 ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށާވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާކަމަށް ޕީޖީން ބުންޏެވެ. 

އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، އޯގަސްޓު 13، 2023 ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ. 

މީގެއިތުރުން ތިނަދޫގެ އާބާދީ ސައުދު އޮޅުވައިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި، އެ ރަށުގެ އާބާދީއާ ގުޅޭގޮތުން އިދާރާތަކަށް ފޮނުވި ލިސްޓު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން، އެ ލިސްޓު ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ މައުލޫމާތު ރިކޯޑު ކުރެވިފައި ނެތްކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދާފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

 ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރި އެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox