ޓޯކުރާ އުޅަނދާ ހަވާލުނުވެއްޖެނަމަ ނީލަން ކިޔޭގޮތަށް ހަދައިފި
ޓްރެފިކް ފުލުހުން ހިފަހައްޓާ އުޅަނދުތަކާ ވެރިފަރާތުން އެއް މަސް ތެރޭގައި ހަވާލުނުވެއްޖެނަމަ، އެ އުޅަނދުތައް ނީލަން ކިޔުމުގެ ނުވަތަ ނައްތާލުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިނުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު ވަނީ އިސްލާހުކޮށްފައި. މިގޮތުން ނީލަން ކިޔައިގެން ނުވިއްކޭ އުޅަނދުތައް ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަކަށް ނައްތާލަން ޖެހޭ.