އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ 81

Aug 29, 2026, 12:06 PM
2014 ވަަނަ އަހަރު ދެކުނު ކޮރެއާގެ އިޗިއޮންގައި ބޭއްވި އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

2014 ވަަނަ އަހަރު ދެކުނު ކޮރެއާގެ އިޗިއޮންގައި ބޭއްވި އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

އަންނަ މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގަައި ފެނިގެންދާނެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޖުމްލަ އަދަދަކީ 81 މެމްބަރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ. 

އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން "އަދަދު ސްޕޯޓްސް" އަށް ބުނީ، އޭޝިއަން ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ.

އަންނަ މަހު 19 އިން އޮކްޓޫބަރު 4 އަށް ޗަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި، އައިޗީ އާއި ނަގޯޔާގެ އިތުރުން ޓޯކިޔޯގައި ވެސް ބައެއް އެތުލީޓުންނާއި އޮފިޝަލުންގެ އެކޮމަޑޭޝަން ވަނީ ހަމަޖައްސައިފަ އެވެ.

ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ. އެއީ، ކުޅިވަރުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސްޕޯޓްސް މިނިސްޓަރުގެ ޑެލިގޭޝަން ވެސް ހިމަނައިގެންނެވެ. 

ރާއްޖޭގެ ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ، އެ އެތުލީޓުންގެ އިވެންޓް ވެސް ކުރިއަށްދާ ސިޓީ ކަމަށްވާ ޓޯކިޔޯގަ އެވެ. ރާއްޖޭގެ ބާކީ ކުޅިވަރުތަކުގެ އެތުލީޓުން ނަގޯޔާގައި ތިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ސާފިން ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނަށް ވުރެން 1 ގަޑިއިރާއި 30 މިނިޓުން ދެވޭ ދުރުމިނުގަ އެވެ. އަދި، ޝޫޓިން ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނާ ބަލާއިރު ބައިގަޑިއިރެއްހާއިރުން ދެވޭ ދުރުމިނުގަ އެވެ. 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ އޭޝިއަން ގޭމްސް އަށް ދާ ކޮންޓިންޖެންޓުގެ މެމްބަރުންނާ އެކު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ވެސް ދާދި ފަހުން ބާއްވައިފަ އެވެ. 

އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. 

ރާއްޖޭން ވެސް ވާދަކުރާ އޭޝިއަަން ގޭމްސްގެ އެކޮމޮޑޭޝަން އަށް ކްރޫސް ޝިޕެއް ވެސް ބޭނުންކުރާނެ

ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ބައިވެރިވާ އެތުލީޓުންގެ އަދަދު އިތުރުވުމާ ގުޅިގެން، ބައެއް ޑެލިގޭޝަންތައް ބޭތިއްބުމަށް ކްރޫސް ޝިޕެއް ބޭނުންކުރުމަށް ވަނީ ނިންމާފައި. ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާ މި މުބާރާތުގައި، އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން 17،000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ

އޭޝިއަން ގޭމްސް އަކީ އޮލިމްޕިކްސް އަށް ފަހު ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. އެންމެ ފަހުން، އޭޝިއަން ގޭމްސް އޮތީ 2023 ވަނަ އަހަރު ޗައިނާގެ ހަންޒޫގަ އެވެ. 

އޭޝިއަން ގޭމްސް އަށް 40 އަށް ވުރެން ގިނަ ގައުމުތަކުން 15000 އެތުލީޓުންނާއި އޮފިޝަލުން ޖަޕާނަށް ދާނެ ކަމަށް ކުރިން ވަނީ ބެލެވިފަ އެވެ. އެކަމަކު، ފަހުން އޭޝިއަން ގޭމްސްގައި ހިމެނި ކުޅިވަރުތަކާ އެކު، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބުނެފައިވަނީ،  އޭޝިއަން ގޭމްސްގައި އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން އެކި ގައުމުތަކުން ބައިވެރިވާ މެމްބަރުންގެ އަދަދު 17000 އާ ގާތްކުރާނެ ކަމަށެވެ. 

މި ފަަހަރުގެ އޭޝިއަން ގޭމްސްގައި، އޮލިމްޕިކްސް ގޮތަށް ހުރިހާ އެތުލީޓުންނާއި އޮފިޝަލުންނަށް އެތުލީޓްސް ވިލޭޖެއް ހަމަޖެހިފައިނުވާއިރު، ވަގުތީ އެކޮމަޑޭޝަންތަކެއް ވެސް ބޭނުންކުރަަން ޖެހޭނެ އެވެ. އެ ގޮތުން، 4000 ނޫނީ 5000 ވަރަކަށް އެތުލީޓުންނާއި އޮފިޝަލުންގެ އެކޮމަޑޭޝަން، ޖަޕާންގައި އެ މުއްދަތުގައި ބާއްވާ އިޓަލީގެ ކްރޫސް ޝިޕް، ކޮސްޓާ ސެރޭނާގައި ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން، 2000 ވަރަކަށް އެތުލީޓުންނާއި އޮފިޝަލުން ޝިޕިން ކޮންޓެއިނާ ސްޓައިލުގެ ހަޓްތަކުގައި ވެސް އެކޮމަޑޭޓްކުރަން ޖެހޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox