ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ މަރުވެއްޖެ

Aug 8, 2026, 6:52 PM
ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ.

ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ.

ރޮސާރިއޯ، އާޖެންޓީނާ (އޮގަސްޓް 8) - އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ އެވެ. 

އުމުރުން 68 އަހަރުގެ ޖޯޖް މެސީ މަރުވެފައިވަނީ، އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަނިކޮށެެވެ. 

ވިޔަފާރީގައި އުޅެމުން އައި ޖޯޖް މެސީ ބަލިވެގެން، ފަރުވާ ހޯދަމުން އަންނަތާ ދޮޅު އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ދާދި ފަހުން، ދެކުނު އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިދިޔަ، ޖޫން/ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި މެސީ ވެސް ވަނީ، ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން، އަމިއްލަ ދިރިއުޅުމުގައި އުނދަގޫ ދުވަސްތަކެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ކަަމަށް ބުނެފަ އެވެ. 

ލިއޮނަލް މެސީ (ކ) އާއި އޭނާގެ ބައްޕަ ޖޯޖް މެސީ.
ލިއޮނަލް މެސީ (ކ) އާއި އޭނާގެ ބައްޕަ ޖޯޖް މެސީ.

ޖޯޖް މެސީ އަކީ، ލިއޮނަލް މެސީގެ އޭޖެންޓެއްގެ ދައުރު އަދާކުރަމުން އަންނަ ފަރާތެވެެ. މެސީގެ ކެރިއަރުގެ ހުރިހާ ކަމެއްގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރި ޖޯޖް އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ލިއޮނަލް މެސީގެ ކަންކަން ހަމަޖެއްސުމުގައި އެންމެ ކައިރީގައި ހުރި ފަރާތެވެ. އެ ގޮތުން، ޅަ އުމުރުގައި، މެސީ ގޮވައިގެން، ރޮސާރިއޯ އިން ސްޕެެއިންގެ ބާސެލޯނާ އަށް މެސީގެ ދިރިއުޅުން ބަދަލުކޮށް، އެންމެ ކައިރީގައި ޓްރެއިނިން އިން ފެށިގެން ސިއްހީ ކަންތައްތަކުގައި އެހީތެރިވުމަށް ހުރީ ޖޯޖް އެކަންޏެވެ. 

ޔޫރަޕްގައި މެސީ އަށް ހަމަޖެހިިލައިގެން އުޅެން ފަރިތަވީ ބައްޕަ، ޖޯޖް މެސީގެ ގިނަ ގުރުބާނީތަކަކަށް ފަހު އެވެ. 

ބާސެލޯނާ ދޫކޮށް، މެސީ، ޕީއެސްޖީގައި ދެ އަހަރު ހޭދަކުރުމަށް ފަހު، މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ބަދަލުވުމާއި، މެސީގެ ބްރޭންޑް އުފެއްދުމާއި ވިޔަފާރިތަކުގައި މެސީގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި، ކުންފުންޏެއް ސިފައިގައި ހުރިހާ ކަމެއް މެނޭޖްކުރަމުން އައީ ޖޯޖް މެސީގެ ބެލުމުގެ ދަށުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox