ސްޓެލްކޯ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ފަޅާއެރުމުން އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ސްޓެލްކޯގެ ކަރަންޓު އުފައްދާ މައި ޕަވާ ސްޓޭޝަންގެ ދުންހޮޅިތަކެއް: ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް ދަނީ ޕީއެންސީއަށް ވަނުމަށް މުވައްޒަފުންނަށް މަޖުބޫރުކުރަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ސްޓެލްކޯގެ ކަރަންޓު އުފައްދާ މައި ޕަވާ ސްޓޭޝަންގެ ދުންހޮޅިތަކެއް: ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް ދަނީ ޕީއެންސީއަށް ވަނުމަށް މުވައްޒަފުންނަށް މަޖުބޫރުކުރަމުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ވެރިކަންކުރާ ޕީއެންސީއަށް ވައްދަމުންދާކަން ކަށަވަރުވުމުން، އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

ދާދި ދެންމެއަކު ސްޓެލްކޯއިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ކުރި ފޯނު ކޯލާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

"މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި އެކަމުގައި ތުހުމަތު ކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ އެވެ." ސްޓެލްކޯގެ ޕޯސްޓުގައި ބުންޏެވެ.

Advertisement

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދާކަން ލައިވް ޓީވީގައި ފަޅާއަރުވާލައިފި

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ރާއްޖެ ޓީވީގެ ލައިވް ޕްރޮގްރާމެއްގައި އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓަށް ގުޅައިގެން ވަނީ ފަޅާއަރުވާލާފައެވެ.

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ވެރިކަންކުރާ ޕީއެންސީއަށް ވައްދަމުންދާކަން ފަޅާ އަރުވައިލީ އެ ޗެނެލްގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން، އާމިރު ސަލީމް އެވެ.

މިއަދު ހެނދުނު ލައިވްކޮށް ގެނެސްދިން އެ ޕްރޮގްރާމުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުގެ ލޭންޑް ލައިނަށް ގުޅައި، ޕީއެންސީއަށް ސޮއި ކުރުމަށްފަހު، އެ ސްކްރީންޝޮޓު ފޮނުވަންވީ ކޮން ނަންބަރަކަށްތޯ އާމިރު ސުވާލުކުރި އެވެ.

ނުފޫޒު ބޭނުންކޮށްގެން ސްޓެލްކޯގެ މުވައްޒަފުން ޕީއެންސީއަށް ވައްދަމުންދާކަން ފަޅާއެރީ އާމިރުގެ ސުވާލަށް ސްޓެލްކޯގެ އެޗްއާރުން ދިން ޖަވާބުންނެވެ.

"ހަމަ ސްޓެލްކޯ އެޗްއާރު ނަންބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅަށް މެސެޖުކޮށްލާފައި،" ސްޓެލްކޯގެ އެޗްއާރުން ވާހަކަދެއްކި މީހާ ބުންޏެވެ.

އެކަމަށް އާންމުންގެ ނުރުހުން އަމާޒުވެ ސްޓެލްކޯއަށް ފާޑުކިޔަން ފެށުމުން އެ ކުންފުނިން ކުރި ޕޯސްޓުގައި، މިއަދު ރާއްޖެ ޓީވީން ގުޅީ އެ ކުންފުނީގެ އެޗްއާރަށް ނޫންކަމަކަށް ނުބުނެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ބުނެފައި ވަނީ އެ ކޯލުގެ މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި، އިދާރީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox