ސަރުކާރުގެ ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލައިގައި ޖަވާބެއް ނުދޭތީ އަނެއްކާވެސް މުއިއްޒުއަށް ސިޓީއެއް

Sep 3, 2026, 2:47 PM
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަހުޒާން ބޭރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަހުޒާން ބޭރުކުރުން

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަމަޖެއްސި މައްސަލައިގައި ރައީސް އޮފީހަށް ހުށަހެޅި ސިޓީތަކަށް ޖަވާބުނުދޭތީ ޝަކުވާގެ ސިޓީއެއް އަނެއްކާ ވެސް ރައީސް މުހައްމަދު މުއިއްޒުއަށް ފޮނުވައިފި އެވެ.

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ސޮއިކުރައްވައި ރައީސް އޮފީހަށް މިއަދު ހުށަހެޅި ސިޓީގައި ބުނީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް މި ނޫހުގެ ނޫސްވެރިން ނުވައްދަން ނިންމި ނިންމުން ރަސްމީކޮށް ލިޔުމުން ހޯދަން ދެ ފަހަރެއްގެ މަތިން އެ އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން، މެއި 18 ވަނަ ދުވަހު އަދަދު ނޫހުން ރައީސް އޮފީހަށް ފޮނުވި ސިޓީއަށް ޖަވާބެއް ލިބިފައިނުވާތީ، އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާތައް މެނޭޖުކޮށް ޖަވާބުދިނުމަށް އުފެއްދި ސިޓިޒަންސް ކޮމްޕްލެއިންސް ބިއުރޯގެ ވެރިޔާ، ޑރ. މުހައްމަދު މާހިދު ޝަރީފްއަށް ޖުލައި 9، ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށް އަދަދުން ބުނެފައިވެ އެވެ. 

ރައީސް އޮފީހާއި ސަރުކާރުގެ ޕްރެސްތަކަށް އަދަދު ނޫހަށް ނުވަދެވޭތާ ދެ މަސް!

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިންނަށް އެ އޮފީހުގެ ޕްރެސްތަކަށް ނުވަދެވޭ ގޮތަށް މަނާކުރިތާ ދެ މަސް ދުވަސް ވެއްޖެ. މި ފިޔަވަޅާ ގުޅޭގޮތުން އެ ނޫހުން ފޮނުވި ސިޓީއަށް ރައީސް އޮފީހުން ޖަވާބު ނުދޭތީ، ގާނޫނީ ފިޔަވަޅު އެޅުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ނޫހުން ބުނޭ.

އަދަދު ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް އަޅާފައިވާ ފިޔަވަޅަކީ ބޭއިންސާފު ގާނޫނީ ހަމަތަކުން ބޭރު ނިންމުމެއް ކަމަށް އެ ސިޓީގައި ބުންޏެވެ. އަދި، އެ މައްސަލަ ރާއްޖެ އާއި ބައިނަލްއަގުވާމީ ކަމާގުޅުންހުރި ފަރާތްތަކަށް ހުށަހެޅުމަށް އަދަދު ނޫހުން ބޭނުންވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

ނަމަވެސް، ރައީސް އޮފީހަށް ހުށަހެޅި އެއްވެސް ސިޓީއަކަށް ޖަވާބުދީފައި ނުވުމަކީ އިންސާފަށް އެޅޭ ހުރަހެއް ކަމަށް އެ ސިޓީގައި ބުންޏެވެ.

އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅުވަ އެވެ. 

އެ ސުވާލުކުރި ހިސާބުން މުއިއްޒު ވަނީ އެއީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ހިލާފު އަމަލެއް ކަމަށް އަމިއްލައަށް ނިންމަވައި، މި ނޫހުގެ ނޫސްވެރިޔާ އެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ. 

ހަމަ އެ ރޭ 11:01 ގައި ރައީސް އޮފީހުން މީޑިއާތަކަށް ކަނޑައަޅާފައިވާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން ވަނީ އަދަދު ނޫހަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ.

އެ ފަހުން ރައީސް އޮފީހުން އާ ވަޓްސްއެޕް ގްރޫޕެއް އެކުލަވާލިއިރު، މި ނޫހުގެ އެއްވެސް ނޫސްވެރިޔަކު އެ ގްރޫޕުގައި ވެސް ބައިވެރިކޮށްފައި ނެތެވެ. އެކަމާ ގުޅިގެން އެ އޮފީހުގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން ޖަވާބެއް ނުދޭ ތަނުގައި މެސެޖު ލިބުނު ކަަމަށް ވެސް ނުބުނެ އެވެ. 

ރައީސް އޮފީހުން މި ފިޔަވަޅު އެޅިތާ ހަފުތާއެއް ފަހުން، މެއި 18، ގައި މި ނޫހުން ވާނީ އެ ފިޔަވަޅު ލިޔުމުން ހިއްސާކޮށްދޭން އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ސިޓީއަށް ޖަވާބެއް ނުލިބެ އެވެ. 

ސިޓީއަށް އެއްވެސް ޖަވާބެއް ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވަނީ، މި ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުތައް ލިޔުމުން ނުލިބޭތީ މި ފިޔަވަޅާ ގުޅިގެން ދެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަގު ބަންދުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެޅި ފިޔަވަޅުގެ ލިޔުން ހޯދަން ސިޓީން، އަނގަބަހުން، މެސެޖުން ދެންނެވިއްޖެ. އެކަމަކު މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ނުލިބޭ. މިއީ ގަސްތުގައި ނޫސްވެރިކަމަށް ހުރަސް އެޅުމަށް އަދަދުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ. 

އަދަދު ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުގައި ރައީސް އޮފީހުން ބުނެފައި ވަނީ އެ "ސަސްޕެންޝަން" ދެމިގެން ދަނީ ފިޔާޒު އަދި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި އަދި ނިމުނީ އިބްތިދާއީ މަރުހަލާގަ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފިޔާޒާއި ހަސަން ވެސް ވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. 

އައިޝާ ޑޮކިއުމަންޓްރީއަކީ މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ ޑޮކިއުމެންޓަރީއެކެވެ. އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ދޮގުކުރައްވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox