ރައީސް އޮފީހުން އަންގައިގެން ހުޅުމާލެއިން ނުއަގުގައި މީހަކަށް ގޯއްޗެއް ވިއްކާލަނީ

ރައީސް މުހައްމަދު މުއިއްޒާއި މިނިސްޓަރު މުއްތަލިބު: ނުއަގުގައި ގޯތި ވިއްކަނީ ޕީއެންސީގެ މެންބަރަކަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް މުހައްމަދު މުއިއްޒާއި މިނިސްޓަރު މުއްތަލިބު: ނުއަގުގައި ގޯތި ވިއްކަނީ ޕީއެންސީގެ މެންބަރަކަށް -- ފޮޓޯ: އަދަދު ފައިލް

ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއްވާ ގޮތަށް ހުޅުމާލެ ފޭސް ދެއަކުން އަމިއްލަ މީހަކަށް ބިމެއް ވިއްކާލަން ނިންމައިފި އެވެ. 

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ހައުސިން މިނިސްޓްރީގެ މެމޯއެއްގައި ބުނެފައިވާ ގޮތުން އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލެއިން 1250 އަކަފޫޓުގެ ބިމެއް ވިއްކަން ނިންމާފައި ވަނީ 468،750 ރުފިޔާއަށެވެ. އެއިރުން އަކަފޫޓަކަށް ޖެހެނީ އެންމެ 375 ރުފިޔާ އެވެ. 

ހުޅުމާލޭ ބިމުގެ އަސްލު އަގު އުޅެނީ އަކަފޫޓަކަށް 10،000 ރުފިޔާއަށްވުރެ ވެސް މަތިންނެވެ. އެހެންކަމުން އަހުމަދު ޒާހިރަށް ބިން ވިއްކާފައި ވަނީ 96 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ. 

Advertisement

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް އަދި އަދަދު އާ ވާހަކަ ދައްކަމުން ބުނީ ޒާހިރަށް ނުއަގުގައި ގޯތި ވިއްކަން ހައުސިން މިނިސްޓްރީއަށް އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ޒާހިރަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރެކެވެ. 

ހައުސިން މިނިސްޓްރީގެ މެމޯގައިވާ ގޮތުން، އެވަރުގެ ބޮޑު ޑިސްކައުންޓެއް ދިނުމަށްފަހު ފައިސާ ދެއްކުމަށް ވެސް އަހުމަދު ޒާހިރަށް ވަނީ ބޮޑު ލުއިތަކެއް ދީފަ އެވެ. އެގޮތުން ފުރަތަމަ 50،000 ރުފިޔާ ދެއްކުމަށްފަހު ބާކީ ބައި ދައްކަންޖެހެނީ ފަސް އަހަރަށް ބަހާލައިގެންނެވެ. 

އެ މެމޯ ލީކުވުމުން ފާޑުކިޔުން އަމާޒުވެފައި އޮއްވައި، ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ އެ މެމޯގެ ސައްހަކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ ޒާހިރަށް ގޯތި ވިއްކަނީ އޭނާއަށް ލިބިފައިވާ ނުހައްގު އަނިޔާއަކަށް ބަދަލު ދިނުމަށް ކަމަށެވެ. 

ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. އެކަމަކު ވިދާޅުވީ އެ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ އިން ތަފުސީލީ ބަޔާނެއް ނެރޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox