ހޮރްމޫޒުން ދަތުރުކުރާ 45 ޓޭންކަރެއް އީރާނުން ބްލެކްލިސްޓުކޮށްފި

Aug 25, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރުމުގައި އީރާނުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފުވި 45 ޓޭންކަރެއް ބްލެކްލިސްޓްކޮށް، އެ އުޅަނދުފަހަރާ މުދާ ބަދަލުކުރާ ކޮންމެ އުޅަނދަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފި އެވެ.

އީރާނުން އަލަށް އުފެއްދި "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އިން އާދީއްތަ ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބްލެކްލިސްޓް ކުރި އުޅަނދުފަހަރު ޖޫރިމަނާކޮށް، ހިފަހައްޓައި، އޭގައި ހުރި މުދާ ދައުލަތަށް ނެގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އީރާނުން މި އިންޒާރު ދީފައިވަނީ، އެމެރިކާއިން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅާނެ ކަމަށް ބުނެ އިންޒާރު ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެމެރިކާގެ އިންޒާރުތަކަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ދޭނެ ރައްދު ވާނީ "ބިރުވެރި" ރައްދަކަށް ކަމަށެވެ.

އީރާނުން މަނާކުރި އުޅަނދުފަހަރުގެ ލިސްޓުގައި ސާފުނުކުރާ ތެޔޮ އުފުލާ ބޮޑެތި އުޅަނދުފަހަރާއި، ދިޔާކުރި ގުދުރަތީ ގޭސް (އެލްއެންޖީ) އާއި ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އުފުލާ ޓޭންކަރުތަކުގެ އިތުރުން ތެލުގެ އެކި އުފެއްދުންތައް އުފުލާ އުޅަނދުފަހަރު ހިމެނެ އެވެ.

މި ލިސްޓުގައި ހިމެނޭ ބައެއް އުޅަނދުފަހަރަކީ ޔޫއޭއީގެ "އެޑްނޮކް ލޮޖިސްޓިކްސް އެންޑް ޝިޕިންގް" (އެޑްނޮކް އެލް އެންޑް އެސް) އާއި، އެ ކުންފުނީގެ ސަބްސިޑިއަރީއެއް ކަމަށްވާ "ނެވިގޭޓް ޓޭންކާސް" އަދި ސައުދީ އަރަބިއްޔާގެ ގައުމީ ޝިޕިންގް ކުންފުނި "ބަހްރީ" ގެ އުޅަނދުފަހަރެވެ.

އީރާނުގެ އޮތޯރިޓީން ބުނި ގޮތުގައި، ބްލެކްލިސްޓް ކޮށްފައިވާ އުޅަނދުފަހަރާ އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރުމުގެ މުއާމަލާތް ހިންގާ ކޮންމެ އުޅަނދެއް ވެސް އެ ލިސްޓަށް އިތުރުކުރެވޭނެ އެވެ.

އީރާނުން ބުނާ ގަވާއިދުތަކަކީ ކޮބައިކަން އެ ޕޯސްޓުގައި ތަފްސީލުކޮށްދީފައި ނުވި ނަމަވެސް، މީގެ ކުރިން ތެހެރާނުން ބުނެފައިވަނީ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުގެ ވެރިން އީރާނުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި، ސަލާމަތީ ކަންކަމާއި އެހެނިހެން ހިދުމަތްތަކަށް ފީ ދައްކަންޖެހޭނެ ކަމަށެވެ.

އީރާނުގެ މި ފިޔަވަޅުތަކާ ގުޅިގެން އެމެރިކާއިން ވެސް ވަނީ އީރާނާ ގުޅުންހުރި އުޅަނދުފަހަރުތައް ކަނޑުގެ މަގުން ބްލޮކްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox