ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް، އޭގެތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި

މުހައްމަދު ހުސައިން ޝަރީފް (މުންދު): ސިޔާސީ މުވައްޒަފުންގެ އަދަދު އޭނާ ހާމަކުރައްވާފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ހުސައިން ޝަރީފް (މުންދު): ސިޔާސީ މުވައްޒަފުންގެ އަދަދު އޭނާ ހާމަކުރައްވާފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަނުކޮށް، އޭގެ ތެރެއިން 205 މުވައްޒަފަކު މިދިޔަ ހަތަރު މަހެއްހާ ދުވަސްތެރޭގައި ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ޕީއެސްއެމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ 205 ސިޔާސީ މުވައްޒަފުން ވަކިކުރީ އެނުއަލް އިވެލުއޭޝަންގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ. 

"އެ މަސައްކަތުގެ ތެރެއިން [ސިޔާސީ މުވައްޒަފުން އިވެލުއޭޓްކުރުން] ތިބޭފުޅުންނާއެކު މި އިންއިރު 205 މުވައްޒަފުން އުނިވެއްޖެ އެނގޭތޯ. މިހާތަނަށް. ތުރީ އޯ ފޯ މަންތުސް ދެއްތޯ މިވީ. އެ މަސައްކަތުގެ ތެރެއިން އާދެ. 205 މުވައްޒަފުން އުނިކުރެވިއްޖެ ނޫނިއްޔާމުން ރިމޫވްވެއްޖެ،" މުންދު ވިދާޅުވި އެވެ. 

ވަކިކުރި ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އިވެލުއޭޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ. 

މިގޮތުން އިވެލުއޭޝަން މަސައްކަތުގެ ތެރެއިން ވަކިކުރާ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދެއް މުންދު މި ބައްދަލުވުމުގައި ހާމަކުރައްވާފައެއް ނުވެ އެވެ. 

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މަގާމުން ވަކިކުރި އަދި އިސްތިއުފާދެއްވި ސިޔާސީ މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ހަރަދުގެ ތަފްސީލް 14 ދުވަސް ތެރޭގައި ހާމަކުރަން މިދިޔަ ޖުލައި 5، ގައި އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް އެންގި އެވެ. 

ނަމަވެސް އެ 14 ދުވަސް ހަމަވީއިރުވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން މިހާރު އަންނަނީ ވަކިކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަމުންނެވެ. 

ސިޔާސީ މުވައްޒަފުންތައް ވަކިކުރަމުންދިޔަ ނަމަވެސް، ސަރުކާރުން ދަނީ ގިނަ އަދަދެއްގެ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކުރަމުންކަން ވެސް ފާހަގަކުރެވެ އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަރުކާރުގެ އެކި ވުޒާރާތަކުން މީގެ ކުރިން ބުނެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރެވޭނީ ރައީސް އޮފީހުން ކަމަށެވެ. 

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި އިންތިގާލީ މަރުހަލާގައި ވެސް ތަކުރާރުކޮށް ބުނަމުންދިޔައީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށް ވިދާޅުވެ، އެ ވާހަކަ މުންދު މީގެކުރިން ދިފާއުކުރައްވާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox