ބިން ވިއްކާ މައްސަލައިގައި ލަފާ ދޭން ޖެހޭނީ އޭޖީ، އޭސީސީއަކަށް އެ ބާރެއް ނެތް: ޝަމީމް

ކުރީގެ ޕްރޮސިކިއުޓޭ ޖެނެރަލް ހުސެއިން ޝަމީމް: ބަންޑާރަ ބިމެއް ނުވިއްކޭނެ ކަމަށް ޝަމީމް ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ޕްރޮސިކިއުޓޭ ޖެނެރަލް ހުސެއިން ޝަމީމް: ބަންޑާރަ ބިމެއް ނުވިއްކޭނެ ކަމަށް ޝަމީމް ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭގެ ފޭސް 2 އިން އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް 1،250 އަކަފޫޓުގެ ބިމެއް ވިއްކުމަށް ސަރުކާރުން ނިންމި މައްސަލައިގައި، އެކަން ކޮށްފައިވަނީ އުސޫލުތަކާ އެއްގޮތަށްތޯ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ނިންމި ނިންމުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ފާޑުވިދާޅުވެއްޖެ އެވެ.

ޝަމީމް ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް ގާނޫނީ ލަފާ ދިނުމަކީ އޭސީސީގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެފަދަ ލަފައެއް ދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ވެސް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވާ އާޓިކަލެއްގައި ލިޔުއްވާފައިވާ ގޮތުގައި، ދައުލަތުގެ އިދާރާތަކަށް ދިމާވާ ގާނޫނީ މައްސަލަތަކުގައި ލަފާ ދޭންޖެހޭނީ ބަންޑާރަ ނައިބު (އޭޖީ) އެވެ. އަދި، އޭސީސީއަކީ ސަރުކާރުގެ އިދާރާތަކަށް ވަކިވަކި މައްސަލަތަކުގައި ލަފާދީ ހެދުމުގެ އިހުތިސާސް ތަނެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ އޭސީސީގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނާ ލަފާ ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި ކުރާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދޭ އާންމު ލަފައެއް ކަމަށެވެ. ވަކިވަކި މައްސަލަތަކުގައި އޭސީސީން ލަފާދޭން ފަށައިފި ނަމަ، އެ ކޮމިޝަނަކީ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ވަދެފައިވާ ތަނަކަށް ވެ، ފާރަވެރިވުމުގެ ސިފަ ގެއްލިގެންދާނެ ކަމަށް ވެސް އޭނާ އިންޒާރު ދެއްވި އެވެ.

މީގެ އިތުރުން، ބަންޑާރަ ބިމެއް އަމިއްލަ މީހަކަށް "ވިއްކުމަކީ" ރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ. ބިމެއް ވިއްކޭނީ އެ ބިމަކީ އަމިއްލަ ބިމަކަށް ހެދުމަށް ފަހު ކަމަށާއި، ބަންޑާރަ ބިމެއްގެ ގޮތުގައި އޮއްވައި އެ ބިން ވިއްކުމަށް ނިންމުމަކީ ޤާނޫނާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަހުމަދު ޒާހިރަށް 2003 ވަނަ އަހަރު ގޯއްޗެއް ވިއްކަން ނިންމާފައި އޮތީ އޭރުގެ ހައުސިން ބޯޑުގެ އަމިއްލަ ބިމަކުން ކަމަށް ވިޔަސް، މިހާރު ވިއްކަން އުޅެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ބަންޑާރަ ބިމެއް ކަމަށް މިނިސްޓްރީގެ ބަޔާނުން އެނގެން އޮތް ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

ސަރުކާރުން މި މައްސަލައިގައި ނެރުނު ނޫސްބަޔާން ހަމައެކަނި ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައި އޮތުމަކީ ވެސް ޝަމީމްގެ ކަންބޮޑުވުމެއް އޮތް ކަމެކެވެ. ދައުލަތުގެ ރަސްމީ މުއާމަލާތްތައް ހުންނަންވާނީ ސަރުކާރުގެ އަމިއްލަ ވެބްސައިޓުތަކުގައި ކަމަށާއި، އަމިއްލަ ވިޔަފާރި ޕްލެޓްފޯމްތަކަށް ބަރޯސާވުމަކީ ގައުމީ ސަލާމަތާއި އާކައިވްކުރުމުގެ ނަޒަރަކުން ބެލިޔަސް ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ސުވާލު އުފެއްދެވީ، 23 އަހަރުވީ މި މައްސަލަ މިހާ ދުވަސްވީއިރު ވެސް ތަންފީޒު ނުވެ އޮތް ސަބަބާ މެދުގަ އެވެ. އަހުމަދު ޒާހިރަށް އޭނާގެ ހައްގު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އެކަން ކުރަންވާނީ އިދާރީ އަދި ގާނޫނީ މައްސަލަތައް ދިމާނުވާނެ ފަދަ "ފޭރާން ހެޔޮ" ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ސުވާލު އުފެދޭ ގޮތަކަށް މިކަން ކޮށްފިނަމަ، ފަހުން އެކަމުގެ ގެއްލުން އަނެއްކާވެސް ލިބޭނީ އެ ރައްޔިތަކަށް ކަމަށް ޝަމީމް ފާހަގަކުރެއްވި އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ވިސްލްބްލޮވަރު، ހަސަން ކުރުސީ އެކައުންޓުން މިކަން ފަޅާއަރުވާލައި، އެކަމާ އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވީ ފަހުން މި ގޮތަށް ހައުސިން މިނިސްޓްރީން އެއްވެސް މީހަކަށް ގޯއްޗެއް ނުވިއްކާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ފަދަ މައްސަލަތަކުގައި ގޮތް ނިންމާނީ އޭޖީ އޮފީހުގައި އޮންނަ ސިވިލް ރައިޓްސް އޮފީހުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މި ގޮތަށް ކަން ނުކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން ވަނީ މި މުއާމަލާތް ކުރިއަށް ގެންދަން ނިންމާފަ އެވެ. އަދި، މި ކަމުގައި ލަފައަކަށް އެދިފައިވާ އޭސީސީން މި މުއާމަލާތް ހުއްޓުވާކަށް ނާންގާ ކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox