މި ފަހަރު ވެސް އެމްއެލްއެސް އޯލް ސްޓާ މެޗުގައި މެސީ ނުފެންނާނެ

Jul 23, 2026, 9:21 AM
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން މެސީ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން މެސީ.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 23) - އެމެރިކާގެ ފުޓްބޯޅަ ލީގުތަކުގައި ކުޅޭ މަޝްހޫރު ހުރިހާ ކުޅުންތެރިން ހިމަނައިގެން ކޮންމެ އަހަރަކު ކުރިއަށްދާ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އޯލް ސްޓާ މެޗުގައި މި ފަަހަރު ވެސް އިންޓަ މިއާމީ އާއި އާޖެންޓީނާ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ނުފެންނާނެ އެވެ. 

ވޯލްޑް ކަޕްގެ ފައިނަލުން ސްޕެއިން އަތުން 1-0 އިން ބަލިވި އާޖެންޓީނާގެ ކެޕްޓަން، މެސީ، މިދިޔަ އަހަރު ވެސް އެމްއެލްއެސް އޯލް ސްޓާ މެޗުގައި ކުޅެފައިނުވެ އެެވެ. މެސީ، 39، މިދިޔަ އަހަރު އެ މެޗުގައި ކުޅެފައިނުވަނީ ވަރުބަލިކޮށް ހުރުމުން ކަމަށް އޭރު ވަނީ ބުނެފަ އެވެ. 

އެ ގޮތުން، މިދިޔަ އަހަރު، މެސީ އާއި އިންޓަ މިއާމީގެ ސްޕެނިޝް ފުލްބެކް، ޖޯޑީ އަލްބާގެ ނަން އެމްއެލްއެސް އޯލްސްޓާސް ޓީމުގައި ހިމެނި ނަމަވެސް، އެ ދެ ކުޅުންތެރިން ބައިވެރިވެފައިނުވެ އެވެ. އެމްއެލްއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޯލް ސްޓާ މެޗަށް ނަގާފައިވާ ކުޅުންތެރިއަކު، އެމްއެލްއެސްގެ ހުއްދަ ނުހޯދައި، އެ މެޗު ނުކުޅެން ނިންމައިފިނަަމަ، އެ ކްލަބުން ދެން އެންމެ އަވަހަށް ކުޅޭ މެޗެއްގައި އެ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށެވެ. އެ ގޮތަށް ބަލައި، މި ގަވާއިދުގެ ދަށުން، މެސީ އާއި އަލްބާ ވަނީ އިންޓަ މިއާމީން ސިންސިނާޓީއާ ކުޅުނު މެޗަށް ސަސްޕެންޑްވެފަ އެވެ.

މެސީ، އޯލް ސްޓާ މެޗު ނުކުޅުނީ ވަރުބަލިވެފައި ހުރުމުން

ދާދި ފަހުން ކުރިއަށްދިޔަ، އެމްއެލްއެސް އޯލް ސްޓާސް އާއި ލީގާ އެމްއެކްސް އޯލް ސްޓާ މެޗުގައި، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ ނުކުޅުނީ، ވަރުބަލިވެފައި ހުރުމުން ކަމަށް ވަނީ ބުނެފައި

މި ފަހަރުގެ އޯލް ސްޓާ މެޗުގައި މެސީ އަށް ކުޅެވެން ނެތީ، ފީފާ އިން ވޯލްޑް ކަޕަށް ފަހު ކުޅުންތެރިންނަށް ދޭން ލާޒިމްކޮށްފައިވާ ބްރޭކަުގައި އޭނާ ހުންނާނެތީ އެވެ.

އެ ގޮތުން، ފީފާ އިން ވަނީ ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިއަކުގެ ޓީމެއް ކުޅޭ ފަހު މެޗަށް ފަހު، ކޮންމެ ކުޅުންތެރިއަކަށް 21 ދުވަހުގެ ރެސްޓް މުއްދަތެއް ލިބެން ޖެހޭނެ ކަމަށެވެ. އެކަމަކު، މި ރެސްޓް މުއްދަތު ކުރުކޮށްލައި އަވަހަށް ކްލަބް ޕްރެކްޓިހާ ގުޅެން ބޭނުންވާ ކުޅުންތެރިއަކަށް އެކަން އޮންނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލައިފަ އެވެ. 

މެސީ ވަނީ، މި މަހު 19 ވަނަ ދުވަހު، ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު ފައިނަލުގެ 120 މިނިޓް އެއްކޮށް ކުޅެފަ އެވެ. ރެސްޓް މުއްދަތުގައި ހުންނައިރު، މެސީ އަށް އިންޓަ މިއާމީގެ މެޗުތަކެއް ވެސް ގެއްލޭނެ އެވެ. އެމްއެލްއެސް އޯލް ސްޓާ މެޗު ތާވަލުކޮށްފައި އޮތީ، މި މަހު 29 ވަނަ ދުވަހު އެވެ. 

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު، މެސީ، އެނބުރި އާޖެންޓީނާ އަށް ދިޔައީ ޓީމާ ވަކިންނެވެ. އަދި، މިކަމުގެ ސަބަބުން އާޖެންޓީނާގެ ބައެއް މީޑިއާތަކުގައި އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox