ދެހާސް އަހަރުވީ ބާލީ ޔާތުރާ: އޮޑިއާގެ ވިޔަފާރިވެރީންނާއި ދިވެހި އޮޑިފަހަރު އެއް މޫސުމެއް ހިއްސާކުރި ގޮތް

ބާލީ ޔާތުރާގެ ކަނޑުދަތުރުފަތުރުގެ ސަގާފަތަށް 2،000 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު ޑިސެމްބަރު ހަނދު ފުރިހަމަވާ ރެއާއި ދިމާކޮށް ފާހަގަކުރާ މި އީދަކީ، މީލާދީ ފުރަތަމަ ގަރުނުތަކުގެ ތެރޭގައި ބާލީ، ޖާވާ، ސުމަތުރާ އަދި ބޯނިއޯއާ ދިމާއަށް ދަތުރުކުރި ކަލިންގާގެ ކަނޑުދަތުރުވެރިންގެ ދިރިހުރި ހަނދާނެކެވެ. އަދި ހަމަ އެ މޫސުމީ ވައިގައި، ކަނޑުގެ މެދުގައިވާ އަތޮޅުތަކާއި ބެންގާލް ކަނޑުއޮޅީގެ ހަނޑުލުގެ ބަނދަރުތައް އެއް ވިޔަފާރި ދައުރެއްގެ ގޮތުގައި ބޭނުންކުރި ކަމުގެ ހެއްކެކެވެ.

 ކަލިންގާގެ ދަތުރުތަކާއި، ދިވެހި އޮޑިފަހަރުގެ ގާފިލާތަކާއި، ބޮލީގެ ވިޔަފާރި މަގު އެކުވެގެން މި ދައުރު އުފެއްދިއެވެ. ގަދީމީ ދިވެހިރާއްޖޭގެ، ހާއްސަކޮށް ހުވަދު އަތޮޅާއި އައްޑޫގެ ދުރު ދަތުރުކުރާ އޮޑިފަހަރާއި، ބަންގާޅުގައި މޫސުން ހޭދަކުރި "ބަންގާޅު އޮޑި" ތަކާއި، ބާލީއަށް ފުރި އޮޑިއާގެ ސަދަބާއިން (ވިޔަފާރިވެރިން) އަކީ އިންޑިއާ ކަނޑުގެ ވިޔަފާރީގެ ވިއުގައިގައި އެކަތިގަނޑަކަށް ގުޅިފައިވާ ބައެކެވެ. މޫސުމީ ވައިރޯޅިތަކާއި، ފަޅުތަކުގައި ބަނދަރުކުރުމާއި، ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔާއި، ލަކުޑި އޮޑިފަހަރުން ކަލިންގާގެ ބަނދަރުތައް މި އަތޮޅުތަކާ ގުޅުވައިލި އެވެ. އަދި އެ އަތޮޅުތައް މެދުވެރިކޮށް ބާލީ، ޖާވާ، ބަންގާޅު އަދި އެއަށްވުރެ ދުރުގެ އައްސޭރިތަކާ ވެސް ގުޅުވައިލި އެވެ. ބާލީ ޔާތުރާއިން މިއަދުވެސް ރަމްޒުކޮށްދެނީ އިރުމައްޗަށް ކުރި ދަތުރުތަކުގެ ފެށުމެވެ. ދިވެހި އޮޑިފަހަރުގެ ތާރީހީ ހަނދާންތަކުން ދައްކައިދެނީ ބަންގާޅާ ދިމާއަށް ދަތުރުކުރި ހަމަ އެ މޫސުމެވެ. އާއިލީ ސަގާފަތުން މީގެ ތިންވަނަ ނިޝާނެއް އިތުރުކޮށްދެއެވެ. އެއީ ރާއްޖޭގެ ރަސްކަމުގެ ގަނޑުވަރުގެ ތެރޭގައި ހަނދާން އާކުރެވޭ ގަންޖާމްގެ އަންހެން ބޭކަނބަލެކެވެ.

 ބާލީ ޔާތުރާ އަދި ކަލިންގާގެ ކަނޑުދަތުރުތައް 

ބާލީ ޔާތުރާއިން ހަނދާން އާކޮށްދެނީ ދެހާހަށް ވުރެ ގިނަ އަހަރުވީ ކަނޑުދަތުރުފަތުރުގެ މުއްސަނދި ތާރީހެކެވެ. ގަދީމީ ކަލިންގާގެ ވިޔަފާރިވެރިންނާއި ކަނޑުދަތުރުވެރިން ބާލީ، ޖާވާ، ސުމަތުރާ އަދި ބޯނިއޯއަށް ދަތުރުކުރިއެވެ. ނޮވެމްބަރު ޑިސެމްބަރު ހަދުފުރިހަމަވާ ރެއާއި ދިމާކޮށް  ކެޔޮފަތު، ފަންވަތު ، ކަރުދާހު ކުދި ދޯނި ފެނުގައި އޮޔާ ދޫކުރުމަކީ ތާރީހާ ވަކިވެފައިވާ ކުޑަކުދިންގެ ކުޅިވަރެއް ނޫނެވެ. މިއީ އެ ދަތުރުތަކަކީ މާ ބޮޑު ކަނޑުގެ ދުނިޔެއެއްގެ އެއް ގޮފިކަން ހަނދާންކޮށްދޭ އަހަރީ ރަމްޒެކެވެ. އެ ދުނިޔޭގައި އޮޑިއާގެ އޮޑި ވިޔަފާރިވެރިން، ހުވަދޫ އަދި އައްޑޫގެ ފަޅުވެރިންނާއި، ކަނޑުގެ މެދުގައިވާ އަތޮޅުތަކުގެ ބޮލީގެ ވިޔަފާރި ދައުރުވަމުން ދިޔައީ އެއް ކަލަންޑަރެއްގެ މައްޗަށެވެ. 

 ފުރިހަމަ ހަނދުވަރުގެ ރޭ، އިރުވައި މޫސުމުގެ ވައިރޯޅިތައް ދަތުރަށް ތަންދިނުމުން، ވިޔަފާރިވެރިން ޕަލޫރު (ޓޮލެމީގެ ޕަލައުރާ)،  އިރުވައި މޫސުމުގެ ދޫނިތަކާ އެކު  ބަލަސޯރުން ފުރައިގެންދެ އެވެ. އެމީހުންގެ ބޮޑެތި ލަކުޑި ނައުފަހަރު ބޭނުންކުރީ ދެ މަގެކެވެ. އެއް މަގަކީ އިންޑިއާގެ އައްސޭރިން ދެކުނަށް ސިލޯނާ (ސްރީލަންކާ) ދިމާއަށް ގޮސް، ނިކޮބާރް ހުރަސްކޮށް މަލަކާ ކަނޑުއޮޅިން ސުމަތުރާ، ޖާވާ އަދި ބާލީއާ ދިމާއަށް ދިޔަ މަގެވެ. އަނެއް މަގަކީ ބެންގާލް-ބަރުމާ އައްސޭރިން އަންޒަމާނުކަރަ ކަނޑު ހުރަސްކޮށް، "ސުވަރްނަދީޕަ" (ރަން ރަށްތައް) ގެ ނަމުން މަޝްހޫރުވި ހަމަ އެ ރަށްތަކަށް ދިޔަ މަގެވެ.

އެނބުރި އައުމުގައި ބޭނުންކުރީ މޫސުން ބަދަލުވެ ހުޅަނގު މޫސުމަށް އެނބުރޭ ވައިރޯޅިތަކާއި، "ޓެން ޑިގްރީ ޗެނަލް" ހުރަސްކޮށް ހުޅަނގަށް ދެމޭ އޮއިވަރެވެ. މި ދެކޮޅު ދަތުރަށް ގިނަފަހަރަށް އަހަރެއްހާ ދުވަސް ނަގައެވެ. އެއީ ދަތުރުކުރުމުގައި ހޭދަވާ މަސްތަކާއި، ވިޔަފާރިކުރުމުގައި ހޭދަވާ ހަފުތާތަކާއި މަސްތަކެވެ.

މި ދަތުރުތަކުގައި ފޮނުވި މުދަލުގެ ތެރޭގައި ކަފަ،  ބިއްލޫރި، އަސް، އެތުދަތް، އަދި އަގުބޮޑު ހިލަ ހިމެނެ އެވެ. އެނބުރި ގެންނަނީ ފަށުވި، ކާފޫރު، ކަރަންފޫ، އަދި އެހެނިހެން މީރުވަސްދުވާ އެއްޗެހިތަކެވެ. މުދަލާއެކު ސަގާފަތްވެސް ދަތުރުކުރި އެވެ. އިންޑޮނޭޝިއާ އަދި އިރުދެކުނު އޭޝިއާގެ ބައްރުތަކުގައި އަކުރުތަކާއި، ފައްޅިތަކުގެ ބިނާރުތަކާއި، ބުދުދީނާއި ހިންދޫދީން އަށަގަތެވެ. ބާލީގެ ބައެއް ދަރިކޮޅުތައް އެމީހުންގެ ކާބަފައިން ކަލިންގާއާ ގުޅުވަ އެވެ. ސާދަވަނަ ގަރުނުގެ ބާލީން އޮޑިއާ ބަހުގެ ކަނޑައިނަގާފައިވާ ލިޔުމެއް ފެނިފައިވެ އެވެ. މަނިކްޕަޓްނާ އޮޑިއްސާ އަދި އުތުރުއިރުމަތީ ބާލީގެ ސެމްބިރާނުން ރޫލެޓްކުރި ތަށިމުށީގެ ތަކެއްޗާއި، ޚަރޯޝްތީ ކުރެހުންތަކާއި، ޓެރަކޮޓާ އެސްފިޔަތައް ފެނިފައިވެ އެވެ. މޫސުމީ ބޯޓާއި ބައްތީގެ އަޅުކަމުގެ ރަސްމިއްޔާތުތައް މިއަދުވެސް ބާލީގައާއި ތައިލެންޑުގެ "ލޯއީ ކްރަތޮންގް" ގައި ދެމިއޮތެވެ. ކާލިދާސާ ވަނީ ކަލިންގާގެ ރަސްގެފާނަށް "މަހޯދަދިޕަތި" (ކަނޑުތަކުގެ ވެރިޔާ) ގެ ނަމުން މުހާތަބުކޮށްފަ އެވެ.

ބްރަހްމާންޑަ ޕުރާނާގައި ޗިލިކާ ސިފަކޮށްފައިވަނީ ޖާވާ، ބާލީ، މަލާޔާ އަދި ޗައިނާގެ އުޅަނދުފަހަރުގެ ބަނދަރެއްގެ ގޮތުގައެވެ. ބެންގާލް ކަނޑުއޮޅި ބައެއް ފަހަރު ކަލިންގާ ކަނޑުގެ ގޮތުގައިވެސް ހަނދާންކުރެވެ އެވެ.  އޮޑިތަކަށް ފެނާއި ކާބޯތަކެއްޗާ ނުލައި އެ ކަނޑެއް ހުރަހެއް ނުކުރެވެއެވެ. ނިކޮބާރް، ނައްކަވާރު،   ސްރީލަންކާ، އަދި ފަހުން ދިވެހިރާއްޖެ ވެގެންދިޔައީ އެ ދިގު ދައުރުގެ ގުދުރަތީ ބަދަހި ގުޅުމަށެވެ.

ކަނޑުގެ މެދުގައިވާ މައި ބަދަހި ބޮޅެއްގެ ގޮތުގައި ދިވެހިރާއްޖެ

ރާއްޖޭގެ އަތޮޅުތަކުން ފަޅުތަކުގެ ހިމާޔަތާއި، ރިޔަލާއި އޮޑިދޯނިފަހަރު ބަނުމަށާއި އިހުރި ކުރުމަށް ބޭނުންވާ ރޯނާއި، ހިކިކަނޑުމަހާއި، މާވަހަރާއި، އަދި ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި ލިބެން ހުއްޓެވެ. ކަލިންގާ އަދި އޭގެފަހުން އޮޑިއާގެ ކަނޑުދަތުރުވެރިން ރާއްޖޭގެ ރަށްތައް ބޭނުންކުރީ އުޅަނދުތައް މަރާމާތުކުރުމަށާއި، ކާބޯތަކެތި ހޯދުމަށާއި، އިތުރު މުދާ ބަރުކުރުމަށެވެ. ރާއްޖެއިން ފެނިފައިވާ އިންޑިއާގެ މަށިތަށިތަކާއި، އޮޑިއާގެ "ބޮއިތާ" އާއި ދިވެހި "އޮޑި" އާ ދެމެދު ހުރި އެއްގޮތްކަންކަމަކީ ހަމައެކަނި ނައުފަހަރު ފަރަށް އަރައިގެން ގޮސްގެން ހިނގި ކަންކަމެއް ނޫން ކަމާއި، މިއީ ގަވާއިދުން އޮތް ގުޅުމެއްކަން ސާބިތުކޮށްދޭ ހެކިތަކެކެވެ. އަލްބީރޫނީ ވަނީ ރާއްޖެ އާއި ލަކްޝަދީޕާ ދެމެދު ބޮލީގެ ރަށްތައް ކަމުގައިވާ "ދީވާ ކުދާ" އާއި، ރޯނުގެ ރަށްތައް ކަމުގައިވާ "ދީވާ ކަންބާރު" ވަކިކޮށް ބަޔާންކޮށްފަ އެވެ. 1340ގެ އަހަރުތަކުގައި ރާއްޖޭގައި ގާތްގަނޑަކަށް 18 މަސްދުވަސް ހޭދަކުރެއްވި އިބްނު ބަތޫތާވެސް ދެކެވަޑައިގަތީ މި މުއާމަލާތެވެ. ރާއްޖޭގައި އެއްވެސް ގޮވާމެއް ނުހެދެއެވެ. ބަންގާޅުގައި ހަނޑޫ ހުރީ ބޭނުންވާ ވަރަށްވުރެ އިތުރަށެވެ.

 ބޮލި: އަތޮޅުތައް އޮޑިޝާއާއި ބަންގާޅާ ގުޅުވައިދިން ފައިސާ

 އެއްހާހަށް ވުރެ ގިނަ އަހަރު ވަންދެން ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ފައިސާ ބޮލީގެ (Monetaria moneta) އެންމެ ބޮޑު ހަޒާނާއެވެ. ރަށްރަށުގެ މީހުން ފަޅުތެރޭގައި ފަންވަތްތައް ބޮނޑިބޮނޑިއަށް އެޅިއެވެ. ބޮލިތައް  ފަންތަކުގެ މައްޗަށް އެރުމުން، އެއްގަމަށް ދަމައި ނަގައި، މަސްގަނޑު ކުނިވެ ހުސްވެ  ބޮލިތައް ދޮވެ، ވަކިކޮށް، ފޮތިން އެތެރެ ލައްވާފައިވާ 12،000 ބޮލީގެ މިންގަނޑު ކޮއްޓާތަކުގައި ބަންދުކުރެއެވެ. މަޝްހޫރު ވިޔަފާރިވެރިން މި ބޮނޑިތައް ބަލައިގަންނަނީ ގުނައިގެންނެވެ. 17 ވަނަ ގަރުނުގެ ކުރީކޮޅު ބ އަތޮޅު ފަރަށް އެރި ނައުގެ ފަތުރުނާމާ ލިއުނު ޕިރާޑް ވަނީ، ކޮޗިންގެ 400 ޓަނުގެ އުޅަނދަކަށް ބަންގާޅަށް ގެންދިއުމަށްޓަކައި ހަމައެކަނި މިފަދަ ބޮލި ކޮއްޓާތައް ބަރުކުރި މަންޒަރު ދެކެފަ އެވެ. މާ ކުރީގެ ލިޔުންތެރިން ބަޔާންކުރާ ގޮތުގައި އަހަރަކު ތިރީހަކަށް ނުވަތަ ސާޅީހަކަށް ބޮލި އުފުލާ އުޅަނދު ދަތުރުކުރެ އެވެ.

 އިރުމަތީ އިންޑިއާއިން މީގެ ބަދަލު ދިނީ ހަނޑޫ، ގިތެޔޮ، ތެޔޮ، މުގު، އަދި ކަފަ ފަދަ ތަކެތިންނެވެ. ފަހުން އަފިހުން، ހަކުރު އަދި ދުންފަތުންނެވެ. މި ބޮލި ބޭނުންކުރެވުނީ ބަންގާޅު، އޮޑިޝާ، ބިހާރު އަދި އާސާމްގެ ކުދި މުއާމަލާތްތަކުގެ ފައިސާގެ ގޮތުގައެވެ. އަދި އެއަށްފަހު ސިޔާމް (ތައިލެންޑް) އަދި ޔުނާނަށްވެސް ފޯރި އެވެ. އޮޑިޝާގައި، އިނގިރޭސި ލޮއި ފައިސާ އައުމާ ހަމައަށް ފައްޅިތަކުގެ ހިސާބު ފޮތްތަކުންނާއި ބާޒާރުގެ މުއާމަލާތްތަކުން ބޮލި ފެންނަން ހުއްޓެވެ. 17 ވަނަ ގަރުނުގެ ފަހުކޮޅާއި 18 ވަނަ ގަރުނުގައި ބަލަސޯރުގައި ރުޕީއަކަށް ގާތްގަނޑަކަށް 2،500 އާއި 3،200 އާ ދެމެދުގެ އަދަދަކަށް ބޮލި ލިބެއެވެ. މި އަގު ބަދަލުވަނީ ރާއްޖޭގެ އޮޑިއެއް ބަނދަރުކުރުމުންނެވެ. ބޯވްރީ ފާހަގަކުރި ގޮތުގައި ރާއްޖޭގެ އޮޑިފަހަރު އަންނަ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ރުޕީއަކުން ދެ "ޕާން" އަށް ވުރެ ބޮޑަށް އަގު ބަދަލުވަނީ ވަރަށް މަދުންނެވެ.

 މަދުވެގެން އެއް ގަރުނު، ނުވަތަ ދެ ގަރުނު ވަންދެން، ބަލަސޯރަކީ ބެންގާލް ކަނޑުއޮޅީގެ މައި ބޮލީގެ ބަނދަރެވެ. އެއީ ހޫގްލީ ކޯރުގެ މޯރުން ގާތްގަނޑަކަށް ފަސްދޮޅަސް މޭލު ދުރުގައި އޮތް، އައްސޭރި ތިލަކަމުން ބޭރުގައި ނަގިލިލާން ޖެހޭ ބަނދަރެކެވެ. 1670 ގެ އަހަރުތަކުގައި ބޯވްރީ ލިޔުއްވި ގޮތުގައި ނަވާބާއި ރަށުގެ ވިޔަފާރިވެރިން "ބޮއްޔާއި ރޯނު ގެނައުމަށްޓަކައި މާލްދީވާ ކިޔާ 12،000 ރަށަށް" ގަވާއިދުން ހައެއްކަ އުޅަނދު ފޮނުވި އެވެ. 1670 ން 1700 އަށް ބަލަސޯރުގެ ޑަޗް ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެ ބަނދަރުގެ އެންމެ ބޮޑު ހަރަކާތަކީ ރާއްޖެއަށް ކުރި ދަތުރުތަކެވެ. މީގެ ބައެއް އުޅަނދުފަހަރުގެ ބޮޑުމިނަކީ 300 އާއި 600 ޓަނެވެ. ހެމިލްޓަން ލިޔުއްވި ގޮތުގައި ބަލަސޯރުން ހަނޑުލާއި ޒަރޫރީ ސާމާނު ފޮނުވައި، އެނބުރި ގެނައީ ބޮއްޔާއި ރޯނެވެ. 1660 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ރަދުން ވަނީ،  ކެހިވެރި ޑަޗް ލަންދޭސީން އިނގިރޭސި އުޅަނދުތައް ރާއްޖޭގެ އަތޮޅުތަކާ ދުރުގައި ބޭތިއްބުމަށް ބަލަސޯރުގެ ވެރިޔާގެ އަރިހުން އެދިވަޑައިގެންފައެވެ. އެއީ ކުރީގެ ބަންގާޅާއި ސިލޯނުގެ ބައިވެރިންނަށް އިސްކަންދެއްވާތީއެވެ. ކަލްކަތާއާއި ޗިޓަގޮންގް، ބަލަސޯރުގެ މަގާމު ހޯދީ ހޫގްލީ ކޯރުން އިތުބާރާއެކު ދަތުރުކުރެވޭނެ ގޮތް ވުމަށްފަހުގައެވެ. 

ހަމަ މި ބޮލިތައް އަރަބި އުޅަނދުފަހަރުގައި ބެލަސްޓް (އުޅަނދުގެ ބަރުދަން ހަމަކުރާ އެއްޗެއް) ގެ ގޮތުގައި ހުޅަނގަށް، ޔަމަނާއި، ރަތްކަނޑާއި، ސްވާހިލީ އައްސޭރިއަށް ދިޔަ އެވެ. އަދި ފަހުން ވިލާތުގެ އުޅަނދުތަކުގައި ހުޅަނގު އެފްރިކާއަށް ދިޔަ އެވެ. ކަލިންގާއިން މަޑަގަސްކަރައަށް ސީދާ ދަތުރުތައް ކުރިކަމުގެ ލިޔެކިޔުންތައް މަދެވެ. ހުޅަނގުގެ ގިނަ ގުޅުންތަކަކީ ނުސީދާ ގުޅުންތަކެކެވެ. އިހުގެ އޮސްޓްރޯނޭޝިއަން ދަރިކޮޅުތައް އިރުމަތީ އެފްރިކާއާ ދިމާއަށް ކުރި ދަތުރުތަކުގައިވެސް ރާއްޖެއަކީ ކަނޑުގެ މެދުގައިވާ މަރުކަޒީ ހިޔާވައްސަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

 ހުވަދޫ އޮޑި، އައްޑޫ އޮޑި، އަދި ބަންގާޅު ދަތުރު

 ދިވެހިންގެ ދުރު ދަތުރުތަކަށް ހާއްސަ އުޅަނދުފަހަރަކީ ވެޑި، ވޮޑި، ބަނޑުއޮޑި، ނުވަތަ އަރުމާދު އޮޑިއެވެ. ދޯންޏަކީ މަސްވެރިކަމަށާއި އެތެރެވަރީގެ ރަށްރަށުގެ ދަތުރުފަތުރަށް ބޭނުންކުރި އަސާސީ އުޅަނދެވެ. އޮޑިއަކީ އެއަށްވުރެ ބޮޑު އެއްޗެކެވެ. ދެ ކުނބާއި، ޖިބް ރިޔަލާއި، ލަކުޑި ކެބިން (ކޮޓަރި) އަދި މީހުންނާއި ބަރު މުދާ އުފުލާނެ ޖާގަ ހުރެއެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރަކީ "ފުރެއްދެ އޮޑި" އެވެ. މުދާ އުފުލާ މިއަށްވުރެ ބޮޑު ބާވަތެއް ކަމުގައިވާ "ބައްތެލި"، އިންޑިއާއަށާއި ސްރީލަންކާއަށް ދަތުރުކުރި އެވެ.

މިފަދަ އެންމެ ބޮޑެތި އުޅަނދުތައް ބަނދެފައިވަނީ ހުވަދު އަތޮޅު (ގަދީމީ ސުވަދީވް)، ފުވައްމުލައް، އަދި އައްޑޫގައެވެ. އެއީ ފުރިހަމަ ޑެކާއި، ކޮޓަރިބަރިތަކާއި، ކުރީކޮޅު އުފުލިފައިވާ، 100 އިން 200 ޓަނުގެ އުޅަނދުފަހަރެވެ. މިއުޅަނދުތައް 1960 ގެ އަހަރުތަކާ ހަމައަށްވެސް ބޭނުންކުރި އެވެ. 

ހަވަރު ތިނަދޫ މަޝްހޫރުވެފައި އޮތީ މުޅި ކަނޑުތަކަށް މަޝްހޫރުވި ދުރު ދަތުރުކުރާ ގާފިލާއެއް އޮތް ރަށެއްގެ ގޮތުގައެވެ. އެމީހުން ބޮއްޔާއި، ރޯނާއި، ހިކިކަނޑުމަސް ހިފައިގެން ބަންގާޅަށް، ސްރީލަންކާއަށް، އަޗޭ، ސުމަތުރާއަށް، އަދި އޭޑަންއަށް ދަތުރުކުރި އެވެ. އެނބުރި އައުމަށްޓަކައި ހަނޑޫ، ފޮތި، ފޮށި، ގޮދަން، މުގު، އަދި ގިތެޔޮ އެއްކުރެވެންދެން އެތައް މަހަކު ބަންގާޅުގައި މަޑުކުރެ އެވެ.

މި މޫސުމަށް ހާއްސަކުރެވުނު އުޅަނދުތަކަކީ "ބަންގާޅު އޮޑި" އެވެ. ދެކުނު މީހުންގެ މި ވިޔަފާރީގެ ކޮންޓްރޯލަކީ، ފަހުން މާލެއިން ރަށު ވެޑި ނުވަތަ ވޮޑިފަހަރުގައި ސީދާ ރާއްޖޭން ބޭރަށް ދަތުރުކުރުން ހުއްޓުވަން އުޅުމުން އުފެދުނު ކުރު މުއްދަތުގެ 1959–1963 ގެ އެކުވެރި ސުވާދީބު ޖުމްހޫރިއްޔާއަށް މަގުފަހިވި މައިގަނޑު އެއް ސަބަބެވެ.

 ވަގުތުތައް ދިމާވެއެވެ.  ކަލިންގާގެ  މޫސުމުގެ ހަނދު ފުރިހަމަވާ ދުވަސްވަރު އޮޑިތައް އިރުވައި މޫސުމުގައި އިރުމައްޗަށް ފޮނުވައިދިނެވެ. ހަމަ އެ ވަގުތުކޮޅުގައި ދިވެހި އޮޑިފަހަރު އުތުރަށާއި އިރުމައްޗަށް، ބަންގާޅާއި ސްރީލަންކާއާ ދިމާއަށް މިސްރާބު ޖެހިއެވެ. ދެބައިމީހުންވެސް ދުށީ ކަނޑުގެ މެދުގައިވާ އަތޮޅުތަކާއި ބެންގާލް ކަނޑުއޮޅީގެ ހަނޑޫ އަދި ކާޑުގެ ބާވަތްތައް ބަރުކުރާ ބަނދަރުތަކަކީ   އެއް ދައުރެއްގެ ދެފަޅި ކަމުގައެވެ. އެއްކޮޅަށް ގޮވާން ދަތުރުކުރާއިރު، އަނެއްކޮޅަށް ދަތުރުކުރީ ބޮއްޔާއި ކަނޑުގެ އުފެއްދުންތަކެވެ.

 ގަންޖާމް ދީދީ އަދި ގުޅުން

 ގަންޖާމަކީ ތާރީހީ ކަލިންގާގެ ދެކުނު ކަނޑުގެ އައްސޭރިއެވެ. ޕަލޫރު، ކަލިންގަޕަޓްނަމް، ގޯޕާލްޕޫރަކީ ހަމަ އެ ކަނޑުއޮޅީގައިވާ ލޮނާއި ހަނޑުލުގެ ބަނދަރުތަކެވެ. ދިވެހި ބަހުގައި "ދީދީ" އަކީ މާތް ދަރިކޮޅުގެ ނިޝާނެކެވެ. "މަނިކުފާނު" އަކީ ގަނޑުވަރުގެ ޝަރަފުވެރި ލަގަބެކެވެ. "ގަންޖާމް ދީދީ"، "ޕީރީ ކަނބުލޭގެ" (ލޭޑީ ޕީރީ)، ނުވަތަ "އާމިނަތު މަނިކުފާނު" ގެ ނަމުގައި ހަނދާންކުރެވޭ އަންހެން ބޭކަނބަލަކީ، މުހަންމަދު މަނިކުފާނު ގަންޖާމުން ކައިވެނި ބައްލަވައިގެންނެވި ކަމަނާ އެވެ . ދޮންބަންޑަރައިން ގެ ދައުވަތަށް ރާއްޖެގެންނަވާ ވެރިކަން ހަވާލު ކުރެއްވި ފަހަުން ސުލްތާނު ގިޔާސުއްދީނުގެ ނަމުން މަސްހޫރުވި ރަދުންގެ އަބިކަމަނާއެވެ.

 ޗާޕުކުރެވިފައިވާ ރަސްމީ ރަސްކަމުގެ ލިސްޓުތަކުން އަދި މި ތިން ނަން އެކުގައި ވަކި ތާރީހީ ވެރިކަމަކާ ގުޅުވައިދީފައި ނުވިނަމަވެސް، މި ސަގާފީ ވާހަކައަކީ މުހިންމު ވާހަކައެކެވެ. ސަބަބަކީ މި ދަތުރުފަތުރުގެ މަގުން އާދައިގެ ކަމަކަށް ހަދައިދިން އިންސާނީ ގުޅުންތައް މީގެން ސިފަކޮށްދޭތީ އެވެ.

 ---

އުޅަނދުފަހަރު ހަމައެކަނި ބޮލި ކޮއްޓާތަކާއި ބަލަސޯރުގެ ހަނޑުލާ ބަދަލުކުރީއެއް ނޫނެވެ. ފަޅުވެރިން އެތަންތަނުގައި މޫސުން ހޭދަކުރިއެވެ. ވިޔަފާރިވެރިން ކައިވެނިކުރިއެވެ. ބޭރުގެ އަނބިން ގަނޑުވަރުތަކަށް ވަނެވެ. ޕިރާޑް ވަނީ ރާނީންގެ ތެރޭގައި ބަންގާޅުގެ ވިޔަފާރިވެރިޔަކާއެކު ނައު ބިންދައިގެންދިޔަ "ބަންގާޅުގެ ބޭރު އަންހެނަކު" ހުރިކަން ދެކެވަޑައިގެންފައެވެ. ބަލަސޯރާއި، ހޫގްލީއާއި، ޗިޓަގޮންގް މާލެއާ ގުޅުވައިދިން މި ހަނޑުލާއި ބޮލީގެ ވިޔަފާރި ދައުރަކީ، ކަލިންގަޕަޓްނަމް ނުވަތަ ގޯޕާލްޕޫރުން ގަންޖާމްގެ އަންހެނަކު މާލެއަށް މިސްރާބުޖެހި އޮޑިއަކަށް އަރުވައިގެން ގެނައުމަށް ފުރިހަމައަށް މަގުފަހިކޮށްދޭ ދައުރެކެވެ.

 

މީގެ މާ ކުރީގެ، އަދި މާ ބަދަހި ރަސްކަމުގެ ކައިވެނީގެ ގުޅުމަކުން ކަލިންގާއާއި ރާއްޖެ ވަނީ ގުޅިފައެވެ. ތާރީޚީ ސަގާފަތްތައް ބަޔާންކުރާ ގޮތުގައި އިރު ދަރިކޮޅުގެ (Solar dynasty) ރަނިން ދަމަހާރާ، ކަލިންގާ ރަސްކަމުގެ އަމީރު ސްރީ މަހާބަލަދިތްޔައާ ކައިވެނިބައްލަވައިގަތެވެ؛ އޭގެ ފަހުން "ދީވަ މާރި" ގައި ވެރިކަން ކުރީ ހަނދު ދަރިކޮޅު ނުވަތަ ސޯމަ ވަންސަ ދަރިކޮޅުންނެވެ. މިއީ ތާރީޚީ ލިޔުންތަކުގައި ނަން ބަޔާންވެފައިވާ އެންމެ ދުވަސްވީ ކަލިންގާ-ދިވެހި ޝާހީ ގުޅުމެވެ. ފަހުގެ ޤަރުނުތަކުގައި ބަންގާޅާއި ބެންގާލް ކަނޑުއޮޅީގެ އެހެނިހެން ހިސާބުތަކުގެ އަނބިކަނބަލުން މީގެ ތެރެއަށް އިތުރުވިއެވެ. ގަންޖާމް ދީދީގެ ހަނދާނަކީ އެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަނދާނެކެވެ: ކަލިންގާގެ ބަނދަރުތަކާއި ކަލިންގާގެ ލޭ ދިވެހި ގަނޑުވަރުގެ ތެރޭގައި ހިނގަމުން ދިޔަކަމުގެ ހެއްކެކެވެ.

 

އެއް މޫސުމެއްގެ ދުނިޔެ

 

އެހެންކަމުން ބާލީ ޔާތުރާއިން ހަނދާންކޮށްދެނީ ހަމައެކަނި ބާލީއެއް ނޫނެވެ. ދެހާހަށް ވުރެ ގިނަ އަހަރުވީ މި ސަގާފަތުން ހަނދާންކޮށްދެނީ، ސުވަރްނަދީޕައަށް ކުރި ކަލިންގާގެ އިރުމަތީ ދަތުރުތަކާއި، ކަނޑުގެ މެދުގައި ރާއްޖެ އޮތް މުހިންމު މަގާމާއި، އޮޑިޝާއާއި ބަންގާޅު ރާއްޖޭގެ ފަޅުތަކާ ގުޅުވައިދިން ބޮލީގެ ފައިސާއާއި، ބަންގާޅަށް ދަތުރުކުރި ހުވަދޫ އަދި އައްޑޫގެ ގާފިލާތަކާއި، އަދި މުދަލާއެކު ކަނޑު ހުރަސްކުރި ޢާއިލާތަކަކީ އެއް އިންޑިއާ ކަނޑުގެ ދުނިޔެއަކަށް ނިސްބަތްވި ބައެއް ކަމެވެ.  ކޯރުގައި ދިއްލާ ބައްތިތަކުން އަދިވެސް ހަނދާން އާކޮށްދެނީ އޮޑިތައް   އަސޭކަރަޔަށް  ބާލީއަށް ފުރި ރެއެވެ. އެހެން ދިޔަވަރުތަކެއްގައި ހަމަ އެ ވައިރޯޅިތަކުން އޮޑިފަހަރު ފޮނުވީ ހަނޑުލުގެ ބަނދަރުތަކަށެވެ—އަދި، ގަންޖާމްގެ ހަނދާން ދެމިއޮތް ނަމަ، އެ އައްސޭރީގެ އަންހެން ދަރިއަކު ބާރަހާސް ރަށުގެ (ދިވެހިރާއްޖޭގެ) ތެރެއަށް ގެނެސްދިނީވެސް ހަމަ އެ ވައިރޯޅިތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox