ކޮމަންޑޫ ފެނަކަ ބްރާންޗުގެ ނުވަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ކޮމަންޑޫ އިންޖީނުގެ: އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ނުވަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޕީސީބީގެ ސާކިއުލާ ސަބަބަކަށް ދެއްކުމަށް ފަހު -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ކޮމަންޑޫ އިންޖީނުގެ: އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ނުވަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޕީސީބީގެ ސާކިއުލާ ސަބަބަކަށް ދެއްކުމަށް ފަހު -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ށ. ކޮމަންޑޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ ނުވަ މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް، މުހައްމަދު ސިނާން ވިދާޅުވީ އެ ރަށުގެ ފެނަކައިން ވަޒީފާއިން ކަނޑާލާފައި ވަނީ އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ކަމަށެވެ. އޭގެ ތެރޭގައި އެ ކުންފުނީގައި އަށް އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ބަޔަކަށް ޓާގެޓުކޮށްގެން ވަޒީފާއިން މި ކަނޑާލީ، ސީދާ ހަމަ ކެމްޕޭންތަކުގައި އުޅޭ، އެމްޑީޕީއަށް ސަޕޯޓުކުރާ ކުދިން، އޭގެ ތެރޭގައި އެބަ ތިބި ފެނަކައިގައި ނުވަ އަހަރު ވަޒީފާ އަދާކުރި މީހުން ވެސް،" ސިނާން ވިދާޅުވި އެވެ.

Advertisement

ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަކިކުރުމުން އެ ރަށު ރައްޔިތުން ފެނަކަ އޮފީހަށް ވަދެއްޖެ

ރައްޔިތުން އޮފީސް ތެރެއަށް ވަނީ އެތަނުގެ ވެރިންނާ ބައްދަލުކުރަން އެދުމުން އެ ފުރުސަތު ނުދިނުމުން ކަމަށާއި، މުޒާހަރާ ނިންމާލީ ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް އެދި ފެނަކަ އެމްޑީއަށް ސިޓީއެއް ފޮނުވާނެ ކަމަށް އެތަނުގެ ވެރިޔާ ބުނުމުންނެވެ.

އޭނާ ބުނީ އެ ރަށު ފެނަކަ ބްރާންޗުގެ މެނޭޖަރަކަށް ހުރި ބޭފުޅާގެ ގާތް ތިމާގެ ގިނަ ބަޔަކު މިހާރު ވެސް ވަޒީފާގައި އެބަތިބި ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ސިނާން ވިދާޅުވި އެވެ.

"މި ރަށުގެ އެންމެ އާއިލާއެއްގެ ބަޔަކު ފެނަކައިގައި ވެރިކަން ކުރަނީ، މި ރަށުގައި ޕީއެންސީ ހިންގަން މަސައްކަތް ކުރާ މީހުންގެ އާއިލާގެ މީހުން ފެނަކައިގައި ތިބީ، މިހާރު ވެސް އެބަހުރި ފިންގާ ޖަހަން ދާން ނުޖެހޭ އެސިސްޓެންޓް މެނޭޖަރެއް، ވަޒީފާއިން ވަތްކެއް ނުކުރޭ، ކޮންޓްރެކްޓު މުވައްޒަފުން އެބަތިބި ވަޒީފާއިން ވަތްކެއް ނުކުރޭ،" ސިނާން ވިދާޅުވި އެވެ.

ކޮމަންޑޫ ފެނަކަ ބްރާންޗުން ނުވަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވަނީ  ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާ އުޒުރަކަށް ދެއްކުމަށް ފަހު، އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޕީސީބީން އެންގީ މިދިޔަ އޭޕްރިލް މަހު އެވެ. ޕީސީބީގެ އެ އެންގުމަކީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، އެންގި އެންގުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ސާކިއުލާއާ އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވަކިކޮށް ނިންމުމަށް އަންގައި މިދިޔަ މަހުގެ 18، ގައި ޕީސީބީން ވަނީ އިތުރު ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައި އަންގާފައި ވަނީ ޖުލައި 13. އިން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމުމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

އެ އެންގުމާ އެއްގޮތަށް އައްޑޫ އާއި ފުވައްމުލަކު ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގައި ތިބި އެތައް ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އެގޮތުން، ށ. ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ރައްޔިތުން މިއަދު ވަނީ ފެނަކަ އޮފީހަށް ވަދެ އެ ކުންފުނީގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވައި އިހުތިޖާޖުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox