ކޮން ގައުމެއްގައިތޯ ތި އުޅުއްވަނީ؟

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

"ކޮން ގައުމެއްގައިތޯ ތި އުޅުއްވަނީ؟" – މިއީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުހައްމަދު މުއިއްޒު ކޯފާ އިސްކުރައްވައި، "ދައުރު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން ނާޒިމްއަށް އަމާޒުކުރެއްވި ސުވާލެވެ. 

މުޒައްޔިން ވަގުތުން "ދިވެހިރާއްޖޭގައި" ކަމަށް ވިދާޅުވުމުން، ދެން ފެނުނީ އަޖައިބެއް ފަދަ މަންޒަރެކެވެ. މުއިއްޒު ސަރުކާރުން ކޮށްދިން ކަމަށް ވިދާޅުވާ ޑޮލަރުގެ "އިންގިލާބީ" އިންތިޒާމްތަކުގެ ލިސްޓެއް މޭޒުގެ ދަށުން ދަމައިލި އައިޕެޑަކުން ނުވަތަ މޯބައިލް ފޯނުން ވިދާޅުވާން ފަށްޓަވައި، މުޒައްޔިންގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ "އުނދަގުލުން" ރެކިވަޑައިގެން އެހެން ނޫސްވެރިޔަކަށް ފުރުސަތު ދެއްވި އެވެ. 

މިއޮތީ ހަގީގީ ސުވާލެވެ؛ އަހަރެމެން މިތިބީ ރާއްޖޭގަ އެވެ. މި ހަމަބިމާއި، ރައްޔިތުން އުޅޭ ހާލުން މުޅިން ވަކިވެ، ކޮންމެވެސް އެހެން ހަޔާތެއްގައި ނުވަތަ އެހެން ހާލަތެއްގައި އުޅުއްވަނީ މުއިއްޒުހެން ހީވާ ކަހަލަ އެވެ. 

ކަންވީ ގޮތަށް ބަލައިލަމާ ހިނގާށެވެ. ޑޮލަރު މާރުކުރަން މަޖުބޫރުކުރަން ތައްޔާރީތައް ވަމުންދިޔައިރު، ނޮވެމްބަރު 2024 ގައި މުއިއްޒު ދެއްކެވި ވާހަކަތަކަށް އަލިއަޅުވާލައި، މުޒައްޔިން ކުރި ސުވާލާމެދު މުއިއްޒު ގަޔާނުވި ކަމަށް ގަބޫލު ކުރެވެ އެވެ. ސަބަބަކީ، މުޒައްޔިން ފާހަގަ ފާހަގަ އެކުރީ މުއިއްޒުގެ ވައުދެއް ނުފުއްދެވޭ ވާހަކަ އެވެ. 

"2026ގެ ފުރަތަމަ ކުއާޓަރު ތެރެއަށް ދާއިރަށް، އަޅުގަނޑުމެން މި ޕްލޭންކޮށްގެން، ޓެކްނިކަލީ ވާކްކޮށްގެން ކުރާ ކަންތައް މިއީ. އެހިސާބަށް ދާއިރު، އަޅުގަނޑުމެންނަށް އެބަ ފުރުސަތު ލިބޭ، މި 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު، ބޭރަށް ފުރާއިރުގައި ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްކުރަންތޯ؟ 1000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބެންޏާ، އަޅުގަނޑު ހިތުން މި އާންމުކޮށް ބޭރަށްދާ ދިވެހިން ކުރައްވަން މި ވަޑައިގަންނަވާ ކަންކަމުގައި ވަރަށްބޮޑު ލުޔެއް އެބަ ލިބޭ، 500 ޑޮލަރުގެ ބަދަލުގައި ޑަބަލްކޮށްލެވުނީމަ. އެހެންވީމާ، 2026ގެ ފުރަތަމަ ކުއާރޓަރުގެ ތެރޭގައި، ފުރަތަމަ ތިންމަސް ތެރޭގައި، އަޅުގަނޑުމެންނަށް 1000 ޑޮލަރު ގަންނަން، ބޭންކް ރޭޓުގައި ގަންނަން ލިބޭ ގޮތް، ފުރާއިރުގައި ލިބޭ ގޮތް ހަދައިދެވޭނެއޭ، މި ޖަނަވަރީން ފެށިގެން މިކަން ފެށިއްޖިއްޔާ،" 2024 ގައި މުއިއްޒު ވިދާޅުވެފައިވަނީ މިހެންނެވެ. 

ފުރާއިރު 1000 ޑޮލަރު ލިބޭ މީހަކު މިރާއްޖޭގައި އެބަ އުޅޭ ހެއްޔެވެ. އެފަދަ ބޮޑު ކަމެއް ވި މުއިއްޒަށް ކިޔާ ތައުރީފާއި ސަނާއިން ސޯޝަލް މީޑިއާ ބަންޑުންވާނީ އެއީ އެމަނިކުފާނު އިގުތިސާދީ ހިކުމަތާއި، ދުރުވިސްނުމުގެ މޮޅު ވާހަކަތަކާވެސް އެކުއެވެ.  އޭރުން ހަމައެކަނި އެ ވާހަކަ ދައްކާނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެއް ނޫނެވެ. އަހަރެންނަށް މި އުޅެވެނީ އެހެން ރާއްޖޭއްގައި ކަމަށް ދެކި، އެފަދަ ވާހަކައެއް ލިޔެފައި އޮތްތޯ ސޯޝަލް މީޑިއާގެ އިތުރުން ނޫސްތައް ވެސް ހާވައި ބެލިއްޖެ އެވެ. ނުފެނުނެވެ. 

ދެން ވިޔަފާރިތަކަށް ޖެހިލާއިރު، ޓީޓީތަކަށް 50 ޕަސެންޓު ޑޮލަރު ސަޕޯޓު ދޭ ކަމަށް މުއިއްޒު އިއްޔެ ވިދާޅުވި ނަމަވެސް އެފަދަ ބޮޑު ނިއުމަތެއް ލިބިފައިވާ މީހަކާ އަހަރެންނާ ދިމައެއް ނުވި އެވެ. ނަމަވެސް ބައެއް ފަހަރު 40 ޕަސެންޓު ލިބިފައި ތިބި، ޕީއެންސީއަށް ސަޕޯޓުކުރާ ވިޔަފާރިވެރިން އެބަ ތިއްބެވެ. 

މިފަހަރު ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަން ނިންމި ނިންމުމަކީ ކުއްލިއަކަށް ގެނައި ބަދަލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މަޖިލީހަށް ހުށަހެޅި ބިލްގައި އޮތީ 20 ޕަސެންޓުގެ ވާހަކަ އެވެ. 40 ޕަސެންޓަށް ބޮޑުކުރަން ހުށަހެޅީ ތިން ވަނަ ކިޔުމުގަ އެވެ. އެހެންވެ، މިއީ ކުއްލި ބަދަލެކެވެ. 

ފަސް ސަތޭކަ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅޭ ގޮތުން މުއިއްޒު އޭރު ވާހަކަ ދެއްކެވިއިރު ވެސް ވިދާޅުވީ އެއީ  "ޕްލޭންކޮށްގެން، ޓެކްނިކަލީ ވާކްކޮށްގެން ކުރާ ކަންތައް" ކަމަށެވެ. ނަމަވެސް އެ ޖެހި ހިސާބެއް މިރާއްޖޭގައި ތިބި މީހުންނަށް ދިމާވި ތަނެއް ނުފެނުނެވެ. 

ދެން ވެސް އޮތީ އަންތަރީސް ނުވާންވީ ވާހަކައެއް ނޫނެވެ. 

"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތްކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން، މި އަހަރުގެ މާރިޗު މަހުން ފެށިގެން، އާންމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 ން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ. 

މި ވައުދާ އެއްގޮތަށް ޕްރެސް ކޮންފަރެންސް ނުބޭއްވޭ ކަމަށް މުޒައްޔިން ފާހަގަ ކުރެއްވުމަކީ، މުއިއްޒު ފާލުން ނެއްޓުނު އަނެއް ސަބަބެކެވެ. 

އޮޅުވާނުލައްވާށެވެ! ނޫސްވެރިންގެ ބައްދަލުވުމަކީ ހުރިހާ މީޑިއާތަކަށް ދައުވަތު ދީގެން، ވަގުތުން ވަގުތަށް ސުވާލުކުރެވޭ ގޮތަށް ބާއްވާ ކަމެކެވެ. "ޕަލްސް" އާއި "ނޭޝަން ޗެޓް" ފަދަ ޕްރޮގްރާމްތަކަކީ މުއިއްޒު މާނަކުރެއްވި ނޫސްވެރިންގެ ބައްދަލުވުންތައް ތޯއެވެ؟ ނޫނެކެވެ! އެއީ ޕްރެސް ކޮންފަރެންސްތަކެއް ނޫނެވެ. އެއީ ސަރުކާރާ އެއްކީލި އެޑިޓޯރިއަލް ޕޮލިސީތަކާއި މުއިއްޒު ޕްރޮމޯޓުކުރުމަށް ސަރުކާރުން ލާރި ދީގެން ހިންގާ މީޑިއާތައް މެދުވެރިކޮށް ގެނެސްދޭ ޕްރޮޕަގަންޑާ ތަމްސީލުތަކެކެވެ.

މުއިއްޒު ވައުދުވި ގޮތަށް ކޮންމެ ހަފުތާއަކު ޕްރެސް ކޮންފަރެންސް ބާއްވާނަމަ، މިރާއްޖޭގައި އުޅޭ ބަޔަކަށް އެކަން ސިއްރެއް ނުވާނެ އެވެ. އިތުރު ތަފްސީލެއް، ހެއްކެއް ދައްކަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ. އިއްޔެ ބިލްތައް ތަސްދީގުކުރެއްވުމަށް ފަހު ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދިންކަން އެންމެންނަށް އެނގެ އެވެ. 

ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންނަށް ކޮންމެ ހަފުތާއަކު ޖަވާބުދާރީވާނެ ކަމަށް ވައުދުވެވަޑައިގަތީ، އިއްޔެ މުއިއްޒު ވިދާޅުވި ގޮތަށް ކޮންމެވެސް ސިފައެއްގައި ކޮންމެ ހަފުތާއަކު ނޫސްވެރިޔަކާ ބައްދަލު ކުރުމުގެ އުސޫލުން ކަން ކުރެއްވުމަކަށް ނޫނެވެ. އެއީ ވައުދުވެވަޑައިގެންނެވި އުސޫލު ކަމަށް މިހާރު ގަބޫލު ކުރައްވަނަމަ ކޮންމެ ދުވަހަކު އެތައް ޕްރެސް ކޮންފަރެންސެއް ބާއްވަވަ އެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ 

ކޮންމެ ދުވަހަކު ރަސްމީ މަސައްކަތުގައި މުއިއްޒު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލްއާ ބައްދަލު ކުރައްވާނެ އެވެ. ހަލީލު އަދި އެ އޮފީހުގެ ޑެޕިއުޓީ މިނިސްޓަރު އިކްރާމް އަކީ ވެސް މުއިއްޒުގެ މަސްލަހަތު އޮތް އެމްއެމްޓީވީ ހިންގެވުމުގައި ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ. އޭގެ އިތުރުން އެކި ނަންނަމުގައި އޮންލައިން ނޫސްތައް ހިންގާ މީހުން ރައީސް އޮފީހުގެ ވަޒީފާތަކުގައި އެބަ ތިއްބެވެ. 

މި ރާއްޖޭގައި މުއިއްޒަށް ނިސްބަތްކޮށް ފާޑުފާޑުގެ ވާހަކަ މީހުން ދައްކަނީ މިފަދަ އެންމެންނަށް އެނގެން ހުރި ކަންކަމުގައިވާ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާތީ އެވެ. އެފަދަ ދިރިހުރި އެތައް މިސާލެއް އެބަ ހުއްޓެވެ. 

ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް ވިދާޅުވެ ދެއްކެވި ހުވަފެންތައް ކޮބައިހެއްޔެވެ؟ އަގު މައްޗަށް ގޮސް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 23ރ. އަށް އެރި އެވެ. އައްޑޫ ބްރިޖާއި، ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ވިލިނގިލީ އެއާޕޯޓު ފަދަ ބޮޑެތި ވައުދުތައް އޮތީ ހަމައެކަނި ކަރުދާހުގަ އެވެ. ލ. އަތޮޅު ޓްރާންޝިޕްމެންޓު ވެސް ކުލިއެއް ނުވި އެވެ. މި ލިސްޓު ކިތަންމެ ވަރަކަށް ވެސް ދިގު ކުރެވިދާނެ އެވެ. 

ކަމެއް ރަނގަޅަށް ގޮސްފިނަމަ އެއީ  އެ މަނިކުފާނުގެ މޮޅުކަމެވެ. ކަމެއް ގޯސްވެއްޖެނަމަ އެއީ އެހެން މީހުންގެ "ކުށެވެ". އާނއެކެވެ، އެއީ މިރާއްޖޭގައި އުޅޭ މީހުންނަށް ފެނުނު ރައީސް މުއިއްޒު އެވެ.

ރައީސް މުއިއްޒެވެ! ހަގީގަތުގައިވެސް... މަނިކުފާނު ތިޔަ އުޅުއްވަނީ ކޮން ގައުމެއްގައިތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox