ތަފާތު ރޯލަކުން ވިޔަސް މޮޑްރިޗް ބުނީ އަދި ރެއާލުން ފެނިދާނެ ކަމަށް

Sep 3, 2026, 3:09 PM
މި ސީޒަނުގައި މިލާންގެ މެޗެއްގެ ތެރެއިން މޮޑްރިޗް.

މި ސީޒަނުގައި މިލާންގެ މެޗެއްގެ ތެރެއިން މޮޑްރިޗް.

މިލާން (ސެޕްޓެމްބަރު 3) - ތަފާތު ރޯލަކުން ވިޔަސް ރެއާލް މެޑްރިޑުން އަދި އޭނާ ފެނިދާނެ ކަމަށް އެ ޓީމަށް ކުރިން ކުޅުނު މިހާރު އޭސީ މިލާންގައި ހުރި ތަޖުރިބާކާރު މިޑްފީލްޑަރު، ލޫކަ މޮޑްރިޗް ބުނެފި އެވެ. 

ރެއާލް މެޑްރިޑަށް 13 އަހަރު ކުޅުމަށް ފަހު މޮޑްރިޗް އެ ޓީމު ދޫކޮށްލީ، މިދިޔަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު ފަހު މެޗަށް ފަހު އެވެ. މިލާނާ އެކު، އެންމެ ފުރަތަމަ، އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި، މޮޑްރިޗް ވަނީ، މި ސީޒަނުގެ ނިޔަލަށް އަނެއްކާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. 

އަންނަ ހަފްތާގައި އުމުރުން 41 އަހަރު ފުރޭ މޮޑްރިޗް ހުރީ، ރުބެން އަމޮރިމްގެ ކޯޗުކަމުގައި، މިލާނާ އެކު މި ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އަމާޒުގަ އެވެ. 

Advertisement

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، 2012 ވަނަ އަހަރު ރެއާލަށް ބަދަލުވި މޮޑްރިޗް އެ ޓީމާ އެކު، 28 ތަށި ހޯދި އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ހަ ފަހަރާއި ސްޕެނިޝް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެ އެެވެ. ރެއާލަށް ކުޅެދިން، 597 މެޗުން އެ ޓީމަށް 43 ލަނޑު ޖަހައިދިނެވެ.

ރެއާލަށް މޮޑްރިޗް ގެންދިޔައީ، މިހާރު އެ ޓީމާ ހަވާލުވެ ހުރި ކޯޗު ހޯސޭ މޮރީނިއޯ އެވެ. މޮޑްރިޗް ގާތުގައި އަލުން ރެއާލަށް ދިއުމުގެ ވިސްނުމެއް ގެންގުޅޭތޯ ސްޕެއިނުގެ މާކާ އިން ކުރި ސުވާލަށް ދިން ޖަވާބުގައި ބުނެފައިވަނީ، ރެއާލަކީ އޭނާގެ ގެޔެއް ފަދަ ތަނެއް ކަމަށެވެ. 

"އަހަރެން ވަރަށް ބޭނުން އެނބުރި ދާން. އެކަން ސިއްރުކުރާކަށެއް ވެސް ނެތިން. މެޑްރިޑަކީ އަހަރެންގެ ގެ. ކޮންމެ ވެސް ދުވަހަކުން ދާނަން. ދެން، މީގެ ބަލަން ޖެހޭނީ ކިހިނެއްތޯ ނޫނީ ކޮން ރޯލެއްގައި ތޯ އަހަރެން ފެންނާނީ. ހަމައެކަނި ނަމެއްގައި އެނބުރި ދާން ބޭނުމެއް ނޫން، އަހަރެން އަަބަދުވެސް ވަގުތުގެ ބޭނުންކުރާނީ، ބޭނުމެއްހިފޭނެ ގޮތަކަށް، ބަޔަކަށް އެހީވުމަށް. އެ ގޮތުން، ރެއާލަށް ވެސް އަހަރެން އެހީވާން ބޭނުން،" މޮޑްރިޗް ބުންޏެވެ. 

ކްރޮއޭޝިއާ ގައުމީ ޓީމާ އެކު، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ކުޅެފައިވާ މޮޑްރިޗް ބުނީ، ފުޓްބޯޅައިން ރިޓަޔާކުރުމުގެ ކުރިން އަދި އެއް ސީޒަން ވަރު ކުޅެވޭނެ ކަމަށެވެ. އަދި، އެއީ އޭސީ މިލާންގައި ތޯ ނޫނީ އެހެން ކްލަބެއްގައި ތޯ ނިންމަން އަދި އަވަސް ކަމަށް މޮޑްރިޗް ވަނީ ބުނެފަ އެވެ. 

ރެއާލަށް އެނބުރި ދާނީ ކުޅުންތެރިއެއްގެ ގޮތުގައި ނޫން ކަމަށާއި އެ ކްލަބްގައި ދެން އޭނާ އަށް ޒިންމާ އަކަށްވާނީ ދަނޑުބޭރުން އަދާކުރާ ރޯލެއްގެ ވަޒީފާ ކަމަށް މޮޑްރިޗް ވަނީ ބުނެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox