ބޮޑުވަޒީރު ސްޓާމާ މަޖިލީހަށް ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގާ މެދު މިއަދު ވޯޓަށް އަހަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ

އިނގިރޭސި ބޮޑުވަޒީރު ސަރ ކިއާ ސްޓާމަރާ ދެކޮޅަށް، ލޯޑް މެންޑެލްސަންގެ މަގާމުގެ ވެޓިންގް މަރުހަލާއާ ގުޅޭގޮތުން މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައިގައި ތަހުގީގެއް ހިންގުމާ މެދު އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވޯޓަށް އެހުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ރައީސް ސަރ ލިންސޭ ހޮއިލް ވިދާޅުވީ މި މައްސަލައިގައި ބަހުސް ކުރުމުގެ ފުރުސަތު އަންގާރަ ދުވަހު ދެއްވާނެ ކަމަށާއި، ޕްރިވިލެޖަސް ކޮމިޓީން މިކަން ތަހުގީގު ކުރަން ފެނޭތޯ ނިންމާނީ މެންބަރުންގެ ވޯޓުން ކަމަށެވެ. އެމެރިކާގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމަށް ލޯޑް މެންޑެލްސަން އައްޔަން ކުރުމުގައި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، ފޮރިން އޮފީހުގެ އޮފިޝަލުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ބޮޑުވަޒީރު ސްޓާމަރ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ކޮންޒަވޭޓިވް ޕާޓީން ހިންގާ ސިޔާސީ "ސްޓަންޓެއް" ކަމަށް ވަނީ ސިފަކުރައްވާފަ އެވެ. އަދި ލޭބަރ ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، މިއީ ސިޔާސީ ކަމެއް ކަމަށާއި އެންމެން އެކަތިގަނޑަކަށް ވެގެން މިކަމާ ދެކޮޅަށް ތެދުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. ބީބީސީން ރިޕޯޓްކުރާ ގޮތުގައި، މި ވޯޓުގައި ބޮޑުވަޒީރާ ދެކޮޅަށް ވޯޓު ދިނުމަށް ލޭބަރ ޕާޓީގެ މެންބަރުންނަށް "ވިޕް" އެއް ނެރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް ވިދާޅުވީ ބޮޑުވަޒީރު ވަނީ މި މައުލޫއުގައި މަޖިލީހަށް އެތައް ފަހަރަކު އޮޅުވާލައްވާފައި ކަމަށެވެ. އަދި ލޭބަރ ޕާޓީގެ މެންބަރުން އެ ބޭފުޅުންގެ އަމިއްލަ ނަފްސާ ސުވާލުކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ތާއީދު ކުރުމަށް އޭނާ ގޮވާލެއްވި އެވެ. ނަމަވެސް ޑައުނިންގް ސްޓްރީޓުން ބުނެފައިވަނީ މެންޑެލްސަންގެ އައްޔަން ކުރުމާ ގުޅޭގޮތުން މިހާރުވެސް ހިނގަމުންދާ ދެ މަރުހަލާއަކަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

މި މައްސަލައިގައި ފޮރިން އޮފީހުގެ ސެކިއުރިޓީގެ އިސްވެރިޔާ އިއާން ކޮލާޑް ދެއްވި ބަޔާނެއްގައި ބުނެފައިވަނީ، ލޯޑް މެންޑެލްސަންގެ ވެޓިންގް މަރުހަލާ އަވަސް ކުރުމަށް ބޮޑުވަޒީރުގެ އޮފީހުން ތަކުރާރުކޮށް ގުޅަމުން ދިއުމުގެ ސަބަބުން "ޕްރެޝަރު" އިހުސާސް ކުރެވުނު ކަމަށެވެ. ނަމަވެސް އެ ޕްރެޝަރުގެ ސަބަބުން އޭނާގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ އަގުލަބިއްޔަތު ލޭބަރ ޕާޓީއަށް އޮތުމުން، މި ތަހުގީގު ކުރިއަށް ގެންދެވޭނީ އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ސަރުކާރާ ދެކޮޅަށް ވޯޓު ދީގެންނެވެ. ކެބިނެޓް މިނިސްޓަރުން މިހާރުވެސް ގެންދަވަނީ މެންބަރުންނަށް ގުޅުއްވައި ބޮޑުވަޒީރުގެ ދިފާއުގައި ވޯޓު ދިނުމަށް ބާރުއަޅުއްވަމުންނެވެ. އިނގިރޭސި ގާނޫނުތައް ބުނާގޮތުން، ގަސްތުގައި މަޖިލީހަށް ދޮގު މައުލޫމާތު ދޭ ވަޒީރުން މަގާމުން އިސްތިއުފާ ދޭން ޖެހޭނެ އެވެ. ޕްރިވިލެޖަސް ކޮމިޓީއަކީ މީގެ ކުރިން ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަޖިލީހަށް އޮޅުވާލެއްވި ކަމަށް ނިންމި ކޮމިޓީ އެވެ.

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox