ހުޅުމާލޭގައި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ދެ މީހުންނަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ އެކްސިޑެންޓުގައި ބޭނުންނުކުރެވޭ ވަރަށް ކާރު ހަލާކުވެފައިވާއިރު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު މިހާރު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.







