ފޯނު ކޯލެއް ބްރޯޑްކާސްޓު ކުރުމުގެ ކުރިން ފޯނުކުރާ މީހާގެ ހުއްދަ ހޯދަން "ކޮންޓްރޯލް" ކޮމިޝަނުން އަންގައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ގެ މެންބަރުން -- ފޮޓޯ: ކޮންޓްރޯލް ކޮމިޝަން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ގެ މެންބަރުން -- ފޮޓޯ: ކޮންޓްރޯލް ކޮމިޝަން

ފޯނު ކޯލެއް ބްރޯޑްކާސްޓު ކުރުމުގެ ކުރިން ފޯނު ކުރެވޭ މީހާގެ ހުއްދަ ހޯދަންޖެހޭނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮންމެ މީހެއްގެ ވެސް ޒާތީ އަދި، އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެއްކުންނާ ކުރާ ޒާތީ މުއާމަލާތުތަކަކީ ހުރަމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

އަދި، މިދިޔަ އަހަރު އަމަލުކުރަން ފެށި ކޮންޓްރޯލް ގާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި، ނަފުސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު އެ މާއްދާގެ (ބ) ގައި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަށް ބާރުއަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓު ކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތާއި އަދި ހައްގުތައް ރައްކާތެރި ކުރުމުގައި ހުރިހާ މީޑިއާ އިދާރާއަކުން އެއްބާރުލުން ދިނުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓު ކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރު ކުރުމަށް އެ ކޮމިޝަނުން އަންގާފައިވެ އެވެ.

އޭގެ އިތުރުން، ފޯނު ކޯލެއް ބްރޯޑްކާސްޓު ކުރުމުމަށް ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓުކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އެންގުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.

އެ ބަޔާނުގައި ބުނީ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

ކޮންޓްރޯލް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ވެރިކަންކުރާ ޕީއެންސީއަށް ވައްދަމުންދާކަން، ރާއްޖެ ޓީވީ ލައިވްގައި ފަޅާއަރުވައިލުމުންނެވެ.

ސްޓެލްކޯ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ފަޅާއެރުމުން އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދާ މައްސަލަ މީޑިއާއަކުން ފަޅާއަރުވާލުމާ ގުޅިގެން، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފަކު އެ ކުންފުނިން ސަސްޕެންޑުކޮށްފިއެވެ. ސްޓެލްކޯއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ރާއްޖެ ޓީވީން ގެނެސްދިން ފަށާއިރު ޕްރޮގްރާމުގައި އެކަން ފަޅާ އަރުވައިލީ އެ ޗެނެލްގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން، އާމިރު ސަލީމް އެވެ. 

ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުގެ ލޭންޑް ލައިނަށް ގުޅައި، ޕީއެންސީއަށް ސޮއި ކުރުމަށްފަހު، އެ ސްކްރީންޝޮޓު ފޮނުވަންވީ ކޮން ނަންބަރަކަށްތޯ އާމިރު ސުވާލުކުރި އެވެ.

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ފަޅާއެރީ އާމިރުގެ ސުވާލަށް ސްޓެލްކޯގެ އެޗްއާރުން ދިން ޖަވާބުންނެވެ.

"ހަމަ ސްޓެލްކޯ އެޗްއާރު ނަންބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅަށް މެސެޖުކޮށްލާފައި،" ސްޓެލްކޯގެ އެޗްއާރުން ވާހަކަދެއްކި މީހާ ބުންޏެވެ.

ސްޓެލްކޯގެ އެޗްއާރުން އެހެން ބުނުމުން، އެކަން އިތުރަށް ސާފުކުރުމުގެ ގޮތުން އާމިރު ވަނީ ސްޓެލްކޯގެ އެޗްއާރު ނަންބަރަށް ފޮނުވަންޖެހެނީ ޕީއެންސީއަށް ސޮއިކުރުމަށްފަހު، އެ ޕާޓީއަށް ވަދެވިއްޖެކަން ކަށަވަރުކޮށްދީ އިލެކްޝަނުން ފޮނުވާ މެސެޖުގެ ސްކްރީންޝޮޓެއްތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ވެސް ސްޓެލްކޯގެ އެޗްއާރުން ބުނީ އާނ އެކޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox