ހުލާސާކޮށް އިއްޔެ: ބްރިޖަށް އުރުނު ބޯޓުތަކުގެ މައްސަލަ

Sep 12, 2026, 6:00 AM
ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓަކީ އެއްވެސް ހުއްދައަކާ ނުލައި ރާއްޖެއަށް ވަދެފައިވާ ދެ ބޯޓު ކަމަށާއި، އެ ބޯޓުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެކަން ސަރުކާރަށް މީގެ ދޮޅުމަސް ކުރިން އެނގޭކަން ވަނީ ހާމަވެފައެވެ. މި ބޯޓުތަކަކީ އޭޕްރިލް މަހުގެ ފަހުކޮޅު ރާއްޖެއަށް ވަތް ދެ ބޯޓު ނަމަވެސް، ސަލާމަތީ ބާރުތަކަށް މިކަން އެނގިފައިވަނީ އޭގެ ހަފުތާއެއް ފަހުންނެވެ.

ބްރިޖަށް އުރުނު ދެ ބޯޓުގެ ހާލަތާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަން ދޮޅުމަސްކުރިން ސަރުކާރަށް އެނގޭ

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ހުއްދަނެތި ރާއްޖެއަށް ވަދެފައިވާ، އަދި ނުރައްކަލެއް ދިމާވެދާނެތީ ތިލަފުށްޓަށް ބަދަލުކުރަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވާ ދެ ބޯޓެވެ. މި ބޯޓުތަކުގައި ނެވިގޭޝަން ލައިޓާއި ނަގިލި ފަދަ ވަސީލަތްތައް މަދުވުމުގެ ޝަކުވާ ލިބިފައިވާއިރު، ބޯޓުތައް ބަދަލުކުރުމުގެ ހުއްދަ އެޗްޑީސީން އޮތީ ޖުލައި މަހު ދީފައެވެ.

މި ދެ ބޯޓު ބްރިޖުގެ ތަނބުގައި ޖެހިފައިވަނީ ނަގިލި ކަހާލައިގެން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް މި ބޯޓުތަކުން ގަވާއިދާ ހިލާފަށް އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކުރިކަމުގެ ހެއްކެއް ނެތުމުން، މިހާތަނަށް އަޅާފައިވަނީ ހަމައެކަނި ޖޫރިމަނާގެ އަދަބެއް ކަމަށް މައުލޫމާތު ލިބެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓުން ރާއްޖެއަށް އެއްޗެއް އެތެރެކުރިކަމުގެ ހެއްކެއް ނެތް ކަމަށް ބުނެ ދިނީ ޖޫރިމަނާގެ އަދަބު އެކަނި

ހައިޓީގައި ރަޖިސްޓްރީކޮށްފައިވާ މި ދެ ބޯޓުން ކުރެ ކޮންމެ ބޯޓެއް 310,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވީ ނަމަވެސް، ކަނޑައެޅި މުއްދަތު ހަމަވިއިރުވެސް އެ ފައިސާ ދައްކާފައެއް ނުވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފައިވާ ގޮތުގައި، ބްރިޖަށް އުރުނު ދެ ތެޔޮ ޓޭންކަރަކީ ވަރަށް ބައުވެފައިވާ ދެ އުޅަނދު ކަމަށްވުމުން، އެ ދެ ބޯޓު މިހާރު ވަނީ ދިޔަވެ އަޑިއަށް ގޮސްފައެވެ. މި ހާދިސާ ހިނގާފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރުގައެވެ.

Advertisement

ބުރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ހިނގައްޖެ ކަމަށް ސިފައިން ބުނެފި

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ތެޔޮ އުފުލާ ދެ ބޯޓު، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ހިނގައްޖެއެވެ. މި ހާދިސާ ހިނގިއިރު އެ ބޯޓުތަކުގައި ތިބި ނުވަ މީހުން ސިފައިން ވަނީ ސަލާމަތްކޮށްފައެވެ. މި ދެ ބޯޓަކީ ބައުވެފައިވާ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަނުވާ ދެ އުޅަނދުކަން ފާހަގަކުރެވެއެވެ.

ކުޅިވަރުގެ ދާއިރާ

ބައްސާމް އަދީލް ޖަލީލަށް އުމުރުދުވަހުގެ ސަސްޕެންޝަނެއް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. މި ފިޔަވަޅު އެޅީ ކޮވިޑް-19 ގެ ދުވަސްވަރު އެފްއޭއެމްއަށް ލިބުނު ލޯނު ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރިކަން ސާބިތުވުމާ ގުޅިގެންނެވެ.

ފީފާ އިން ބަައްސާމް މުޅި އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން މުޅި އުމުރަށް ސަސްޕެންޑްކުރުމަށް ފީފާ އިން ވަނީ ނިންމާފައި. މީގެ އިތުރުން، އަދަބެއްގެ ގޮތުން އޭނާ 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ފީފާގެ އެތިކްސް ކޮމިޓީން ވަނީ ކަނޑައަޅާފައި

ދިވެހި ޕްރިމިއާ ލީގުގެ ފޯރި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނަ ގައްދޫ ޓީމަކީ ގޮތް ނޭނގޭ ޓީމެއް ކަމަށް ނިއުގެ ކޯޗު އަންދްރޭ ވަނީ ބުނެފައެވެ. މި ފަހަރުގެ ލީގުގައި އަތޮޅުތެރޭގެ ދެ ޓީމެއް ވާދަކުރާއިރު، ނިއުގެ އަމާޒަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށް ކޯޗު ފާހަގަކުރިއެވެ.

ގައްދޫގެ ގޮތެއް ނޭނގޭ، ނިއުގެ ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން: އަންދްރޭ

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގައްދޫއާ ދެކޮޅަށް ނުކުންނައިރު، އެއީ މައުލޫމާތު ލިބިފައިނުވާ ގޮތްނޭނގޭ ޓީމެއް ކަމަށާއި ނަމަވެސް ނިއު ރޭޑިއަންޓްގެ އަމާޒަކީ މޮޅަކާއެކު ލީގު ފެށުން ކަމަށް ކޯޗު އަންދްރޭ ބުނެފި. އަމިއްލަ ރަށުގައި ކުޅޭ ގައްދޫ ޓީމަކީ އުނދަގޫ ޗެލެންޖަކަށް ވިޔަސް، ނިއުއިން ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވާން ކަމަށް ވެސް އަންދްރޭ ބުނި

އިގްތިސާދީ އަދި އިޖުތިމާއީ ހަބަރުތައް

ޑޮލަރުގެ މުއާމަލާތްތަކަށް ހަރުކަށި އުސޫލުތަކެއް

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ބޭރު ފައިސާއިން ކުރާ ހަރަދުތަކުގެ ބަޖެޓު އެމްއެމްއޭއަށް ހުށަހަޅައި ހުއްދަ ހޯދަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ބަދަލާ ގުޅިގެން ރިސޯޓު އޯނަރުންނާއި މަޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބުކިންތައް ކެންސަލްކުރުން

ސަލަފު ޖަމިއްޔާގެ ދުއާތުންގެ މަޖިލިސް ބޭއްވުމަށްޓަކައި، އާންމު ރައްޔިތުން ކުޑަގިރިއަށް ދިއުމަށް ހަދާފައިވާ ބުކިންތައް ކެންސަލްކޮށްފައިވާކަން ވަނީ އެނގިފައެވެ. މިކަމާ ގުޅިގެން ސްކޫލް ބަންދާ ދިމާކޮށް އެ ރަށަށް ދާން ރޭވި ގިނަ ބައެއްގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ސަލަފުގެ ދުއާތުންގެ މަޖިލިސް ބާއްވަން ކުޑަގިރި ދިނީ ބުކިންތައް ކެންސަލް ކުރުމަށްފަހު

ޖަމްޢިއްޔަތުއްސަލަފުގެ "ދުޢާތުންގެ މަޖިލިސް" ބޭއްވުމަށްޓަކައި، ކުޑަގިރިއަށް ދިއުމަށް އާންމުން ހަދާފައިވާ ބުކިންތައް އެޗްޑީސީން ވަނީ ކެންސަލްކޮށްފައެވެ. ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު އެ ރަށަށް ދާން ރާވާފައި ވަނިކޮށް، މުޅި ރަށް ސަލަފަށް ދޫކޮށްލުމުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. 50 އަށްވުރެ ގިނަ އިލްމުވެރިން ބައިވެރިވާ މި މަޖިލިސް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ސިޔާސީ އަދި ބައިނަލްއަގުވާމީ

ޝަރުއީ ދާއިރާއަށް ކުރީގެ ރައީސް ޔާމީންގެ ފާޑުކިޔުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި އެއްގޮތްކަމެއް ނުހިފެހެއްޓޭ ކަމަށް ވިދާޅުވެ އެ ކޯޓަށް ފާޑުވިދާޅުވެފައެވެ. އެކި މައްސަލަތަކުގައި ތަފާތު ގޮތްގޮތަށް އަމަލުކުރާތީ ކޯޓުގެ އިތުބާރު ގެއްލޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިންމުންތަކުގައި އެއްގޮތްކަން ނުހިފެހެއްޓޭ ކަމަށް ވިދާޅުވެ ޔާމީން ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެއްޖެ

ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކުގައި އެއްގޮތްކަން ނުހިފެހެއްޓޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. އެކި މައްސަލަތަކުގައި ތަފާތު ގޮތްގޮތަށް އަމަލުކުރުމުގެ ސަބަބުން ކޯޓުގެ އިތުބާރު ގެއްލި، ސަރުކާރުގެ ނުފޫޒު އޮންނަކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވި.

ލަންކާގެ ހަރުކަށި ފާދިރީ ޖަލަށް

ސްރީލަންކާގެ ސުޕްރީމް ކޯޓުން ވަނީ ހަރުކަށި ފާދިރީ ޏާނަސާރާ އަށް ދީފައިވާ ރިޔާސީ އަފޫއާންމު ބާތިލުކޮށް، އޭނާ އަލުން ޖަލަށްލުމަށް އަމުރުކޮށްފައެވެ. މިއީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި އޭނާއަށް އިއްވާފައިވާ ހަ އަހަރުގެ ހުކުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

ލަންކާގެ ހަރުކަށި ފާދިރީއަށް ދިން ރިޔާސީ އަފޫއާންމު ބާތިލުކޮށް ޖަލަށްލާން އަމުރުކޮށްފި

ސްރީލަންކާގެ ހަރުކަށި ފާދިރީ ޏާނަސާރާއަށް ކުރީގެ ރައީސް ސިރިސޭނާ ދެއްވި ރިޔާސީ އަފޫއާންމު ބާތިލުކޮށް، އޭނާގެ ޖަލު ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރުނީ ކޯޓުގެ ހުރުމަތް ކެނޑުމާއި ނޫސްވެރިއެއްގެ އަނބިކަނބަލުންނަށް ބިރުދެއްކި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި 6 އަހަރުގެ ހުކުމް ތަންފީޒުކުރަން ފެށިތާ އަހަރެއް ނުވަނީސް މިނިވަންކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.

އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށި ދުވަސްވަރު

އާ ދިރާސާއަކުން ދައްކާ ގޮތުގައި އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ މީގެ 25،000 އަހަރު ކުރިންނެވެ. އިންޑޮނީޝިއާއިން ފެނުނު ކަށިތަކެއް ތަހުލީލުކޮށްގެން ހެދި މި ދިރާސާއިން އެނގޭ ގޮތުގައި އެ ދުވަސްވަރު މަސްތުވުމުގެ ބޭނުމުގައި ފޯއް ބޭނުންކޮށްފައިވެއެވެ.

ހުލާސާކޮށް އިއްޔެ: ޑޮލަރުގެ މުއާމަލާތްތަކަށް ހަރުކަށި އުސޫލުތަކެއް

ބޭރު ފައިސާ މާރުކުރުމުގެ އާ ގަވާއިދުގެ ދަށުން ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވުމުން ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާ ރިސޯޓުތަކުގެ އެއްބަސްވުން ބާތިލުކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާއިރު، ސިޔާސީ މަސްރަހުގައި ބަހުގެ ހަމަލާތަކާއި ޕާޓީތަކަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ވަނީ ހަލުވިވެފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox