ނެދަލެންޑްސްގެ ބިލިއަން ޑޮލަރުގެ ރަން އެމެރިކާއިން ލަންޑަނަށް
ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ނުތަނަވަސްކަމާ ގުޅިގެން، އެމެރިކާ އާއި ކެނެޑާގައި ހުރި ނެދަލެންޑްސްގެ 86 ޓަނުގެ ރަން އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކޮށްފިއެވެ. ނެދަލެންޑްސްގެ މަރުކަޒީ ބޭންކުން މި ފިޔަވަޅު އެޅީ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ މުއާމަލާތްކުރުން ފަސޭހަ ކުރުމަށާއި، ގައުމުތަކުގެ މެދުގައި އުފެދިފައިވާ ވިޔަފާރީގެ ހިޔާލުތަފާތުވުންތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.