ޑޮލަރުގެ ސަޕޯޓު މެދުކަނޑާލި ވާހަކަ ލިޔުމުން ބީއެމްއެލް އިން އަދަދުގެ މައްސަލަ މީޑިއާ ކޮމިޝަނަށް ހުށަހަޅައިފި

Jun 3, 2026, 2:26 PM
ޝަރީފް

ޝަރީފް

ވިޔަފާރިތަކަށް ޓީޓީ ހަދަން ބޭންކް އޮފް މޯލްޑިވްސް އިން ދެމުން އައި ޑޮލަރު ސަޕޯޓު މެދުކަނޑާލި ހަބަރު އަދަދު އިން ލިޔުމުން ބޭންކުން މި ނޫހުގެ މައްސަލައެއް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ. 

މި ނޫހާ ދެކޮޅަށް ބީއެމްއެލް އިން ހުށަހެޅި މައްސަލަ ބަލަން ނިންމާފައިވާކަން މީޑިއާ ކޮމިޝަނުން ވަނީ މި ނޫހަށް އަންގައިފަ އެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވާން މި ނޫހަށް ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. 

އޭޕްރީލް 20، 2026، ގައި ޝާއިއު ކުރި އެ ހަބަރު މި ނޫހުން ގެނެސްދީފައި ވާނީ ބައެއް ވިޔަފާރިވެރިންގެ ބަސް ހިމަނައިގެންނެވެ. އަދި ކޮމެންޓެއް ހޯދަން ބީއެމްއެލްއަށް ވެސް މި ނޫހުން ގުޅާފައިވާނެ އެވެ. އެކަމަކު، ހަބަރު ޝާއިއު ކުރިއިރު ވެސް ބީއެމްއެލް އިން ކޮމެންޓެއް ދީފައެއް ނުވެ އެވެ.

ބީއެމްއެލްގެ ޑޮލަރު ސަޕޯޓު ކުއްލިއަކަށް ހުއްޓާލައިފި ކަމަށް ބައެއް ވިޔަފާރިތަކުން ބުނެފި

ބީއެމްއެލްއިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓު ކުއްލި ގޮތަކަށް މެދުކަނޑާލުމާ ގުޅިގެން، މުދާ އެތެރެކުރާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. މިކަމުގެ ސަބަބުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ، ބާޒާރުގައި ތަކެތީގެ އަގު އިތުރަށް އުފުލުމުގެ ބިރު އެބަ އޮތް

އޭގެ ފަހުން ބީއެމްއެލް އިން ވަނީ، ޑޮލަރު ސަޕޯޓު މެދުކަނޑާލާފައިނުވާނެ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރަފަ އެވެ. ވަކި ހަބަރެއްގެ ގޮތުގައި އެ ބަޔާން ވެސް މި ނޫހުން ކަވަރުކޮށްފައިވާނެ އެވެ. 

ޑޮލަރު ސަޕޯޓު މެދުކަނޑާލި ހަބަރު މި ނޫހުން ގެނެސްދިނީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ ބައެއް ކުންފުނިތަކުގެ އިސް ވެރިންނާ ވާހަކަ ދެއްކުމަށްފަހު އެވެ. ތަކެތި އަގުބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ޑޮލަރު ނުލިބުން ކަމަށް އެއިރު ވިޔަފާރިވެރިން ބުނެފައިވެ އެވެ. 

"މިއީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑުމެން ދެން ޖެހެނީ މުދާ އެތެރެކުރަން އަގުގެ 100 ޕަސެންޓަށްވާ ޑޮލަރު އަމިއްލައަށް (ކަޅު ބާޒާރުން) ހޯދަން،" ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރާ އެއް ކުންފުނީގެ ޑިރެކްޓަރަކު ވިދާޅުވި އެވެ.

އެފަދަ ހަބަރުތަކަށް ވާހަކަ ދައްކާއިރު ނޫހުގައި ނަން ނުޖަހަން ވިޔަފާރިވެރިން އެދެ އެވެ. އެއީ ސިޔާސީ ގޮތުން އެމީހުންގެ ވިޔަފާރިތަކަށް އުނދަގޫ ކުރަން ސަރުކާރުން މަސައްކަތް ކުރާތީ އެވެ. މަސްދަރަށް ލިބިދާނެ ގެއްލުމަކަށްޓަކައި ނަން ސިއްރު ކުރުމަކީ ނޫސްވެރިކަމުގައި ބަލައިގަނެފައިވާ އަދި އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ. 

މި ހަބަރު ޝާއިއުކުރުމާ ހަމައަށް މިކަމުގައި ބީއެމްއެލްގެ ބަހެއް ލިބިފައެއް ނުވެ އެވެ. 

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މި ނޫހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބީއެމްއެލްގެ ޝަކުވާ ވެސް މި ނޫހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ފޮނުވި އީމެއިލްގައި އެ ޝަކުވާ އެޓޭޗްކޮށްފައެއް ނެތެވެ. 

އޭގެ އިތުރުން، ކޮމިޝަނުން ފޮނުވި ސިޓީގެ ތާރީހުގެ ގޮތުގައި ލިޔެފައި ވަނީ ޖޫން 13، 2026، އެވެ. މީގެ ކުރިން ވެސް މީޑިއާ ކޮމިޝަނުން މި ނޫހަށް ފޮނުވި ބައެއް ސިޓީތަކުގައި ނުރަނގަޅު މައުލޫމާތާއި ލިޔުމުގެ ގިނަ ކުށްތައް ހުރިކަން ފާހަގަ ކުރެވިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox