ޕެންޝަން އޮފީހުގެ ބޯޑަށް އިތުރު މެންބަރަކު އައްޔަނުކޮށްފި

ޕެންޝަން އޮފީހުގެ ބޯޑަށް އަލަށް އައްޔަނުކުރި އަހުމަދު އަލީ -- ފޮޓޯ: އެސް އެންޑް އޭ ލޯޔާސް

ޕެންޝަން އޮފީހުގެ ބޯޑަށް އަލަށް އައްޔަނުކުރި އަހުމަދު އަލީ -- ފޮޓޯ: އެސް އެންޑް އޭ ލޯޔާސް

ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފި އެވެ.

އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި އެ ބޯޑަށް އައްޔަނުކުރީ އަހުމަދު އަލީ އެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ އޯގަސްޓު 23، ގަ އެވެ.

އަހުމަދު އަލީއަކީ މީގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެސިސްޓެންޓު ކޮމިޝަނާ ޖެނެރަލްގެ މަގާމާއި ޑިރެކްޓާ ޖެނެރަލް އޮފް ލާޖް ބިޒްނެސް އަދި ސީނިއާ ޑިރެކްޓާ އޮފް ލާޖް ޓެކްސްޕޭޔާ ސާވިސަސްގެ މަގާމު ފުރުއްވައިފަ އެވެ.

އަހުމަދަކީ މާސްޓާ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗްލާ އޮފް އެކައުންޓިން އަދި ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ އަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އަދި ޔޫކޭގެ އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިﷲް އެކައުންޓަންޓްސް (އޭސީސީއޭ) ގެ ފެލޯ މެންބަރެކެވެ.

ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި ބޮންޑު މުއާމަލާތް ހިންގައި، 2.4 ބިލިއަން ރުފިޔާ "ޗާޕުކޮށްފި"

ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކޮށް، ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު ސަރުކާރުގެ ހަރަދުތަކަށް އެ ފައިސާ މިއަދު ވަނީ ނަގާފަ. އިގުތިސޯދީ މާހިރުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރި ނަމަވެސް، ސަރުކާރާއި ޕެންޝަން އޮފީހުން ބުނަނީ މިއީ ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށް.

ޕެންޝަން އޮފީހުގެ ބޯޑަށް އައު ބޭފުޅަކު އައްޔަނުކުރައްވާފައިވާއިރު، އެ ބޯޑުގެ މެންބަރުންގެ ގޮތުގައި މީގެ ކުރިން ތިއްބެވި މެންބަރުން ވަނީ، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން ދެކޮޅު ހަދައި އެ ބޯޑުން އިސްތިއުފާދެއްވައިފަ އެވެ.

އޭގެ ފަހުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގައި އިސް މަގާމުތައް ފުރުއްވަމުން ގެންދެވި ބޭފުޅުން ވެސް ވަނީ މަގާމުތަކުން އިސްތިއުފާދެއްވައިފަ އެވެ.

ނަމަވެސް، އެ މީހުންނާއި ފަންނީ މާހިރުންނާއި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއަމަލާތް ކުރިއަށް ގެންގޮސް، އެ ފައިސާ މިދިޔަ ޖުލައި 23 ގައި ވަނީ ޗާޕުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox