ސައުތު އޭޝިއަން ޔޫތު ޓީޓީ މުބާރާތުން ރާއްޖެ އަށް ހަތް މެޑަލް

Apr 12, 2026, 3:30 PM
ދެކުނު އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީޓީ ޓީމު.

ދެކުނު އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީޓީ ޓީމު.

އިންޑިއާގެ ޝިމްލާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޒުވާން ގައުމީ ޓީޓީ ޓީމުން ހަތް މެޑަލާ އެކު ބޮޑު ކާމިޔާބެއް ހޯދައިފި އެވެ. 

ރާއްޖޭ ޓީމުން ޖުމްލަ އެކު، ތިން ރިހި މެޑަލާއި ހަތަރު ލޯ މެޑަލް ވަނީ ހޯދައިފަ އެވެ. 

ދެކުނު އޭޝިއާ ޔޫތު/ޖޫނިއާ މުބާރާތުގައި ރާއްޖޭން ވާދަކުރީ، 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީ އާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގަ އެވެ. މި ދެ ކެޓަގަރީން ވެސް އަންހެން އަދި ފިރިހެން ޓީމު ވާދަކޮށްފައިވެ އެވެ.  މި މުބާރާތުގައި ރާއްޖޭން ވާދަކުރި ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާން އެވެ. އަދި، އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތާސީން އެވެ.

ސައުތު އޭޝިއާ ޖޫނިއާ މުބާރާތުގައި ރާއްޖެ އަށް ތާރީހީ ރިހި މެޑަލެއް

އިންޑިއާގެ ޝިމްލާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުން ރާއްޖޭން ތާރީހީ ރިހި މެޑަލެއް ވަނީ ހޯދައިފައި.

ރިހި މެޑަލް ހޯދާފައިވަނީ، 15 އަހަރުން ދަށުގެ އަންހެން ޓީމާއި 19 އަހަރުން ދަށުގެ މިކްސް ޑަަބަލްސް ޕެއާ، ހަލަފް އާއި ދީމާ އަދި 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޕެއާ، ހަލަފް އާއި އަލްސާ އެވެ. 

ލޯ މެޑަލް ހޯދާފައިވަނީ، 19 އަހަރުން ދަށުގެ ފިރިހެން ޓީމާއި އަންހެން ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން ދީމާ، 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިން ދީމާ އާއި މިޝްކާ އެވެ. 

މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީޓީ ޓީމުގެ ކޯޗު، އީރާނުގެ މަހްދީ ހޮޝްމަރަމް ވަނީ، އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު، އީރާނުގެ ޕެއަރިން ދެ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކުޅުންތެރިންގެ ވެސް އެހީ ހޯދައިގެން މި މުބާރާތަށް ތައްޔާރުވެފަ އެވެ. 

ފަނަރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލުގައި، ހަލަފް އާއި އަލްސާގެ ޕެއާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 3-1 އިން ސްރީ ލަންކާގެ ސަނޮން މެނޮވެލްގޭ އާއި ޗަނޫކީ ކަރްޔަވަސަމްގެ ޕެއާ ބަލިކޮށްފަ އެވެ. ފަހަތުން އަރައި ހަލަފް އާއި އަލްސާ މޮޅުވި މި މެޗުގެ ސެޓުތައް ގޮސްފައިވަނީ، 11-07، -5-11، 8-11 އަދި 10-12 އިިންނެވެ. މިއަދު ކުޅޭ މި އިވެންޓްގެ ފައިނަލުގައި އަލްސާ އާއި ހަލަފްގެ ޕެއާ ބަލިވީ އިންޑިއާގެ އަދިތުޔާ ދާސް އާއި އަންކޮލިކާ ޗަކޮރަބޯތީގެ ޕެއާއާ ކުޅެގެން ބަލިވުމުންނެވެ.އެ ގޮތުން 3-0 އިން މެޗު ދިޔައިރު، ސެޓުތައް ގެންގޮސްފައިވަނީ 11-5، 11-4 އަދި 11-9 އިންނެވެ.

ނަވާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓްގައި، ހަލަފް އާއި ދީމާގެ ޕެއާ ވަނީ، ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ އަބުލް ހަސީބް އާއި ކޮއީ ސައިގެ ޕެއާ އަތުން 3-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް، ހަލަފް އާއި ދީމާގެ ޕެއާ އިން ކާމިޔާބުކުރީ 11-2، 11-6 އަދި 11-9 އިންނެވެ. ފައިނަލުގައި ހަލަފް އާއި ދީމާ ވަނީ އިންޑިއާގެ ޕްރިޔަނޫޖް ބަޗާރިޔާ އާއި ޖެނިފާ ވަރްގީސްގެ ޕެއާއާ ކުޅެގެން 3-0 އިން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ 12-10، 11-2 އަދި 11-5 އިންނެވެ . 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox