ޕީއެންސީން މުއިއްޒު ޕްރޮމޯޓުކުރަން 12،000ރ. މުސާރާއަކަށް 100 މީހުން ނަގައިފި

Aug 18, 2026, 2:55 PM
ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މުއިއްޒުގެ ޕްރޮމޯޓަރުން ނަގަނީ މަގުބޫލުކަން ކުޑަވާ ކަމަށް ގަބޫލުކުރެވިގެން --- ފޮޓޯ: ޕީއެންސީ

ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މުއިއްޒުގެ ޕްރޮމޯޓަރުން ނަގަނީ މަގުބޫލުކަން ކުޑަވާ ކަމަށް ގަބޫލުކުރެވިގެން --- ފޮޓޯ: ޕީއެންސީ

ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލުކަން ކުޑަ ވަމުންދާތީ، ސޯޝަލް މީޑިއާގެ މަންސަތަކުގައި އެމަނިކުފާނު ޕްރޮމޯޓުކުރަން ޕީއެންސީން ސަތޭކަ މީހުންނަށް ވަޒީފާ ދީފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލި މި މީހުންގެ ހަމައެކަނި މަސައްކަތަކީ ސޯޝަލް މީޑިއާގައި މުއިއްޒަށް ހުޝާމަދުކުރުން ކަމަށެވެ. 

ޕީއެންސީން މުސާރަ ދޭ ގޮތަށް ނަގާފައިވާ މި "ޕްރޮމޯޓަރުންގެ" މަހު މުސާރައަށް 12،000ރ. ލިބެ އެވެ. މިއީ މަހެއްގެ މައްޗަށް ހިސާބުކުރާ ނަމަ 1.2 މިލިއަން ރުފިޔާ އެވެ. 

މި ނޫހާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ސަރުކާރުގެ އިސް ތަރުޖަމާނު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެވެ. 

މި ވާހަކަތަކަށް ބާރުދޭ "ޕީއެންސީ ދާއިރާ ސޯޝަލް މީޑިއާ ޓީމް" ނަން ދީފައިވާ ވަޓްސްއެޕް ގްރޫޕް ޗެޓެއްގެ ސްކްރީންޝޮޓްތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ.

އެ ސްކްރީންޝޮޓްތަކުގައި މުންދު ވަނީ ޕީއެންސީއާ ނުގުޅި ތިބި ބަޔަކު ވެއްޖެއްޔާ ޕާޓީއާ ގުޅުމަށާއި، ސިއްރު ހިފެހެއްޓުމަށް އިލްތިމާސްކުރައްވައި، ޓީމުގެ ބައްދަލުވުންތައް ކުރިއަށް ދާނެ ގޮތުގެ އިރުޝާދު ދެއްވާފަ އެވެ. އަދި، މި ކަމުގައި އޭނާއާ އެކީ އިސްކޮށް އުޅުއްވަނީ ހައްޖު ކޯޕަރޭޝަަންގެ ސީއީއޯ މުހައްމަދު ފިރުޒުލް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ. 

މުންދު ވަނީ އެ މީހުންނާ ހަވާލުކޮށްފައިވާ މަސައްކަތް ފެށުމުގެ ގޮތުން މި މަހުގެ ބާކީ އޮތް ބަޔަށްވާ މުސާރަ ޖަމާކޮށްދީ، އަންނަ މަހުން ފެށިގެން މުސާރަ އެއްކޮށް ލިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މުއިއްޒު ޕްރޮމޯޓުކުރަން ހާއްސަ ޓީމެއް ނެރޭއިރު، ސަރުކާރުގެ ޕޯސްޓުތައް ޝެއާކުރުމާއި މުއިއްޒު ޕްރޮމޯޓުކުރުމަކީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މިހާރު ވެސް ލާޒިމުކޮށްފައި އޮންނަ ކަމެކެވެ. މިގޮތަށް އިރުޝާދު ދިނުމަށާއި، އެކިއެކި ހަރަކާތްތައް ހިންގުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުތަކުގެ ސްކްރީންޝޮޓްތައް މީގެ ކުރިން ވެސް ލީކުވެފައި ވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox