ބައްޕަގެ މަރާ އެކު މެސީގެ ކެރިއަރު އަވަހަށް ނިންމާލަން ވިސްނަނީ

Aug 12, 2026, 11:29 PM
އާޖެންޓީނާގެ މެޗެއްގެ ތެރެއިން މެސީ.

އާޖެންޓީނާގެ މެޗެއްގެ ތެރެއިން މެސީ.

ރޮސާރިއޯ، އާޖެންޓީނާ (އޮގަސްޓް 12) - ބައްޕަ، ޖޯޖް މެސީގެ މަރާ އެކު، ފުޓްބޯޅަ ކެރިއަރު އިތުރަށް ދިގުކޮށް ކުރިއަށްގެންދާނެ ގޮތެއް ނޭނގޭ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތަރި، ލިއޮަނަލް މެސީ ބުނެފި އެވެ. 

އުމުރުން 68 އަހަރުގެ ޖޯޖް މެސީ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު، އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަނިކޮށެެވެ. ވިޔަފާރީގައި އުޅެމުން އައި ޖޯޖް މެސީ ބަލިވެގެން، ފަރުވާ ހޯދަމުން އަންނަތާ ދޮޅު އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ދާދި ފަހުން، ދެކުނު އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ މަރުވެއްޖެ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ބައްޕަ އަދި އޭޖެންޓް ޖޯޖް މެސީ، ބަލިވެ އުޅުމަށްފަހު އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ. ޖޯޖް މެސީއަކީ މެސީގެ ފުޓްބޯޅަ ކެރިއަރު ބިނާކުރުމުގައާއި ވިޔަފާރީގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރި ފަރާތެވެ.

ބައްޕަގެ މަރާ ގުޅިގެން މެސީ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ. 

"އަހަންނަށް ނޭނގެ، ބައްޕައާ ނުލައި މި ކަންކަން ކުރާނެ ގޮތެއް. ކުރިއަށްދާނެ ގޮތެއް ވެސް ނޭނގެ. އަހަރެން އައީ ހަމަޖެހިލައިގެން ފުޓްބޯޅަ ކުޅެމުން. އެކަމަކު، މިހާރު އަހަންނަށް ނޭނގެ، ކިހާ ދުވަހަކު ކަމެއް ދެން އެކަން ވެސް ކުރިއަށްގެންދެވޭނީ،" މެސީ، 39، ލިޔެފައިވެ އެވެ. 

މެސީ، އެނބުރި ރޯސާރިއޯ އަށް އާއިލާ ގޮވައިގެން ދިޔައީ ބައްޕަގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށެވެ. 

ޖޯޖް މެސީ އަކީ، ލިއޮނަލް މެސީގެ އޭޖެންޓެއްގެ ދައުރު އަދާކުރަމުން އަންނަ ފަރާތެވެެ. މެސީގެ ކެރިއަރުގެ ހުރިހާ ކަމެއްގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރި ޖޯޖް އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ލިއޮނަލް މެސީގެ ކަންކަން ހަމަޖެއްސުމުގައި އެންމެ ކައިރީގައި ހުރި ފަރާތެވެ. އެ ގޮތުން، ޅަ އުމުރުގައި، މެސީ ގޮވައިގެން، ރޮސާރިއޯ އިން ސްޕެެއިންގެ ބާސެލޯނާ އަށް މެސީގެ ދިރިއުޅުން ބަދަލުކޮށް، އެންމެ ކައިރީގައި ޓްރެއިނިން އިން ފެށިގެން ސިއްހީ ކަންތައްތަކުގައި އެހީތެރިވުމަށް ހުރީ ޖޯޖް އެކަންޏެވެ.  ޔޫރަޕްގައި މެސީ އަށް ހަމަޖެހިިލައިގެން އުޅެން ފަރިތަވީ ބައްޕަ، ޖޯޖް މެސީގެ ގިނަ ގުރުބާނީތަކަކަށް ފަހު އެވެ. 

"އަހަރެން މި ދަތުރު ފެށިއިރު އެކުގައި ހުރި. އަހަރެމެން އެކުގައި މިކަން ނިންމާލުމާ ނުލާހިކު ގާތުގައި މި ތިބީ. ކުޑަ ދުވަސްކޮޅެއް އިތުރުވި ނަމަވެސް އެކުގައި މިކަން ނިންމާލެވުނިސް،" މެސީ ބުންޏެވެ. 

މިދިޔަ، ޖޫން/ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި މެސީ ވެސް ވަނީ، ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން، އަމިއްލަ ދިރިއުޅުމުގައި އުނދަގޫ ދުވަސްތަކެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ކަަމަށް ބުނެފަ އެވެ. މެސީގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވަނީ އެ ވާހަކަ ވެސް ތަފްސީލްކޮށްފަ އެވެ. 

އާޖެންޓީނާ އިން ކުޅުނު މެޗަކަށް ފަހު، ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ
އާޖެންޓީނާ އިން ކުޅުނު މެޗަކަށް ފަހު، ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ

"ބައްޕަ އަހަމުންދިޔައީ އަހަރެން އަދި އެއް ވޯލްޑް ކަޕްގައި ކުޅުމަށް (މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެން). އެކަމަކު، މި ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އެންމެ ހާލަތު ގޯސްވީ. މިއީ، ފުރަތަމަ ފަހަރު ބައްޕަ ނުލައި އަހަރެން މި ވަރުގެ މުބާރާތެއްގައި ހޭދަކުރި، އެކަމަކު މަންމަ ބުނަމުންދިޔައީ، ބައްޕަ ރަނގަޅުވާނެ ކަމަށް އަދި ދަތުރު ވެސް ކުރެވޭނެ ކަމަށް. އަހަރެން ބުނަމުންދިޔައީ ފައިނަލަށް ދިޔައީމަ ބައްޕަ އަަށް އާދެވޭނެ ކަމަށް،" މެސީ ލިޔެފައިވެ އެެވެ. 

"އަހަރެމެން ފައިނަލަށް ވެސް ދެވުނު. އަހަރެން ބޭނުންވި ޓްރޮފީ ހިފައިގެން ބައްޕަ ކައިރިއަށް ވެސް ދާން. އެކަމަކު، އަހަރެންގެ ފަޔަކު އެ ވަރެއް ނެތް. އަހަރެންގެ ހަށިގަނޑުގައި ހުރި ހުރިހާ ހަކަތައެއް އެކަަން ކުރެވޭތޯ ހުސްކުރިން. އެކަމަކު ވެސް އެކަން ނުވި،" 

މި ފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ހަ ވަނަ ވޯލްޑް ކަޕް އެވެ. މި ފަހަރުގެ މުބާރާތުގައި މެސީ ވަނީ އަށް މެޗުން އަށް ގޯލު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ބައްޕަ، ޖޯޖް އަށް ހާއްސަކޮށް މެސީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑޭވިޑް ބެކަމް ފަދަ ތަރިން ވެސް ވަނީ ކޮމެންޓްކޮށްފަ އެވެ.  

 މެސީ، އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާ ދޫކޮށް، ޕީއެސްޖީގައި ދެ އަހަރު ކުޅުމަށް ފަހު، މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ބަދަލުވުމާއި، މެސީގެ ބްރޭންޑް އުފެއްދުމާއި ވިޔަފާރިތަކުގައި މެސީގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި، ކުންފުންޏެއް ސިފައިގައި ހުރިހާ ކަމެއް މެނޭޖްކުރަމުން އައީ ޖޯޖް މެސީގެ ބެލުމުގެ ދަށުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox