އެލްޖީއޭގެ ހުއްދަ ނެތި ކައުންސިލްތަކުން ވަޒީފާއަށް މީހުން ނެގުން މަނާކޮށްފި

ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ. ލާމަރުކާޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް މުއިއްޒު ވަނީ އަތުލާފައި --- ފޮޓޯ: ޕީއެންސީ

ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ. ލާމަރުކާޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް މުއިއްޒު ވަނީ އަތުލާފައި --- ފޮޓޯ: ޕީއެންސީ

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަކާ ނުލައި ރަށްރަށުގެ ކައުންސިލްތަކުން ވަޒީފާތަކަށް އިއުލާންކުރުން މަނާކޮށްފި އެވެ.

އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރުމަށްފަހު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި އެއީ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ. ލިޔުމުން ހުއްދަ ނުލިބޭނަމަ އެއްވެސް މުވައްޒަފަކު ކައުންސިލެއްގެ ވަޒީފާއިން ނެގުން އެލްޖީއޭއިން ވަނީ މަނާކޮށްފަ އެވެ. 

އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތައް ހިމެނެ އެވެ. ދުވަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ވެސް ހިމެނެ އެވެ. 

އެލްޖީއޭއިން މިފަދަ އުސޫލެއް ހަދާފައިވާއިރު ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު އިއްޔެ ވަނީ ތަސްދީގުކޮށްފަ އެވެ. 

ގާނޫނު ބަދަލުކޮށްފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox