ކުށް ކުރާ މީހުންނަށް ބޭންކު އެކައުންޓު ދޫކުރާ ފަރާތްތަކަށް މަނީ ލޯންޑަރިންގެ ދައުވާ ކުރާނެކަމުގެ އިންޒާރު

Sep 2, 2026, 5:36 PM
ޕީޖީ އައްބާސް ޝަރީފް: ވިދާޅުވީ އާންމުންގެ މައްޗަށް ދައުވާ ކުރަން ނިންމީ އެކައުންޓު ކުއްޔަށް ދޭ މައްސަލަ ބޮޑުވެގެން ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޕީޖީ އައްބާސް ޝަރީފް: ވިދާޅުވީ އާންމުންގެ މައްޗަށް ދައުވާ ކުރަން ނިންމީ އެކައުންޓު ކުއްޔަށް ދޭ މައްސަލަ ބޮޑުވެގެން ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކުށް ކުރާ މީހުންނަށް ބޭންކް ކާޑާއި ބޭންކް އެކައުންޓު ދޫކުރާ އާންމު ފަރާތްތަކަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ އުފުލާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ދެއްވައިފި އެވެ. 

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ ކުށް ކުރާ މީހުންނަށް އެކައުންޓު ކުއްޔަށް ދޭ މިންވަރު އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށާއި ދައުވާ ކުރަން ނިންމީ އެހެންވެ ކަމަށެވެ. 

"ސްކޭމް މައްސަލަތަކުގައި ވެސް ވަރަށް ބޮޑަށް ފާހަގަވޭ އެހެން މީހުންގެ އެކައުންޓް ބޭނުންކުރާކަން. އެކަން ކުރާ މީހާ ނޫން އެހެން މީހެއްގެ އެކައުންޓްތަކުގެ ތެރެއިން ފައިސާ ދައުރުކުރާކަން، އެހެންވީމާ އެ މައްސަލަތައް ވެސް ސީރިއަސްކޮށް ބަލާފައި ދައުވާކުރުމުގެ ވިސްނުން މިހާރު ހުރީ،" އައްބާސް ވިދާޅުވި އެވެ. 

ޕީޖީ އޮފީހުގެ އެހެން އޮފިޝަލަކު ބުނެފައި ވަނީ، ކާޑާއި އެކައުންޓު ކުއްޔަށް ނަގާ ފަރާތުން އެ ތަކެތި ބޭނުންކޮށްގެން ކުށެއްކޮށްފި ނަމަ ކާޑު ނުވަތަ އެކައުންޓުގެ ވެރި ފަރާތަށް ދައުވާ ކުރެވޭނެ ކަމަށެވެ. 

"މިސާލަކަށް އެކައުންޓް ނުވަތަ ކާޑު އެހެން މީހަކު ބޭނުންކުރަން ކުއްޔަށް ވިޔަސް ނޫނީ ކުއްޔަށް ނޫން ގޮތަށް ވިޔަސް ދީގެން އެ ކާޑު މެދުވެރިކޮށް ޣައިރުގާނޫނީ އަމަލެއް ކުރާ ހާލަތުގައި ކާޑު މެދުވެރިކޮށް މަނީ ލޯންޑްރިންގެ އަމަލެއް ކުރާ ހާލަތުގައި ކާޑުގެ ވެރިފަރާތަށް މަނީ ލޯންޑްރިންގެ އަމަލަކަށް ހިތްވަރު ދިނުން، މަގުފަހިކޮށްދިނުން، ބައިވެރިވުމުގެ ދައުވާކުރެވޭނެ،" ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. 

އެ މައްސަލައިގައި ފުލުހުން ވެސް އިއްޔެ ބަޔާނެއް ނެރުނެވެ. ބޭރު ފައިސާގެ ވިޔަފާރި ކުރާ ހަ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ބިދޭސީންގެ ވަގު ވިޔަފާރިތަކަށް ދިވެހިންގެ ނަމުގައި ހުންނަ އެކައުންޓުތަކާއި ވިޔަފާރިތަކުން މަގުފަހިކޮށްދޭކަން ފާހަގަވީ ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދަން އެކުލަވާލާފައިވާ ޓާސްކްފޯހަށް ކަމަށެވެ. 

"ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް، ބިދޭސީން އިސްވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތް ކުރުމަށް، އެފަރާތްތަކާ ހަވާލުކޮށްފައި ހުންނަކަން ފާހަގަވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފުލުހުން ބުނީ ކުށްކޮށްގެން ހޯދާ ފައިސާއިން މުއާމަލާތް ކުރުމަށާއި ދއުރު ކުރަން އެކައުންޓުތަކާއި ވިޔަފާރިތައް ދޫކުރާ ދިވެހިން ހޯދާ އެމީހުންގެ މައްޗަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.  

"އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓް އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިވިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް،" ފުލުހުން ބުނެފައިވެ އެވެ. "އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދެންދާނަން." 

ޑޮލަރު ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ފަށާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ދިޔުމުންނެވެ. އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ އަގު ހަބަރުތަކުގައި ގެނެސްދިނުން މަނާކޮށްފަ އެވެ. 

އޭގެ އިތުރުން، ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ ރިސޯޓުތަކުން ކަމަށް ތުހުމަތުކޮށް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހެދި އެވެ. 

ޑޮލަރު މާރުކުރަން މަޖުބޫރުވާ މިންވަރު އިތުރު ކުރަން މަޖުބޫރުވާ ބިލު ތަސްދީގު ކުރެއްވުމަށްފަހު މުއިއްޒު ވިދާޅުވީ، ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށާއި ރިސޯޓު އޯނަރު މުއްސަނދިވެފައި، އެހެން އެންމެން ދަތިހާލުގައި އުޅެން ދޫކޮށްނުލެވޭނެ ކަމަށެވެ. 

"ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާކުރަން [ނިކަމެތިކަމުގައި އުޅެން] ޖެހެނީ. ނުޖެހޭނެ އެކަން ކުރާކަށް، އަޅުގަނޑު މިކަމާ އުޅެން ފެށީމާ ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ،" ރައީސް ވިދާޅުވި އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސިއިރު، ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ރިސޯޓު ސަޕްލައި އާއި ތެޔޮ ބިލާއި ޓީޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި އާއި ރަށު ކުއްޔާއި ލޯނުތައް މިހާރު ވެސް ދައްކަނީ ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox