ޑޮލަރުގެ ތާށިކަން ބޮޑުވެ ޓީޓީ ހަދަން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ބީއެމްއެލް އިން ހާމަކޮށްފި

ބީއެމްއެލްގެ ހިދުމަތެއް މީހަކު ބޭނުން ކުރަނީ: ޑޮލަރު ލިބުން ދަތިވެއްޖެ ކަމަށް ބީއެމްއެލް އިން ވަނީ އެއްބަސްވެފައި -- ފޮޓޯ: އަދަދު ފައިލް

ބީއެމްއެލްގެ ހިދުމަތެއް މީހަކު ބޭނުން ކުރަނީ: ޑޮލަރު ލިބުން ދަތިވެއްޖެ ކަމަށް ބީއެމްއެލް އިން ވަނީ އެއްބަސްވެފައި -- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރާއްޖެއިން ބޭރުން އެތެރެ ކުރާ މުދަލަށް ޓީޓީ ހަދަން ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. 

ބޭންކުން ވަނީ ރާއްޖެއިން ބޭރުގެ އީ-ކޮމާސް ސައިޓުތަކުން ވިޔަފާރި ކުރެވޭނެ މިންވަރުގެ އާ ލިމިޓެއް މިއަދު ކަނޑައަޅައިފަ އެވެ. އެއީ މުޅި ގައުމަށް މަހަކު އެންމެ 16 މިލިއަން ޑޮލަރެވެ. އެއާއެކު ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ ޑޮލަރު ނުލިބޭ ކަމަށް އެއްބަސްވެފަ އެވެ. 

"އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފަ،" ބީއެމްއެލް އިން ބުންޏެވެ. 

Advertisement

ބޭންކުން ބުނީ ޑޮލަރު ނުލިބޭތީ ޓީޓީގެ އިތުރުން އެހެނިހެން ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

"ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ހިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ،" ބީއެމްއެލް އިން ބުންޏެވެ.

ޑޮލަރުގެ ލިބުން ދަތިވެގެން 2024 ވަނަ ބީއެމްއެލް އިން ވަނީ ކާޑު ލިމިޓުތަކެއް ތައާރަފުކޮށްފަ އެވެ. ނަމަވެސް އެއީ ބޭންކުން ކުރަން އުޅުނު ބަގާވާތެއް ކަމަށް ބުނެ  ސަރުކާރުން މަޖުބޫރުކޮށްގެން އެ ބަދަލުތައް ހަމަ އެ ދުވަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ. 

ޑޮލަރުގެ ދަތިކަން އިންތިހާއަށް އިތުރުވެ، ބޭންކް އޮފް މޯލްޑިވްސް އިން އިތުރު ލިމިޓެއް މި ކަނޑައެޅީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދަން ސަރުކާރުން ސިޔާސަތަކަށްފަހު ސިޔާސަތެއް ތައާރަފު ކުރަމުންދަނިކޮށެވެ. 

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ވަނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރު ކުރަންޖެހޭ ގޮތަށް 2024 ވަނަ އަހަރު ހަދައިފަ އެވެ. އެވަރުން ވެސް ޑޮލަރުގެ މައްސަލަ ހައްލު ނުވެގެން، އާމްދަނީގެ 40 ޕަސެންޓު މާރު ކުރަންޖެހެ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. 

ރިސޯޓުތަކުން ބުނީ ލިބޭ އާމްދަނީގެ 10 ޕަސެންޓަށް ވުރެ އިތުރު އެއްޗެއް މާރު ކުރުމަކީ ވިޔަފާރި ކުރިއަށްގެންދެވޭނެ މޮޑެލެއް ނޫން ކަމަށެވެ. މުސާރަ އާއި ސާވިސް ޗާޖާއި ތެޔޮ ބިލާއި ލޮޖިސްޓިކްސް އާއި ގެސްޓް ޓްރާންސްޕާ އާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓު އަދި ލޯނަށް ރިސޯޓުތަކުން މިހާރު ވެސް ފައިސާ ދައްކަނީ ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox