ސިއްހީ ދާއިރާއަށް 2000 އެއްހާ މުވައްޒަފުން އިތުރުކުރަން ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އޮގަސްޓު 31، 2026 ގައި ގިނަ ބިލްތަކެއް ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އޮގަސްޓު 31، 2026 ގައި ގިނަ ބިލްތަކެއް ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް 2000 އެއްހާ މުވައްޒަފުން އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާއަށް 2000 އެއްހާ މުވައްޒަފުން އިތުރުކުރަން ނިންމާފައި ވަނީ މުޅި ރާއްޖެއަށް ބަހާލައިގެން ކަމަށެވެ. އަދި އެ މުވައްޒަފުން ނެގުމުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ ބެޗުތަކަކަށް ބަހާލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހެލްތު ސެކްޓާއަށް އެކަނި މިފަހަރު އަޅުގަނޑުމެން ސްޓާފުން އިތުުރުކުރަން ވެސް އަސްލު އިންނާނީ ނިންމާފައި، ދެން ނިއާލީ [ގާތްގަނޑަކަށް] 2000 އެއްހާ ސްޓާފުން މުޅި ރާއްޖެއަށް، ދެން އޭގެތެރެއިން ވެސް ބެޗުބެޗަށް މި ދަނީ، ދެން މިހާރު ވެސް އިތުރު ސްޓާފުން ނެގުން،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާއި ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ޖީޕީ ކްލިނިކްތަކުގެ މަސައްކަތްތައް ނިމުނީމާ އެ ތަންތަނުން ވެސް މީހުންނަށް ވަޒީފާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމު މިހާރު ގެނެސްދެމުން ދަނީ ވަރަށް ގިނަ ވާހަކަތަކުގެ އަޑު ކަނޑާލައިގެންނެވެ. އެހެންކަމުން، އެ ވާހަކަ މުއިއްޒު ދެއްކެވީ ސީދާ ކޮން ސުވާލަކާ ނުވަތަ ކަންބޮޑުވުމަކާ ގުޅުވައިގެންކަމެއް ނޭނގެ އެވެ.

ނަމަވެސް، އޭގެފަހުން ދެއްކި ވާހަކަތަކަށް ބަލާއިރު، ބޮޑަށް ގަބޫލުކުރެވެނީ ހުޅުމާލޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލާއި ޖީޕީ ކްލިނިކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުމާ ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކައެއް ކަމަށެވެ.

ސިއްހީ ދާއިރާއަށް 2000 އެއްހާ މުވައްޒަފުން އިތުރުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރަމުންދާ މީހުންގެ ތެރޭގައި އެތައް އަހަރެއްވަންދެން އެ ކުންފުނިތަކުގެ ވަޒީފާގައި ތިބި މުވައްޒަފުން ހިމެނެ އެވެ. ގިނަ ބަޔަކު ބުނަމުންދަނީ އެ މީހުން ވަޒީފާއިން ވަކިކުރަނީ ސިޔާސީ ފިކުރަށް ބެލުމަށްފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox