ޓޯކުރާ އުޅަނދާ ހަވާލުނުވެއްޖެނަމަ ނީލަން ކިޔުމުގެ ބާރު މިނިސްޓްރީއަށް

ޕާކްކޮށްފައި ހުރި ވެހިކަލްތަކެއް ފުލުހުން ޓޯކުރަނީ -- ފޮޓޯ: އަދަދު

ޕާކްކޮށްފައި ހުރި ވެހިކަލްތަކެއް ފުލުހުން ޓޯކުރަނީ -- ފޮޓޯ: އަދަދު

ޓްރެފިކް ފުލުހުން ހިފަހައްޓާ އުޅަނދުތައް، އެ އުޅަނދުތަކުގެ ވެރިފަރާތުން ހަވާލުނުވެ އެއް މަސް ދުވަސްވުމުން ނީލަން ކިޔުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފި އެވެ. 

ރައްޔިތުންގެ މަޖިލީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނު މިދިޔަ ހަފްތާގައި ފާސްކުރީ ޓްރެފިކް ފުލުހުން ހިފަހައްޓާ އުޅަނދުތަކުގެ ވެރިފަރާތުން ހަވާލުނުވެ އެއް މަސް ދުވަސްވުމުން އެ އުޅަނދަކާމެދު އަމަލުކުރާނެ ގޮތެއް ޓްރާންސްޕޯޓް މިނިސްޓްރީން 14 ދުވަސް ތެރޭގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. 

ގާނޫނުގައި މިހާރު އޮތްގޮތުން ޓޯކުރާ އުޅަނދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހަވާލު ނުވެއްޖެނަމަ، އެ އުޅަނދު އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި ވިއްކާލެވިދާނެ އެވެ. މީގެ ކުރިން އެފަދަ އުޅަނދުތައް ނައްތާލާއިރު، ގާނޫނުގައި މިހާރުވެސް ނައްތާލުމުގެ ބާރުވެސް ދީފައިވެ އެވެ. 

އާންމުކޮށް ހުޅުވާލައިގެން ނީލަމުގައި އުޅަނދުތައް ވިއްކާލެވޭނީ ދައުލަތުގެ މާލިއްޔަޮތުގެ ގާނޫނާއި ގަވާއިދުގެ އިތުރުން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މަތިން ބީލަމުގެ އުސޫލުންނެވެ. 

މީގެއިތުރުން ނީލަންކިޔުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުގެ އިތުރުން، އުޅަނދު ނީލަންކިޔުމުގައި އަމަލުކުރަންވާނެ ގޮތާއި އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތު، ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަން ޖެހެ އެވެ. 

އުޅަނދެއް ނީލަން ކިޔައިގެންވެސް ނުވިއްކޭނަމަ އެ އުޅަނދެއް ނައްތާލުމުގެ ކަންކަން މިނިސްޓްރީން ކުރިއަށް ގެންދަން ޖެހެ އެވެ. އުޅަނދުތައް ނައްތާލަން ޖެހެނީ އޭގެ ސަބަބުން ތިމާވެއްޓަށްކުރާ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް އަދި ކަމާ ގުޅޭގޮތުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށެވެ. 

އުޅަނދެއް ނައްތާލުމުގެ ހަތް ދުވަސް ކުރިން އެ އުޅަނދެއްގެ މައުލޫމާތު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުގައި އަދި އެނޫންވެސް ޕްލެޓްފޯމުތަކުގައި މިނިސްޓްރީން އާންމުކުރަންވާނެ އެވެ. 

ޓޯކުރާ އުޅަނދާ ހަވާލުނުވެ އެއް މަސް ދުވަސްވުމުން އެ އުޅަނދާބެހޭ މައުލޫމާތު ސަރުކާރުގެ ގެޒެޓުގައި އާންމުކުރުމުގެ އިތުރުން، ފުލުހުންވެސް އެ މައުލޫމާތު އާންމުކުރަންޖެހެ އެވެ. 

ފުލުހުންނަށް އުޅަނދުތައް ޓޯކުރެވޭނީ އެ އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނާއި އެ ނޫންވެސް ގޮތަށް ގާނޫނަށް ހިލާފަށް އަމަލުކޮށްގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox