އޭޑީކޭއިން ރޮބޮޓުގެ އެހީ ބޭނުންކޮށް ކަކުލުހުޅު ބަދަލުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓުގެ އެހީގައި ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮށްފިއެވެ. "ވެލިސް" ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރި މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހުންނަށް އަޅާ ތަދު ކުޑަވެ، އަވަހަށް ފަސޭހަވުމަށް މަގުފަހިވާނެއެވެ.