އަންހެން ސާފިންގައި އާޔާ ފަހަތަށް ޖައްސައިނުލެވުނު: އަބަދުވެސް ޗެމްޕިއަން!

Nov 1, 2024, 3:41 PM
އަންހެން ސާފިންގައި އާޔާ ފަހަތަށް ޖައްސައިނުލެވުނު: އަބަދުވެސް ޗެމްޕިއަން!

ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް، ރަންނަމާރި ޗެލެންޖްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މި މުބާރާތް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޯދައިފި އެވެ.

ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި އަންހެން ޑިވިޝަން ހިމެނީ 2021 ގަ އެވެ. އެ އަހަރު އާޔާ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދިއިރު، އޭގެ ފަހުން ސާފިން މުބާރާތެއްގައި އަންހެން ޑިވިޝަން ހިމެނި ހުރިހާ ފަހަރަކު ޗެމްޕިއަންކަން ހޯދީ އާޔާ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އަންހެން ސާފަރު، އާޔާ ވަނީ 2021 ގެ ރަންނަމާރި ޗެލެންޖު ހޯދުމުގެ އިތުރުން 2022 ގައި ގދ. ގައްދޫގައި އޮތް ކަޅެގަލެކޮޑާ މުބާރާތާއި ކ. ހިންމަފުށީގައި އޮތް ގާމާދޫކޮޅު ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު އަންހެން ސާފިން އެތުލީޓު، އާޔާ މި ފަހަރު ގައުމީ ޓްރޮފީ ހޯދީ ފަސް ސާފަރުންނާ ވާދަކޮށްފަ އެވެ. ސާފިންގެ އަންހެން ޑިވިޝަނުގައި ނަމްބަރު އިތުރު ފަހަރެއްގެ ގޮތުގައި ފާހަގަކުރެވުނު މި މުބާރާތުގެ ފައިނަލުގައި އާޔާ ކުރިހޯދީ ތަޖުރިބާކާރު ސާފަރު، ޝާޒިޔާ ސައީދު (ޝާޒު) ބަލިކޮށްފަ އެވެ. ފައިނަލް ހީޓަށް ބަލާއިރު، އާޔާ އެޅި ތިން ރާޅުގެ ތެރެއިން ރަނގަޅު ދެ ރާޅުގެ ސްކޯ އިން ނަތީޖާ ބެލިއިރު، ޖުމްލަ 10.25 ޕޮއިންޓް ސްކޯކުރި އެވެ. ޝާޒު، ހަ ރާޅު ސްކޯކުރިއިރު، ރަނގަޅު ދެ ރާޅަށް ޖުމްލަ އެކު ލިބުނީ، 6.50 ޕޮއިންޓެވެެ.

މި އަހަރު ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭން ނެރުނު ނަތީޖާ އަށް ބަލައިފައި، ޖަޕާނުގައި 2026 ވަނަ އަހަރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ އަންހެން ސާފިންގައި ސައުތު އޭޝިއާ އަށް ލިބޭ ސްލޮޓް ރާއްޖެ އަށް ކަށަވަރުވަރުވި އެވެ. ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެެވެ. އެ ތާރީހީ ގޭމްސް އަށް ރާއްޖެއިން ދާނެ އަންހެން ސާފަރަކު ނިންމާނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނުންނެވެ. މި ވަގުުތު ފެންނަމުން އަންނަ މަންޒަރަށް ބަލާއިރު، އެ ޖާގަ އާުޔާ އަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރަންނަމާރި ޗެލެންޖްގައި މި ފަހަރު އަންހެން ޑިވިޝަނުގެ ތިން ވަނަ ހޯދީ ރިޝްތާ ސުޖާއު އެވެ. އޭނާ ވަނީ އެ ހީޓުގައި، 6.25 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެއީ، ހަ ރާޅުގައި އެޅިއިރު، އެންމެ ފަހު ރާޅުން ސްކޯ ރަނގަޅުކޮށްގެން ހެދި ޖުމްލަ އެކެވެ. އެ ހީޓުގައި ދެން ވާދަކުރި، އަލަށް ވާދަވެރި މުބާރާތެއްގައި ވާދަކޮށް ތިން ވަނަ ހޯދި ރައުފާ އަހުމަދުގެ ސްކޯ އަކީ 4.80 ޕޮއިންޓެވެ. އޭނާ ވަނީ ޖުމްލަ، ހަތަރު ރާޅު އަޅައިފަ އެވެ.

އަންހެން ޑިވިޝަންގައި ދެން ވާދަކުރީ އަލަށް ފެނިގެންދިޔަ، އައިމިނަތު ތާނީސް ޝިރާންގެ އިތުރުން، މީގެ ކުރިން ވެސް މުބާރާތުން ފެނިފައިވާ ނަހާ ނަސްރުﷲ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox