އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލް ކުރަން އަމިއްލަ ނަފުސުތަކުން ޖިހާދު ކުރަންޖެހޭ: މުިއއްޒު

މުހައްމަދު މުއިއްޒު: އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލުކުރަން އަމިއްލަ ނަފްސުތަކުން ޖިހާދު ކުރަންޖެހެނީ މުޅި ގައުމުގެ ސަލާމަތަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލުކުރަން އަމިއްލަ ނަފްސުތަކުން ޖިހާދު ކުރަންޖެހެނީ މުޅި ގައުމުގެ ސަލާމަތަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މިހާރުގެ ހާލަތަށް ބެލުމުން ފެންނަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލް ކުރަން އަމިއްލަ ނަފުސުތަކުން ޖިހާދު ކުރަންޖެހިފައިވާ މަންޒަރު ކަމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އިސްލާމްވުމާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލުކުރަން އަމިއްލަ ނަފްސުތަކުން ޖިހާދު ކުރަންޖެހެނީ މުޅި ގައުމުގެ ސަލާމަތަށްޓަކައި ކަމަށާއި އެކަމަށް ތަސައްވަރެއް އެކުލަވާލައި ތަންފީޒުކުރަންވީ އަމަލީ ފިޔަވަޅުތައް އެކުލަވާލަން ޖެހޭ ކަމަށެވެ. 

"މުސްތަގުބަލުގެ އުދަރެހަށް ބެލީމާ ފެންނަނީ އަޅުގަނޑުމެން ހާސިލުކުރަންޖެހޭ މަގްސަދުތައް. އިސްލާމީ ޝަރީއަތުގެ މަގްސަދުތައް. އަޅުގަނޑުމެންނަށް ސިފަވަނީ އެކަމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުން ކުރަންހުރި ޖިހާދުތައް. އަޅުގަނޑުމެން ވާންހުރި މަތިވެރި ގުރުބާނީތައް. މުޅި ގައުމުގެ ސަލާމަތަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން އުފައްދަންވީ ތަސައްވަރުތައް،" މުއިއްޒު ވިދާޅުވި އެވެ. 

"ތަންފީޒުކުރަންވީ އަމަލީ ފިޔަވަޅުތައް. ބަވަނަވެފައިވާ ދުނިޔޭގެ އޮއެވަރުގެ ތެރެއިން އަޅުގަނޑުމެންގެ ޅަ ހިތްތަކާއި ލޯތަކަށް ހުށަހެޅެމުންދާ ހުށަހެޅުންތަކުން އީމާންތެރިކަމަށް އިއްވާ ބިރުވެރި ރަނގަބީލުތަކަށް ސަހަރޯވެ، ދޭންޖެހޭ ހާއްސަ ސަމާލުކަން."

މުއިއްޒު ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރާއިރު މާޒީއަށް ބެލުމުން ފެންނަނީ ގައުމަށް ލިބުނު ނަސީބު ކަމަށެވެ. ނަމަވެސް ހާލަތުގެ މަންޒަރަށް ބެލުމުން ފެންނަނީ އެކި ދިމަދިމާލުގައި ލަކުނުލައި ޒަހަމްވެފައިވާތައް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މިއަދު އަޅުގަނޑުމެން ފާޅުކުރަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ގޮތުގައި 900 އަހަރު ހޭދަކުރި އިއްޒަތްތެރި ޒިކުރާގެ އުފާ. އެހެންކަމުން މާޒީގެ ލޯގަނޑަށް ބެލީމާ ފެންނަނީ އަޅުގަނޑުމެންނަށް ލިބުނު ނަސީބު. އެކަމަކު ހާލަތުގެ މަންޒަރަށް ބެލީމަ ފެންނަނީ ބައެއް ދިމަދިމާގައި ލަކުނުލައި ޒަހަމްތައް އުފެދިފައިވާތަން،" މުއިއްޒު ވިދާޅުވި އެވެ. 

މި ގައުމު ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ދަމަހައްޓަންޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ދިވެހި ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރަން ނަސޭހަތްތެރިވާ ކަމަށެވެ. 

އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގައި މަރުގެ އަދަބު ދިނުމާ ގުޅޭ ގޮތުން ނިމިދިޔަ މަޖިލީހުގެ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އެ ބިލު މަޖިލީހަށް ހުށަހެޅިފައެއް ނުވެ އެވެ. 

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް އަނެއްކާ ވެސް ރައީސް ވިދާޅުވެއްޖެ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ގެނައުމަށް ބަންޑާރަނައިބުގެ އޮފީހުން ބިލެއް ތައްޔާރުކުރަމުންދާ ކަމަށާއި އެ ބިލު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި ހުށަހަޅާނެ ކަމަށް.

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިދިޔަ މެއި މަހު ވިދާޅުވީ މި އަހަރުގެ ދެވަނަ ދައުރުގައި މަރުގެ އަދަބު ދިނުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި އެ ބިލުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ދީނީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ބަލަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. 

މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ އޮޕްޝަނެއް ނޫންކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ކޯޓުތަކުން ކުރާ ކޮންމެ ހުކުމެއްވެސް ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގަވާއިދުގެ ތެެރެއިން މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ގާނޫނެއްގެ ދަށުން އެކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox