
ހުސެއިން ފިޔާޒް މޫސާ
އެޑިޓަރ އިން ޗީފް
ހުސެއިން ފިޔާޒު މޫސާ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ބްރޭންޑް ނަމެކެވެ. މި ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ފިޔާޒު ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ހޫނު ގަދަ ދުވަސްތަކުގެ ދިލަ އިހުސާސްކޮށްފަ އެވެ. "މިއަދު"، "އާފަތިސް" އަދި "ހަވީރު" ގައި ނޫސްވެރިކަންކުރި ފިޔާޒު ވަނީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމް ވެސް ފުރައިފަ އެވެ. އެންމެ ފަހުން އަދާކުރީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމެވެ. ފިޔާޒު ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ ރަން ގަލަން ހާސިލްކޮށްފަ އެވެ.
58 ލިޔުންދިވެހިންނާއި އޮޑިއާގެ ވިޔަފާރިވެރިންގެ ދެހާސް އަހަރުގެ ގުޅުން
ބާލީ ޔާތުރާއަކީ ކަލިންގާގެ ވިޔަފާރިވެރިންނާއި ދިވެހި އޮޑިފަހަރުގެ ގާފިލާތައް ގުޅުވައިދިން، ދެހާސް އަހަރަށް ވުރެ ގިނަ ދުވަސްވީ ކަނޑުދަތުރުފަތުރުގެ މުއްސަނދި ތާރީޚެކެވެ. މި އީދުން ރަމްޒުކޮށްދެނީ މޫސުމީ ވައިގެ އެހީގައި ބޮލީގެ ވިޔަފާރި މެދުވެރިކޮށް ރާއްޖެއާއި ބަންގާޅާއި ބާލީ ފަދަ ސަރަހައްދުތައް އެއް ވިއުގައަކުން ގުޅިފައި އޮތް އޮތުމެވެ.
ހަބަރުހުލާސާކޮށް އިއްޔެ: ތޮއްޔިބު ޝަހީމް ފުލުހަށް ހާޒިރުކުރަނީ
ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން ތޮއްޔިބު ޝަހީމް ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން މާރަންދޫ ފެނަކަ މުވައްޒަފުންތަކެއް ވަކިކުރި މައްސަލައާއި، ބިދޭސީ ސިއްހީ މަސައްކަތްތެރިންގެ ސްޓޭޓަސްއަށް އައި ބަދަލާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ކޮލަމްގައުމު ހިންގުމަށް މުއިއްޒު ގެންގުޅުއްވާ ފަސޭހަ ފޯމިއުލާ
ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް ހާމަކުރުން މަނާކޮށް، އެފަދަ ޚަބަރު ފަތުރާ ފަރާތްތައް ޖޫރިމަނާކުރަން ނިންމުމަކީ މައްސަލަތަކުގެ އަސްލު ހައްލުކުރުމުގެ ބަދަލުގައި މައުލޫމާތު ސިއްރުކޮށްގެން ކަންކަން އޮޅުވާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެކެވެ. މި ނިންމުމުގެ ސަބަބުން ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، މީހުން ތަފާތު ނިޝާންތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޑޮލަރުގެ އަގުތައް ހާމަކުރަމުންދެއެވެ.
