ރާއްޖޭން ވެސް ވާދަކުރާ އޭޝިއަަން ގޭމްސްގެ އެކޮމޮޑޭޝަން އަށް ކްރޫސް ޝިޕެއް ވެސް ބޭނުންކުރާނެ

މި ފަހަރުގެ އޭޝިއަން ގޭމްސްގައި އެކޮމަޑޭޝަނެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ދި ކޯސްޓާ ސެރޭނާ ކްރޫސް ޝިޕް.-- ފޮޓޯ: ގެޓީއިމޭޖަސް

މި ފަހަރުގެ އޭޝިއަން ގޭމްސްގައި އެކޮމަޑޭޝަނެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ދި ކޯސްޓާ ސެރޭނާ ކްރޫސް ޝިޕް.-- ފޮޓޯ: ގެޓީއިމޭޖަސް

އަންނަ މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސް އަށް އަންނަ ގައުމުތަކުގެ ޑެލިގޭޝަންގެ ތެރެއިން ބަޔަކު، ޖަޕާންގެ ޑޮކްގައި އެ މުއްދަތުގައި ބާއްވާ އިޓަލީގެ ކްރޫސް ޝިޕް، ކޮސްޓާ ސެރޭނާގައި ވެސް މަޑުކުރަން ޖެހޭނެ ކަމަށް އޭޝިއަން ގޭމްސްގެ އޮގަނައިޒަރުން ބުނެފި އެވެ. 

އަންނަ މަހު 19 އިން އޮކްޓޫބަރު 4 އަށް ޗަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި، އައިޗީ އާއި ނަގޯޔާގެ އިތުރުން ޓޯކިޔޯގައި ވެސް ބައެއް އެތުލީޓުންނާއި އޮފިޝަލުންގެ އެކޮމަޑޭޝަން ވަނީ ހަމަޖައްސައިފަ އެވެ.

އޭޝިއަން ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފަ އެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ.

ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ. ރާއްޖޭގެ ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ، އެ އެތުލީޓުންގެ އިވެންޓް ވެސް ކުރިއަށްދާ ސިޓީ ކަމަށްވާ ޓޯކިޔޯގަ އެވެ. ރާއްޖޭގެ ބާކީ ކުޅިވަރުތަކުގެ އެތުލީޓުން ނަގޯޔާގައި ތިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ސާފިން ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނަށް ވުރެން 1 ގަޑިއިރާއި 30 މިނިޓުން ދެވޭ ދުރުމިނުގަ އެވެ. އަދި، ޝޫޓިން ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނާ ބަލާއިރު ބައިގަޑިއިރެއްހާއިރުން ދެވޭ ދުރުމިނުގަ އެވެ. 

އޭޝިއަން ގޭމްސް އަށް އެކި ގައުމުތަކުން 15000 އެތުލީޓުންނާއި އޮފިޝަލުން ޖަޕާނަށް ދާނެ ކަމަށް ކުރިން ވަނީ ބެލެވިފަ އެވެ. އެކަމަކު، ފަހުން އޭޝިއަން ގޭމްސްގައި ހިމެނި ކުޅިވަރުތަކާ އެކު، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބުނެފައިވަނީ،  އޭޝިއަން ގޭމްސްގައި އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން އެކި ގައުމުތަކުން ބައިވެރިވާ މެމްބަރުންގެ އަދަދު 17000 އާ ގާތްކުރާނެ ކަމަށެވެ. 

އައިޗީ-ނަގޯޔާ އޭޝިއަން ގޭމްސް އޮލިމްޕިކް ކޮމިޓީ އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، އެކޮމަޑޭޝަނާ ގުޅޭގޮތުން މީޑިއާގައި ދައުުރުވާ ނުރަނގަޅު މައުލޫމާތު ހިމެނޭ ކަންކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ. އެ ގޮތުން، ގޭމްސްގެ އެންޓްރީ ހަދަން ކަނޑައަޅާފައިވާ ސުންގަނޑީގެ ކުރިން ފޮނުވާފައިވާ ހުރިހާ ފަރާތަކަށް އެންމެ ރަނގަޅު އެކޮމަޑޭޝަން ހަމަޖައްސާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ދީފަ އެވެ. 

އެކަމަކު، އޮގަނައިޒިން ކޮމިޓީގެ ބައެއް މެމްބަރުން އަންނަނީ ލިބިފައިވާ ބަޖެޓްގެ ތެރެއިން ހުރިހާ ކަމެއް ހަމަޖައްސަން ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ. އަދި، ބައެއް ކަހަލަ ކަންކަން އަމިއްލަ އަށް ހަމަޖައްސަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ޖުމްލަކޮށް، ރަނގަޅު ގޭމްސް އެއް ހޯސްޓް ކުރުމަށް އަމާޒުހިފާފައިވާ ކަމަށެވެ. 

މި ފަަހަރުގެ އޭޝިއަން ގޭމްސްގައި، އޮލިމްޕިކްސް ގޮތަށް ހުރިހާ އެތުލީޓުންނާއި އޮފިޝަލުންނަށް އެތުލީޓްސް ވިލޭޖެއް ހަމަޖެހިފައިނުވާއިރު، ވަގުތީ އެކޮމަޑޭޝަންތަކެއް ވެސް ބޭނުންކުރަަން ޖެހޭނެ އެވެ. އެ ގޮތުން، 4000 ނޫނީ 5000 ވަރަކަށް އެތުލީޓުންނާއި އޮފިޝަލުންގެ އެކޮމަޑޭޝަން، ޖަޕާންގައި އެ މުއްދަތުގައި ބާއްވާ އިޓަލީގެ ކްރޫސް ޝިޕް، ކޮސްޓާ ސެރޭނާގައި ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން، 2000 ވަރަކަށް އެތުލީޓުންނާއި އޮފިޝަލުން ޝިޕިން ކޮންޓެއިނާ ސްޓައިލުގެ ހަޓްތަކުގައި ވެސް އެކޮމަޑޭޓްކުރަން ޖެހޭނެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox